ޓޮންގާ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނީ 6.7 މެގްނިޓިއުޑްގެ މި ބިންހެލުން އައިސްފައިވަނީ ޓޮންގާގެ ހިހީފޯގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 108 ކިލޯމީޓަރު ދުރަށް ކަމަށެވެ.

ޔޫއެސްޖީއެސް އިން ބުނީ ބިންހެލުން އައިސްފައިވަނީ 36 ކިލޯމީޓަރު އަޑިން ކަމަށެވެ.

ޕެސިފިކް ސުނާމީ ވޯނިން ސެންޓަރު (ޕީޓީޑަބްލިއުސީ) އިން ބުނީ މި ބިންހެލުމާއި ގުޅިގެން ސުނާމީގެ ނުރައްކަލެއް ނެތް ކަމަށެވެ.

މި ބިންހެލުމާއި ގުޅިގެން އެއްވެސް ތަަނަކަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވާ ކަމަށް ވެއެވެ.

ޓޮންގާއަކީ ދޭތެރެ ދޭތެރެއިން ބިންހެލުން އަންނަ ގައުމެއްކަން ފާހަގަކޮށްލަން ޖެހެއެވެ.