އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކް ކުއްލި ގޮތަކަށް ކޮޕް27 އިވެންޓުން ނުކުމެވަޑައިގަތުމުން، ގިނަ އަދަދެއްގެ ބަޔަކަށް ހައިރާން ކަން ލިބިއްޖެއެވެ.

އިނގިރޭސިވިލާތުގެ ކާބަން ބްރީފްގެ ޑިރެކްޓަރު ލިއޯ ހިކްމަން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިނގިރޭސިވި ލާތުގެ ބޮޑުވަޒީރު @RishiSunak #COP27 ފޯ ފޮރެސްޓް ޕާޓްނާޝިޕް ލޯންޗްކުރުމުގެ މަސައްކަތުގެ މެދުތެރެއިން އޭނާގެ އެހީތެރިން ކޮޓަރިން ނިކުމެވަޑައިގެންފައިވާ ކަމަށެވެ.

އެ ހާދިސާގެ ވީޑިއޯ އާންމުކުރި ހިކްމަން ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ އިވެންޓަކަށް ސުނަކް ސްޓޭޖަށް އެރި އިރު އޭނާގެ އެހީތެރިން އޭނާއަށް ހުރަސް އެޅިއެވެ. އަވަސްއަވަހަށް އޭނާގެ ދެ އެހީތެރިން އައިސް އެ ހަރަކާތުން ނުކުތުމަށް ސުނަކް އަށް ހިތްވަރު ދިނެވެ.

"އޭނާ ދިއުމުގެ ގާތްގަނޑަކަށް ދެ މިނެޓު ކުރިން އެހީތެރިޔަކު ސްޓޭޖަށް އައިސް އޭނާގެ ކަންފަތުގައި އެއް މިނެޓަށްވުރެ ގިނައިރު ވަންދެން ވާހަކަ ދައްކަމުން ދިޔަ... އެވަގުތު އެތަނުން ނުކުތުމާ މެދުގައި މަޝްވަރާ ކުރެވެމުން ދިޔަ. ސުނަކް މަޑުކުރި ނަމަވެސް އެހެން އެހީތެރިއަކު ނިންމީ އެނބުރި އޭނާގެ ގާތަށް ގޮސް އެތަނުން ދިއުމަށް ބާރު އެޅުމަށް." އޭނާ ބުންޏެވެ.

ބޭރުގެ ނޫހެއް ކަމަށްވާ "ދަ ސަން"ގެ ޕޮލިޓިކަލް އެޑިޓަރު ހެރީ ކޯލް ފަހުން އޭނާގެ ޓްވިޓާގައި އެ ވީޑިއޯ ހިއްސާކޮށް ބުނީ އެއީ "ބޮޑު" ކަމެއް ނޫން ކަމަށެވެ.

"ޑައުނިން ސްޓްރީޓްގެ މަސްދަރުތަކުން ބުނަނީ މިއީ ބޮޑު ކަމެއް ނޫން ކަމަށާއި އެއީ ޖަރުމަނާއި ދެކުނު އެފްރިކާގެ މީހުންނާ ބައްދަލުކުރަން ލަސްވެގެން ނިންމި ނިންމުމެއް ކަމަށް." ކޯލް ބުންޏެވެ.

މި ވީޑިއޯއާ ގުޅޭ ގޮތުން ޑައުނިން ސްޓްރީޓުން ރަސްމީ ކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގިނާ

    ސީ ލަވާގަނެގެން؟

  2. ހުސޭނުބޭ

    ނެޕީ ބަދަލުކުރަންވެގެން

  3. ޖަލީލު

    މި ލިޔުނު ކަލޭގެ ބުނަނީ، ސުނަކްގެ ކަންފަތުގައި ވާހަކަދެއްކިއްޔޯ! މި މީހުންނަށް ދިވެހިބަސް ދަސްވާނީ ކިހިނެއް ހެދިއްޔާބާ!

    5
    1