މި އަހަރު ތެރޭގައި ދުނިޔޭގެ ގިނަ ގައުމުތަކުން ފެނުނު މަންކީ ޕޮކްސް (މަކުނު ވިދުރި)ގެ ނަން އެމްޕޮކްސް އަށް ބަދަލުކޮށްފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މަންކީޕޮކްސްގެ ނަން ބަދަލު ކުރަން ނިންމާފައި ވަނީ ވައިރަހުގެ ނަމާ ގުޅިފައިވާ ޝަކުވާތަކެއް ފެންމަތިވުމާ ގުޅިގެންނެވެ.

މި ބައްޔަށް ކުރިން ދީފައިވާ ނަން ކުރީގެ ލަފުޒު އެއް އަހަރު ވަންދެން އާ ލަފްޒާއެކު ބޭނުން ކުރާނެއެވެ.

މި ބަލީގެ ނަން އެމްޕޮކްސް އަށް ބަދަލު ކުރަން ނިންމީ ތަޖުރިބާކާރުންނާއި ގައުމުތަކާއި އާންމުންގެ މެދުގައި ދިގު މަޝްވަރާތަކެއް ކުރުމަށް ފަހުގައެވެ.

މިއީ އިނގިރޭސި ބަހުގެ އިތުރުން އެހެނިހެން ބަހުރުވަތަކުން ވެސް ފަސޭހައިން ބޭނުން ކުރެވޭނެ ލަފްޒެއް ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.

އިންސާނެއްގެ ގައިން މަކުނުވިދރުި އެންމެ ފުރަތަމަ ފެނިފައިވަނީ 1970 ވަނަ އަހަރެވެ. މި ވައިރަސްގެ ސަބަބުން ޖެހޭ ބައްޔަށް ނަން ދީފައި ވަނީ އޭގެ ދިހަ ވަރަކަށް އަހަރު ކުރިން މަކުނުގެ ކިބައިން މިފަދަ ވައިސް ފެނުމާއި ގުޅިގެންނެވެ.

ސްމޯލްޕޮކްސް ފަދަ ވައިރަހުގެ އެއް އާއިލާއެއްގެ މެމްބަރެއް ކަމަށްވާ އެމްޕޮކްސް ވައިރަސް މިއަހަރު އާދަޔާ ހިލާފަށް ވަނީ ފެތުރިފައެވެ. އެގޮތުން މި ބަލި އެންމެ ބޮޑަށް ފެތުރިފައި ވަނީ މެދުތެރެއާއި ހުޅަނގު އެފްރިކާއިން ބޭރުގެ ގިނަ ގައުމުތަކުގައެވެ.

މި ބައްޔާއި ގުޅިގެން ދުނިޔޭގެ ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ޑަބްލިއުއެޗްއޯއިން އިއުލާނުކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހްމަދު

    އެލްޖީބީޓީ ފޮކްސް ކިޔާލާ!

  2. Anonymous

    ދިވެހި ބަހުން ކިޔަންވީ "ގިރި ޕޮކްސް" ދޯ.

  3. Anonymous

    މަންކީ ޕޮކުސް،/މަކުނު ވިދުރި އެމް ޕޮކުސް/ މީމު ވިދުރި

  4. މަހުދީ

    ތިޔަށް ކިޔަންވީ އެލް.ޖީ.ބީ.ޓީ ފޮކްސް