ސްރީ ލަންކާގައި ލަގްގަލާ ޕޮލިސް ޑިވިޝަންގެ ދަސްގިރިޔާ ސަރަހައްދުގައި ބައްޔެއް ފަރުވާ ދިނުމަށް ސިހުރު ހަދަމުން ދަނިކޮށް 48 އަހަރުގެ އަންހެނަކު މަރުވެއްޖެއެވެ.

އެ އަންހެން މީހާ މަރުވީވެސް އިތުރަށް ބަލި ބޮޑު ވެގެެންނެވެ.

ފުލުހުން ބުނީ މަރުވި އަންހެން މީހާ އާއި އިތުރު ދެ މީހަކު ހުކުރު ދުވަހުގެ ހަވީރުން ފެށިގެން ހޮނިހިރު ދުވަހުގެ ހެނދުނުގެ ނިޔަލަށް 25 އަހަރުގެ ސިހުރު ހަދާ މީހެއްގެ ފަރާތުން ފަރުވާ ހޯދި ކަމަށެވެ.

މި މަރުހަލާގައި ސިހުރު ހަދާ މީހާ ވަނީ އެ 3 މީހުންގެ ތެރެއިން ކޮންމެ މީހަކަށް އެކި ފަހަރު މަތިން 21 ކާށީ ދީ، ފަހުން ބަލި އިތުރަށް ގޯސްވުމަށް ފަހު ރީނދޫ ފެން ވެސް ދީފައި ވެއެވެ.

އޭގެ ފަހުން އެ އަންހެން މީހާގެ ހާލު ސީރިއަސްވެ ދަސްގިރިޔާ ހޮސްޕިޓަލުގައި އެޑްމިޓް ކުރިއެވެ. އަދި ފަުން ދަމްބުލާ ހޮސްޕިޓަލަށް ބަދަލުކުރިއެވެ. އެ ހޮސްޕިޓަލްގައި އެޑްމިޓް ކުރި ފަހުން އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ސިހުރު ހަދާ މީހާ ހައްޔަރުކޮށްފައިވާއިރު ލަގްގަލާ ފުލުހުން ދަނީ މި މައްސަލައިގެ އިތުރު ތަހުގީގެއް ހިންގަމުންނެވެ.