އިނގިރޭސި ރާނީ އެލިޒަބަތު ދޭއްގެ ސަންދޯއް ފުރަތަމަ ފަހަރަށް އާންމުންނަށް ދައްކާލައިފިއެވެ.

ބެލްމޯރަލް ގަނޑުވަރުން އެޑިންބަރާ އަށް ރާނީގެ ހަށިކޮޅު ގެންދިއުމުގެ ދަތުރު ފަށާފައި ވަނީ އެގައުމުގެ ގަޑިން މިއަދު 10:00 ގައި އެވެ. ފުރަތަމަ އެއްގަމު މަގުން ރާނީގެ ހަށިކޮޅު ހާއްސަވޭނެއްގައި ގެންދާއިރު އެތައް ހާސް ރައްޔިތުންނެއް ވަނީ ރާނީގެ ހަށިކޮޅު ގެންދާ މަންޒަރު ބެލުމަށް މަގުތަކަށް އެއްވެފައެވެ.

ރާނީ އަވަހާރަވީ ސްކޮޓްލެންޑްގެ ބެލްމޯރަލް ގަނޑުވަރުގައެވެ. އަވަހާރަވުމަށްފަހު އިނގިރޭސި ވިލާތުގެ ކަމާބެހޭ ފަރާތްތަކުން އެކަން ރަސްމީކޮށް އިއުލާންކޮށްފައިވާއިރު, މިއަދާ ހަމައަށް އެކަމަނާގެހަށިކޮޅު އޮތީ ބަލްބޯރަލް ގަނޑުވަރުގެ ބޯލްރޫމްގައިއެވެ. ޝާހީ އާއިލާގެ މަސްދަރުތަކުން ހާމަކުރާގޮތުގައި އަވަހާރަވެފައިވާ ރާނީގެ ވަފާތެރި ބަލްމޯރަލް ގަނޑުވަރުގެ މަސައްކަތްތެރިންނަށް ރާނީއަށް އަލްވަދާއު ކިޔުމަށް ވަގުތު ވަނީ ދީފައެވެ.

ރާނީގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި ބެލްމޯރަލް އިން އެޑިންބަރާ އަށް ގެންދަން ހަމަޖެހިފައިވާއިރު މި ދަތުރަށް ހަ ގަޑިއިރު ނަގާނެ ކަމަށް ބެލެވެއެވެ. އަދި އެއްގަމުން ކުރާ ދަތުރަށްފަހު ރާނީގެދަރިކަނބަލުން ޕްރިންސެސް އޭން ރާނީގެ ހަށިކޮޅާއެކު ވައިގެ މަގުން އެންމެ ފަހު މަންޒިލަށް ދަތުރު ކުރައްވާނެއެވެ.

އިނގިރޭސިވިލާތުގެ ވެސްޓްމިންސްޓާ އެބީގައި ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ބާއްވާ ދައުލަތުގެ ޖަނާޒާއާ ހަމައަށް އެ ގައުމުގައި އޮތީ ގައުމީ ހިތާމައިގެ ދުވަސްތައް އިއުލާން ކޮށްފަވެ. އެކަމަނާ ފަސްދާނުލައްވަން ހަމަޖެހިފައި ވަނީ ވިންޑްސާގައި، އެކަމަނާގެ ފިރިކަލުން ޕްރިންސް ފިލިޕްގެ އަރިހުގައެވެ. ޕްރިންސް ފިލިޕް އަވަހަރާވީ އުމުރުފުޅުން 99 އަހަރުގައި 2021 ވަނައަހަރުގައެވެ.

ޕްރިންސް ހެރީ އާއި ޕްރިންސެސް އޮފް ވޭލްސްގެ އާ ޕްރިންސް އަދި ޕްރިންސެސް ވިލިއަމް އާއި ޕްރިންސެސް ކެތަރިން، ޕްރިންސް ހެރީއާއި އަނބިކަނބަލުން މެގަން ޑަޗަސް އޮފްސަސެކްސްގެ ދެކަނބަލުންނަށް ވިންޑްސާ ކާސަލްގައި ތަހުނިޔާ ދެންނެވުމަށް ވަޑައިގެންނެވީ ވިންޑްސާ ކާސަލްގައި ބޭއްވި ރަސްމިއްޔާތެއްގައި ޕްރިންސް ހެރީއާއި ޑަޗަސް އޮފްސަސެކްސްގެ ދެކަނބަލުންނާ ސަލާމް ކުރެއްވުމަށް ފަހު އެވެ.