މިޔަރެއް ހަމަލާދިނުމުގެ ސަބަބުން މިސްރުގެ އައްސޭރިން ރަތްކަނޑުގެ ސަރަޙައްދުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.
މިދިޔަ އާދީއްތަ ދުވަހު ހިނގި އެ ހާދިސާގައި ޗެކް ރިޕަބްލިކްއަށް ނިސްބަތްވާ އެ ފަތުރުވެރިޔާ މަރުވެފައި ވަނީ މިޔަރު ހަމަލާދިންތާ މާގިނައިރެއް ނުވެ، ސިއްޙީ އެހީތެރިކަމެއް ފޯރުކޮށްނުދެވެނީހެވެ. އޭނާއަށް މިޔަރެއް ޙަމަލާދިންކަން އެނގުނީވެސް އެ ދުވަހުގެ އިރުއޮއްސެން އުޅެނިކޮށް އެ ސަރަޙައްދުގެ ގޮނޑުދޮށަށް އޭނާގެ ހަށިގަނޑުގެ ބައިތައް ލައްގާފައިވަނިކޮށް އާންމުންގެ ބަޔަކަށް ފެނުމުންނެވެ.
މި ހާދިސާ ހިނގި މިސްރުގެ މާސާ އަލާމްއަކީ، ޑައިވްކުރަން ލޯބިކުރާ ފަތުރުވެރިންގެ މެދުގައި މަޤުބޫލު އަވަށެކެވެ. މި ސަރަޙައްދަކީ މިޔަރާއި އެނޫންވެސް ކަނޑުއަޑީގެ ގިނަ ޢަދަދެއްގެ ދިރުންތައް އުޅެމުންދާ ނުރައްކާތެރި އެހެނަސް ރީތި ސަރަޙައްދެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.
އެންމެ ފަހުން މި ސަރަޙައްދުގައި މިޔަރެއް ޙަމަލާދިނުމުގެ ސަބަބުން މީހަކު މަރުވެފައިވަނީ 2015 ވަނަ އަހަރުގައެވެ. އެ ފަހަރުވެސް މަރުވެފައިވަނީ އެ ސަރަޙައްދުގެ މޫދަށް އެރި އުޅުނު ފަތުރުވެރިއެކެވެ. މީގެ އިތުރުން 2010 ވަނަ އަހަރު އެކަނިވެސް، އެ ސަރަޙައްދުން މޫދަށް އެރި އުޅުނު ނުވަ ފަތުރުވެރިއަކަށް މިޔަރު ޙަމަލާ ދިނުމުން އަނިޔާވެގެން ވަނީ ރިޕޯޓުކޮށްފައެވެ.
މިސްރުގެ ކަމާއި ބެހޭ އިދާރާތަކުން މިހާރު ދަނީ މި ސަރަޙައްދުގެ މޫދަށް އެރިއުޅޭ ފަރާތްތައް ހޭލުންތެރިކޮށް އެފަރާތްތަކަށް ނުރައްކަލެއް ކުރިމަތިވާހިނދު އަވަހަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ކިނބޫ ، މިޔަރު ، ހަރުފަ ފަދަ އިންސާނުންނަށް ނުރައްކާ ކޮންމެ އެއްޗަކީ ބައިނަލްއަޤުވާމީގޮތުން ޙިމާޔަތްކުރެވިފައިވާ ޖަނަވާރު! އިންސާނުންނަކަށް ޙިމާޔަތެއްނެތް! ސަޅިނު؟
ބަލަމި ކުޑަކުޑަ ދިވެހިރާއްޖޭގަ ވެސް މިހާރު މިޔަރުގެ އުނދަގޫ ވަނީ ވަރައްވެސް ބޮޑުވެފަ
ޖާބިރު ބުނީ މިޔަރު ހިފަން ހުއްދަ ދޭނަމޭ އެހެންވެއްޖެއްޔާ އެކަން ވާނީ ވަރަށްވެސް ސަޅިކަމަކައް
އެންމެ މަތިން އަހަރުމެންނައް ދެއްވާފަ ހުރި ނިއުމަތެއް ގާނޫނު އަސާސީ އިން މާނާކުރެވިގެން ނުވާނެ... އަހަރުމެން ކޮންމެ އެއްޗެއް ހިފައިގެން ކެޔަސް އެކަލާންގެ ހިމާޔަތް ކުރައްވަން ހުރި އެއްޗެއް ހިމާޔަތް ކުރައްވާނެ..