އޯޝިއާނާގެ ގައުމެއް ކަމަށްވާ ޓޮންގާއަށް ބާރުގަަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައި ވަނީ 6.3 މެގްނެޓިއުޑް ބާރުމިނުގައެވެ.

އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯ ސެއިސްމޮލޮޖީން ބުނީ، މި ބިންހެލުން އައިސްފައި ވަނީ އެ ގައުމުގެ ވެރިރަށް ކަމަށްވާ ނިކުއަލޯފާ ހުޅަނގު ދެކުނު 782 ކިލޯ މީޓަރު ކައިރިއަށެވެ.

މި ބިންހެލުން އައިސްފައ ވަނީ 590 ކިލޯ މީޓަރު އަޑިންނެވެ.

މި ބިންހެލުމުަގައި މީހަކަށް ގެއްލުންވި ކަމެއް ރިޕޯޓްކޮށްފައެއް ނުވެއެވެ. އަދި މި ބިންހެލުމާއި ގުޅިގެން އެއްވެސް ތަނަކަށް ގެއްލުންވި ކަމަށްވެސް ރިޕޯޓްކޮށްފައެއް ނުވެއެވެ.