ސްރީ ލަންކާގެ ކެލާނީ ބްރިޖާއި، ބްރިޖާއި ގުޅިފައިވާ ހަލި މަގު (ހައިވޭ)ގައި ހުރި 275 މިލިއަން ރުޕީސްގެ ތަކެތި ވަގަށް ނަގުމުން، އެތަނުގައި ފުލުހުން ބައިތިއްބައިފިއެވެ.

ރޯޑް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް އެލްވީއެސް ވީވީން ވިދާޅުވީ ދާދި ފަހުން ހިނގި ވައްކަމުގެ ހާދިސާތަކަށް ފަހު ކެލާނީ ބްރިޖާއި ހަލިމަގުގެ ޕެނަލް ބޯޑުތައް ކައިރީގައި ފުލުހުން ތިބޭ ކަމަށެވެ.

އޭނާ ވިދާޅުވީ ނިއު ކެލާނީ ބްރިޖާއި ކަޓުނަޔަކަ އާއި ސެންޓްރަލް އަދި ސަދަން އެކްސްޕްރެސްވޭގައި ހުރި ސާމާނުތައް ވަގަށް ގެންދިއުމުން ލިބުނު ގެއްލުން ގާތްގަނޑަކަށް 275 މިލިއަން ރުޕީސް އަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަަމަށެވެ.

މިގޮތުން ކަޓުނަޔަކަ އެކްސްޕްރެސްވޭގެ ކޭބަލް ސިސްޓަމަށް ލިބުނު ގެއްލުމުގެ ސަބަބުން އެކްސްޕްރެސްވޭގެ 13 ކިލޯމީޓަރުގެ ސަރަހައްދެއްގައި ލައިޓް ފޯރުކޮށްނުދެވޭ ކަމަށްވެސް ބުނެފައި ވެއެވެ.

މިކަމުގެ ޒިންމާ ނަގަން ޖެހޭނީ ކޮން ބައެއްތޯ ސުވާލު ކުރުމުން އޭނާ ވަނީ، އެކަން ކުރި ގިނަ މީހުންނަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހުން ކަމަށެވެ. އަދި އެ ކަމުގައި އުޅުނު ބައެއް މީހުން ހައްޔަރު ކުރެވިފައިވާކަން ފާހަގަކުރަމުން، އޭނާ ވިދާޅުވީ، އެ މީހުންގެ އަތުން ފެނުނު ތަކެތީގެ އަގު 4.5 މިލިއަން ރުޕީސްއަށް އަރާ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، މި ތަނުން ވަގަށް ނެގި ތަކެތި ވިއްކާލާފައި ވަނީ ކައިރި ފިހާރަތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޯލިހު އިސްތިއުފާ

    އިންޑިއާއިން ތަރުބިއްޔަތުވި ކުދިން ލަންކާ ހަމައަށް ފޯރައިފި، ދެން އޮތީ ދިވެހިރާއްޖެ

    • މަކުނު

      ދިވެހިން މާކުރީގަ އުޅެނީ ބުރޯ ހަކުރުބޯކުދިން އެކުދިންނަށް ކުރެވުނު ވައްކަމެއް ކުރަމުންދަނީ