އެމެރިކާ އަށް މީގެ 21 އަހަރު ކުރިން 2001 ވަނަ އަހަރުގެ ސެޕްޓެމްބަރ 11 ވަނަ ދުވަހު ފްލައިޓްތަކެއް ހައިޖެކްކޮށްގެން ދިން ވަރުގަދަ ހަމަލާގައި މަރުވި މީހުންގެ ހަށިތައް އަދިވެސް ވަކިކޮށް އެއްކޮށް ނުނިމެއެވެ.

އަނެއްކާވެސް މިވާހަކަ މިއަދު މީޑިއާގައި ރިޕޯޓްކޮށްފައި މިވަނީ އެހަމަލާއަށް 21 އަހަރު ފުރުމާއި ދިމާކޮށެވެ. 11/9 ހަމަލާގައި މަރުވި މީހުންގެ ޖުމްލަ އަދަދު 2753 އަށް އަރައެވެ. އެއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ޖެއްސި ދެފްލައިޓްގައި ތިބި މީހުންނާއި އަދި ވޯލްޑް ޓްރޭޑް ސެންޓަރުގައި މަސައްކަތް ކުރާ މީހުން ވެސް ހިމަނައިގެންނެވެ.

މަރުވި މީހުންގެ ނަންތައް ވެސް ވަނީ ދެނެގަނެވިފައެވެ. އެމީހުންގެ ނަންތައް ހަނދާނީ ބިނާއެއްގައި ކަނޑައިނަގާފައި ވެސް އެބަހުއްޓެވެ. ނަމަވެސް ހަމަލާގައި އަނދައިގެން ގޮސްފައިވާ މީހުންގެ ހަށިތަކުގެ ބައިތައް ވަކިކޮށް، އެއިން ކޮންމެ ކަށިކޮޅެއްގެ ޑީއެންއޭ ހަދައި އެކަށިތައް އެމީހުންގެ އާއިލާ އާއި ހަވާލު ކުރަން ކުރަމުން އަންނަ މަސައްކަތް އަދިވެސް ނުނިމެއެވެ.

11/9 ހަމަލާގައި މަރުވި މީހުންގެ ހަށިތަކުގެ ޑީއެންއޭ ހަދައި އެމީހުން ދެނެގަންނަން ހާއްސަ ލެބޯޓްރީއެއް މެންހެޓަންގައި ވަނީ ގާއިމު ކޮށްފައެވެ. އެލެބޯޓްރީގެ މަސައްކަތުން އަދި ދެނެގަނެވިފައި ވަނީ 1647 މީހެއްގެ ހަށިގަނޑެވެ. އެއީ ހަމަލާގައި މަރުވި މީހުންގެ %60 މީހުންނެވެ. ބާކީ %40 މީހުންގެ ހަށިތައް ޑީއެންއޭގެ އެހީގައި ކަށަވަރު ކުރުމުގެ މަސައްކަތް އަދިވެސް ވަނީ ނުނިމިއެވެ.

ހަމަލާގައި މަރުވި ބައެއް މީހުންގެ ކަށިތައް 2006 ވަނަ އަހަރު ވެސް ފެނުނެވެ. އެކަށިތައް ވެސް ތަހްލީލް ކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

ޑީއެންއޭ ޓެސްޓްތައް ކުރުމާއި ހަވާލުވެ ތިބި ފަރާތްތަކުން ބުނާ ގޮތުގައި ހަށިތަކުގެ ޑީއެންއޭ ތަހްލީލްތައް ނިމޭނެ ދުވަހެއް ވެސް އަދި ބުނާކަށް ނޭންގެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަހުމަދުވަގާރު

    މީ މުސްލިމުން ހިންގި ވަރަށް އަނިޔާވެރި ޖަރީމާ އެއްް

  2. މޮޔަނިމޮސް

    މި އަނިޔާވެރި ޖަރީމާ އެކަންނެއް ނޫން, ކިތައް މިސްކިތް, ސުކޫލު އެ ގޮއްވާ ފަނާ ކޮށްލީ ވައްހާބީން

    2
    2