އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް 2001 ވަނަ އަހަރުގެ ސެޕްޓެމްބަރ 11 ވަނަ ދުވަހު ފްލައިޓްތަކެއް ހައިޖެކް ކޮށްގެން ހަމަލާ ދިނުމުގައި އެމެރިކާގެ ޖާސޫސީ އިދާރާ ކަމަށްވާ ސީއައިއޭގެ ދެއެޖެންޓުން ބައިވެރިވި ކަމަށް އެމެރިކާ ސަރުކާރުން ތައްޔާރުކުރި ސިއްރު ރިޕޯޓެއްގައި ލިޔެފައިވާކަން ހާމަވެއްޖެއެވެ.

ކުރިން ސިއްރު ރިޕޯޓެއްގެ ގޮތުގައި އޮތް ގުއަންޓަނާމޯ މިލިޓަރީ ކޮމިޝަންގެ ރިޕޯޓް މިހާރު ވަނީ ސިއްރު ރިޕޯޓެއް ނޫން ކަމަށް ނިންމާފައެވެ. އެއާއިއެކު ރިޕޯޓް ވަނީ ގުއަންޓަނާމޯބޭގައި ތިބި ބައެއް މީހުންގެ ވަކީލުންނަށް ލިބިފައެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި 11/9 ހަމަލާ ދިން ފްލައިޓްތަކުގައި ހައިޖެކަރުންގެ ގޮތުގައި ހަރަކާތްތެރިވި ނަވާފް އަލް ހަމްޒީ އާއި ޚާލިދު އަލް މިހްދަރު އަކީ 18 މަސް ދުވަސް ވަންދެން ސީއައިއޭ އާއި އެންއެސްއޭ އިން ބަލަހައްޓަމުން ދިޔަ ދެމީހުންނެވެ. އެމީހުން ސީއައިއޭއަށް މައުލޫމާތު ފޯރުކޮށްދޭ އެޖެންޓުންގެ ގޮތުގައި ތިބި ކަމަށް އެއްވެސް ރަސްމީ ލިޔެކިޔުމަކުން ނުދެއްކި ނަމަވެސް އެމީހުންގެ މައުލޫމާތުތައް ސީއައިއޭގައި ހުރި މިންވަރަށް ބަލާއިރު އެއީ އެއިދާރާގެ ދެއެޖެންޓުން ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

ނަވާފް އާއި ހަމްޒީ އަކީ އަލްގައިދާ އިން ކުއަލަލަމްޕޫރުގައި ބޭއްވި ސަމިޓެއްގައި ވެސް ބައިވެރިވި ދެމީހުން ކަމަށާއި އެކަން އެމެރިކާ ސަރުކާރަށް އެނގިފައި ވަނިކޮށް އެމީހުން އެމެރިކާ އަށް އެތެރެ ވުމުގެ ފުރުސަތު ލިބުމުން ވެސް އެއީ އެމެރިކާ ސަރުކާރާއި ހާއްސަ ގުޅުމެއް އޮތް ބައެއްކަން އެނގޭ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

މި ދެމީހުން ވަނީ ހަމަސް ދުވަސް ތެރޭގައި އެތައް ފަހަރަކު އެމެރިކާ އަށް އެތެރެވެ، އަދި އެމެރިކާ އިން އެހެން ގައުމުތަކަށް ދަތުރު ކޮށްފައެވެ. ނަމަވެސް އެއިން އެއްވެސް ފަހަރަކު އެއްވެސް އެއާޕޯޓަކުން އެމީހުންނާއި މެދު ޝައްކެއް ވެގެން ސުވާލެއް ވެސް ކޮށްފައެއް ނުވެއެވެ.

ރިޕޯޓްގައި އިތުރަށް ބުނެފައި ވަނީ ނަވާފް އާއި ހަމްޒީ އެމެރިކާ އަށް ދިއުމުން އެމީހުންނަށް އެމެރިކާ އިން އެޕާޓްމަންޓެއް ހޯދައި ދިނުމަށް އެހީތެރިވި ސައުދީ އަރަބިއްޔާގެ ރައްޔިތެއް ކަމަށްވާ އުމަރު އަލް ބަޔޯމީ އަކީ ސައުދީ އަރަބިއްޔާގެ ޖާސޫސީ އެޖެންޓެއް ކަމަށެވެ. އޭނާ އަކީ އެމެރިކާގައި ހަރަކާތްތެރިވަމުން ދިޔަ ވައްހާބީ ނެޓްވޯކްގެ މީހެއް ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

އެފްބީއައި އިން އުމަރު އާއި ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ ތަހްގީގަށް ސީއައިއޭ އިން ދޮގު މައުލޫމާތު ދިން ކަމަށް ވެސް މި ރިޕޯޓްގައި ވަނީ ބުނެފައެވެ.

ރިޕޯޓްގައި ބުނެފައި ވަނީ 11/9 ހަމަލާ ދިނުމުގައި ސީދާ ގޮތެއްގައި ސީއައިއޭގެ ދައުރެއް ނެތް ނަމަވެސް އެއީ ސީއައިއޭ އިން ރަނގަޅަށް މަސައްކަތް ކުރިނަމަ ހުއްޓުވޭނެ ހަމަލާއެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަގީގަތް

    ސީއައިއޭއާއި މުސާދް އަތެއް އޮވެގެން ގަސްދުގައި
    ކުރިކަމެއް އެއީކީ މުސްލިމުން ބޮލުގައި އަޅުވައި
    މުޖުތަމަޢުގައި އެއީ ޓެރަރިސްޓުންހަދަންވެގެން އެމަރިކާ އަމިއްލައަށް ކުރިކަމެއް.އަދި ހައިޖެކްޓްވި ފްލައިޓެއް ކަމެއްވެސް ނޭގެ؟

    10
    2
    • ޖުހާ.

      އެމެރިކާގައި އުޅޭ ސަޢުދީ ވައްހާބީ އެޖެންޓެއް އެމީހުނަށް އެހީވިކަމަށް ލިއުމުގައި އެއޮތީ. ވައްހާބީން އެއީ އިސްލާމުންތަ. ރޮލާ ކާލިއަސް ގަބޫލުނުކުރާނަން.

      3
      2
  2. އިންޓަލް

    ހައިޖެކްޓްވިކަމަށް ބުނާ އެ ފްލައިޓުން ފޯނުކުރި އަންހެނުންމީހާ ވާހަކަދައްކާތިމަންނަމެން ރަހީނު ކޮށްފައޭމިތިބީ ބުނެވުނީ ކިހިނަކުން؟ ފްރިކިޔު އެންސީ ނެޓްވޯކް ރޭންޖުނުހުންނާނެ އެހާމައްޗައް 2001 ގައި

    8
    2
  3. ދޮންމޮހޮނު

    މި ލިޔުން ކިޔާލީމަ ހަނދާންވީ ޑޮކުއިމެންޓަރީ އެއް "ދި ލޫސް ޗޭންޖް" އޭ ކިޔާ! އޭގައި މި މައްސަލަ ތަންކޮޅެއް ތަފްސީލުކޮށް ކިޔައިދީފައިވޭ. އެމެރިކާއިން މިކަން ރާވައިގެން ކުރި ގޮތާއި، ތަހުގީގުގައި ހުރި ދެކޮޅުނުޖެހޭ ކަންކަން.

  4. ހާލިދާ

    އެމެރިކާއިން މީހުން ހަނދަށް ފޮނުވިކަހަލަ ގޭމެއްތިއީ. ރިޕޯޓުގައި ބޭނުންޖާއެއްޗެއް ލިޔެފައި ލީކުކޮއްލީމާ ހީވާނީ ހަމަ ހަގީގަތުގައިވެސް އއރިޕޯޓުގައި ހުރީ ތެދުވާހަކައޭ. އެހަމަލާ ދިނީ މުސްލިމިންނޭ.. މިިހާރުގެ ކުދިން ތިކަހަލަ ގުއިރޯނަކު ނުޖެހޭނެ

  5. Anonymous

    ތި ހަމަލާގެ ސިއްރު އެނގޭނީ މީގެ 50 އަހަރު ފަހުން ތޯއްޗެއް

    1
    1