އޮސްޓްރޭލިއާއިން ސްރީ ލަންކާއަށް 25 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި އެވެ.

އޮސްޓްރޭލިއާގެ އިންޓަނޭޝަނަލް ޑިވޮލޮޕްމަންޓް އެންޑް ދަ ޕަސެފިކްގެ މިނިސްޓަރު ޕެޓް ކޮންރޯއީ ވިދާޅުވީ އޮސްޓްރޭލިއާއިން ލަންކާއަށް 25 މިލިއަން ޑޮލަރު ދޭން ނިންމީ ލަންކާއަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ދަތިކަމާއި ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮން ޖެހުންތަކުން އަރައިގަތުމަށް ކަމަށެވެ.

އޮސްޓްރޭލިއާއިން ލަންކާއަށް 23 މިލިއަން ޑޮލަރު ދޭން ނިންމިއިރު އެ ގައުމަށް މި ފަހުން ދޭ އެހީގެ އަދަދު މިހާރު ވަނީ 75 މިލިއަން ޑޮލަރަށް އަރައިފައެވެ.

އެގޮތުން ރައްކާތެރި ބޯފެނާއި ކާބޯތަކެއްޗާއި އަދި ޒަރޫރީ އެހެނިހެން ކަންކަމަށް އދ. ގެ އޭޖެންސީތަކުން އެހީ ފޯރުކޮށްދޭ އިރު އެ މަސައްްކަތުގައި ވެސް އޮސްޓްރޭލިއާއިން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވަނީ ބުނެފަ އެވެ.

ލަންކާގެ އިގްތިސާދަށް މިހާރު ކުރިމަތިވެ ގައުމު ވަނީ ބަނގުރޫޓްވެފައެވެ. އަދި ލަންކާގެ ސަރުކާރު އިސްތިއުފާ ދިން ނަމަވެސް އަދިވެސް ގައުމަށް ހަނަޖެހުން އަންނަ ގޮތެއް ނުވެއެވެ.

އެ ގައުމުން މިހާރު ދަނީ ގައުމަށް ދިމާވެފައިވާ ކާރިސާއިން އަރައިގަތުމަށް އައިއެމްއެފްއިން ލޯނެއް ހޯދަން ވެސް މަސައްކަތް ކުރަމުންނެވެ.