އިނގިރޭސިވިލާތުގެ ޖަނާޒާ މިހާރު ކުރިއަށްދާއިރު، ގިނަ ބަޔަކު ވަނީ ޖަނާޒާގައި ބައިވެރިވެފައެވެ. އޭގެ ތެރޭގައި ފަތުރުވެރިންނާއި އިނގިރޭސިވިލާތުގެ ރައްޔިތުންގެ އިތުރުން ފިލްމު ކުޅޭ މީހުން ވެސް ހިމެނެއެވެ. ރާނީގެ ޖަނާޒާގެ ތެރެއިން ފޮޓޯތަކެއް އާންމުވެފައިވާއިރު، އޭގެ ތެރެއިން އާދަޔާ ހިލާފު ކަމެއް ފާހަގަވެގެން ދިޔައީ ޖަނާޒާގައި ޑޭވިޑް ބެކަމް ބައިވެރިވުމުންނެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ރާނީގެ ޖަނާޒާގައި ބައިވެރިވި ބެކަމް ވަނީ އޭނާ އާއި ކައިރީގައި ތިބި މީހުންނަށް ކާ އެއްޗެހި ވެސް ދީފައެވެ.

ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވިއިރު، ވެސް މީޑިއާތަކުން އާންމު ކުރި ފޮޓޯތަކުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ބެކަމް އަށް ކަން އެނގެއެވެ. އޭގެ ހެއްކެއްގެ ގޮތުގައި ރިޕޯޓްތަކުން ބުނީ ޖަނާޒާގައި މީހުން އަރައިގެން ތިބި ކިއު ކުރިއަށް ދިޔައިރުވެސް ބެކަމްގެ ފޮޓޯ ނެގުމުގައި ގިނަ ބަޔަކު ތިބި ކަމަށެވެ. އެގޮތުން ބެކަމްގެ ފޮޓޯނަގަން ތިބުމުން ކިއު ވަކި ހިސާބަކުން ވަނީ ހުއްޓިފައެވެ.

ރިޕޯޓްތަކުން ބުނީ ރާނީގެ ޖަނާޒާގެ ކިއުއަށް ބެކަމް އަރާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި ހަވީރާއި ޖެހެންދެން ވެސް އޭނާ ހުރީ އެކަނި ކަމަށެވެ.

ރާނީ އަވަހާރަވުމާއި ގުޅިގެން ދުނިޔޭގެ ބޮޑެތި ގައުމުތަކުން ގައުމީ ހިތާމައިގެ ދުވަސް އިއުލާނު ކޮށްފައިވާއިރު، ގައުމުތަކުގެ އިސްވެރިން އަންނަނީ ރާނީގެ ޖަނާޒާގައި ބައިވެރިވަމުންނެވެ.