މިއީ ފާއިތުވި އަހަރުތަކުގައި އިނގިރޭސިވިލާތުގެ ތަހުތުގައި ތާރީހީގޮތުން އެންމެ ގިނައަހަރަށް ވެރިކަން ކުރެއްވި ރާނީ އެލިޒަބަތް (2)ގެ ސިއްހީ ހާލުކޮޅާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ލިޔުމެކެެވެ.

2003 ވަނަ އަހަރު ރާނީ ވަނީ ކަކުލު ހުޅުގެ އޮޕަރޭޝަނެއް ކުރައްވާފައެވެ. އޭގެ ދެހަފްތާއެއްހާ ދުވަސް ފަހުން އެކަމަނާ ވަނީ އާންމުންގެ ތެރޭގައި އަސާކޮޅެއްގައި ފެނިވަޑައިގެންފައެވެ.

2013 ވަނަ އަހަރު ރާނީ އަށް ވަނީ ގެސްޓްރޯއެންޓެރައިޓިސް އާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. އެކަމަނާ އެ ފަހަރުވެސް އެނދުމަތި ކުރެވުނެވެ.


އޭގެ
ފަސް އަހަރު ފަހުން 2018 ވަނަ އަހަރު އެކަމަނާގެ އެއް ލޮލަށް ފަރުވާ ކުރުމަށް ކާމިޔާބު ސާޖަރީއެއް ހެދި އެވެ.

2016 ވަނަ އަހަރު އެކަމަނާ ވަނީ ޝާހީ ސިޑިކޮޅަށް އެރުއްވުމަށް ރޯޔަލް ސިޑިއަށް އެރުއްވުމަށް ލިފްޓެއް ބޭނުންކުރައްވާފައެވެ. އެއީ ސިޑިން އެރުމަކަށް އެކަމަނާއަށް އުނދަގޫތަކެއްހުންނަވާތީ ކަމަށް ބެލެވެއެވެ.

ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު އެކަމަނާ ވަނީ ލަންޑަންގެ މެދުތެރޭ ހޮސްޕިޓަލެއް ކަމަށްވާ ކިންގް އެޑްވާޑް ހަތްވަނަ ހޮސްޕިޓަލުގައި އެއް ރޭ ހޭދަކުރައްވައިފައެވެ. އެއީ އަށްއަހަރު ފަހުން ފުރަތަމަ ފަހަރަށް އެކަމަނާ އެނދުމަތި ކުރެއްވި ފަހަރެވެ.

ރާނީ


ބަކިންހަމް
ޕެލަސްގެ ތަރުޖަމާނަކު ވިދާޅުވީ އެކަމަނާ އެޑްމިޓް ކުރީ "ޕްރިލިމިނަރީ އިންވެސްޓިގޭޝަންސް" އަށް ކަމަށާއި ނަމަވެސް އޭގެ އެއް ދުވަސް ފަހުން އެނބުރި ވިންޑްސާ ކާސަލްއަށްވަޑައިގެންނެވި ކަމަށެވެ.

މިއަހަރުގެ ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހު ރާނީ ކޮވިޑް-19 އަށް ފައްސިވިއެވެ.

ރާނީ ކާރުކޮޅުގައި ދަތުރުކުރައްވަނިކޮށް


ބަކިންހަމް
ޕެލަސް އިން އެއިރު ބުނީ އެކަމަނާގެ ފަރާތުން ފެންނަނީ ބަލީގެ ވަރަށް އާދައިގެ އަލާމާތްތައް ކަމަށެވެ. އޭގެ ފަހުން ތިން ވެކްސިން ޑޯޒް ލިބުމުން ބަލިން ރަނގަޅުވެފައިވާ ކަމަށްވެސް އެޕެލެސްއިން ބުނެފައި ވެއެވެ.

މިދިޔަ މެއި މަހު ރާނީއަށް ދަތުރުކުރައްވަން ދަތިތަކެއް ހުރުމުގެ ސަބަބުން 59 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެގައުމުގެ ގާނޫނު ހަދާ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތަށް އެކަމަނާއަށް ވަޑައިނުގެވުނެވެ. އަދި އެކަމަނާގެ ޕްލެޓިނަމް ޖުބްލީ ގެ ގިނަ ހަރަކާތްތަކަށް ވެސް އެކަމަނާ ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.

ޕްރިންސް ފިލިޕްގެ ހަނދާނުގައި މާރިޗް 29 ވަނަ ދުވަހު ބޭއްވި ހަރަކާތެއްގައި ރާނީ ބައިވެރިވެވަޑައިގަންނަވަނީ
ފޮޓޯ: ގޫގުލް

ރާނީ އެލިޒެބަތް ދޭއް ތަހުތާއި ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް އިނގިރޭސި ބޮޑުވަޒީރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވަން ބޭއްވި ބައްދަލުވުން ބަކިންހަމް ޕެލަސްއިންބޭރުގައި އެހެން ގަނޑުވަރެއްގައި ބާއްވަން މި އަހަރު މަޖުބޫރުވިއެވެ.

ރާނީ އިނގިރޭސި އާ ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށް ތައްޔާރުވެޑައިގެން ހުންނަވަނިކޮށް


އުމުރުފުޅުން
96 އަހަރުގެ ރާނީ އެލިޒެބަތް ސްކޮޓްލެންޑްގައި ހުންނަ ބެލްމޯރަލް ގަނޑުވަރަށް ވަޑައިގެންނެވީ ހޫނު މޫސުމުގެ ޗުއްޓީއަށެވެ. ނަމަވެސް އެކަމަނާ އެނބުރި ބަކިންގހަމްގަނޑުވަރަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނިކޮށް ޑޮކްޓަރުން ވަނީ އެކަމަނާ ދަތުރު ނުކުރުމަށް ނަސޭހަތްތެރިވެފައެވެ.

ހާލުކޮޅު އެންމެ ސީރީއަސްވަންދެންވެސް އެކަމަނާ ހުންނެވީ އެގަނޑުވަރުގައި އެވެ.