އިރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދައިިފިނަމަ، އިރާނުގެ އަރަބި އަވައްޓެރި ގައުމުތަކުން އެގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަ ކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.

އަބޫ ދާބީ ގައި ދެއްވި ބަސްދީގަތުމެއްގައި ސައުދީގެ ހާރިޖީ ވަޒީރު ވަލީއަހުދު ފައިސަލް ބިން ފަރްހާން އަލް ސައުދު ވިދާޅުވީ އިރާނަށް ނިއުކްލިއަރ ހަތިޔާރު ލިބިއްޖެނަމަ ދެން ކުރީގެ އެއްވެސް ނިންމުމެއް ނުވަތަ މަޝްވަރާއެއްގެ އެއްވެސް މާނައެއް ނެތްކަމުގައެވެ.

އަދި އޭރަށް އެ ސަރަހައްދުގެ ގައުމުތަކަށް ވަރަށް ނުރައްކާވާނެ ކަމަށާއި، ހުރިހާ ގައުމުތަކުންވެސް އެގައުމެއްގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރާނެ ގޮތެއް ހޯދަން މަސައްކަތްކުރާނެ ކަމަށް އަލް ސައުދު ވިދާޅުވިއެވެ.

އިރާނާއި ދުނިޔޭގެ ނުފޫޒު ގަދަ ގައުމުތަކާއި މެދުގައި ވެވިފައިވާ ނިއުކްލިއަރ އެއްބަސްވުމުން 2018 ވަނަ އަހަރު ބޭރުވެފައިވާ އެމެރިކާ، އަނެއްކާވެސް އެ އެއްބަސްވުމާއި ގުޅިގެން އިރާނާއި ކުރަމުންދިޔަ މަޝްވަރާތައް ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ހުއްޓުމަކަށް އައިސްފައެވެ. އެއްބަސްވުމުގެ ދަށުން ނިއުކްލިއަރ ހަތިޔާރު އެފެއްދުމުގެ މަސައްކަތްތައް ހުއްޓާލާނެ ކަމަށް އިރާނުން ބުނެފައިވީނަމަވެސް ދާދި ފަހުން އެގައުމުން ވަނީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންކުރާ ޔުރޭނިއަމް ފައްކާ ކުރަމުގެ މަސައްކަތްތައް ވަރުގަދަކުރާ ވާހަކަ އިއުލާނުކޮށްފައެވެ. މިކަމާއި ގުޅިގެން އދ އިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހުޅަނގުގެ ބޮޑެތި ބާރުތަކާއި އިރާނާއި ދެމެދު ނިއުކްލިއަރ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިމިވަނީ އިރާނުން މާ ބޮޑެތި ޝަރުތުތައް ކަނޑައަޅަމުންދާ ކަމަށް ހުޅަނގުން ތުހުމަތު ކުރުމަށްފަހުގައެވެ. އަދި ރަޝިއާ ޔުކްރޭނު ހަނގުރާމައިގައި އިރާނުން ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް ދެކެވޭ ވާހަކަތަކާއި، އިރާނުގައި ހިނގަމުންދާ މުޒާހަރާތަކުގެ ސަބަބުންވެސް މި މަޝްވަރާތަކަށް ވަނީ ހިޔަނި އެޅިފައެވެ.

އިރާނުގެ ނިއުކްލިއަރ އެއްބަސްވުމާއި ދޭތެރޭގައި ސައުދީއަށް މާ ބޮޑު ޔަގީން ކަމެއް ނެތްނަމަވެސް، މި އެއްބަސްވުން ވަރުގަދަކުރުމަށް ސައުދީން ތާއީދު ކުރާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ސައުދީ އަދި، ސުންނީން ގެ ވެރިކަން އޮންނަ އަރަބި އެހެން ގައުމުތަކުންވެސް ބޭނުންވަނީ ޝީއީންގެ ވެރިކަން އޮންނަ އިރާނުގެ ހަތިޔާރު ޕްރޮގްރާމްތަކާއި މެދު އެގައުމުތަކަށް އޮތް ކަންބޮޑުވުންތައް ފިލުވާލެވޭނެ ފަދަ ވަރުގަދަ އެއްބަސްވުމަކާއި ޔަގީންކަމެކެވެ.

ނަމަވެސް މި ވަގުތު މިކަމުގައި ފެންނަނީ މާ ފައްސި އަލާމާތްތަކެއް ނޫންކަމުގައި ސައުދީގެ ޚާރިޖީ ވަޒީރުވަނީ ވިދާޅުވެފައެވެ.

"އަހަރެމެންނަށް އަޑުއިވޭ އިރާނު މީހުން ބުނާ އަޑު ނިއުކްލިއަރ ހަތިޔާރު ޕްރޮގްރާމަކަށް އެމީހުންގެ މާބޮޑު ޝައުގުވެރިކަމެއް ނެތޭ. އެކަން އަހަރެމެންނަށް ގަބޫލުކުރެވޭނެ ނަމަ ވަރަށް ހިތްހަމަ ޖެހޭނެ. އެކަމަކު އަހަރެމެންނަށް އެއަށްވުރެވެސް ބޮޑު ޔަގީންކަމެއް ބޭނުންވޭ." ވަޒީރު ވިދާޅުވިއެވެ.

އިރާނުން ބުނަނީ އެމީހުންގެ ނިއުކްލިއަރ ޓެކްނޮލޮޖީއަކީ ހަމައެކަނި ސިވިލް ބޭނުންތަކަށް ފައްކާކުރަމުންދާ ޓެކްނޮލޮޖީއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބާމުންޑޭ

    އިޒްރޭލުގަ ނިއުކުލިއަ ހަތިޔާރު ހުރެގެން، އިރާޤު، ސޫރިޔާ، ލުބްނާން ، އަދި ފަލަސްތީނަށް .މިޤައުމުތަކަށް ހަމަލާދިނަސް ކަލޭމެންނަށް އޯކޭދޯ.

    11
    1
  2. ދަންތޫރު

    އީރާން އަތުގައި ނިއުކްލިއަރ ހަތިޔާރު އުފައްދާފަ
    ފޮރުވާފަ ނެތްކަން ކިހިނެއްއިނގެނީ؟ އީރާނަކީ
    އަސްކަރީ ގޮތުން އެމީހުންގެ އަސްލުބާރު ދުނިޔެ
    އަށް ސިއްރުކޮށްފައިވާ ބައެއް. ބައެއް މުއައްހިލުން ދެކޭގޮތުގައި އީރާންއަތުގައި ވަރަށް ލޯންގްރޭންޖް މިސައިލްތައް ހުރުން އެކަށީވެގެންވޭ ސީދާ އެމަރިކާގެ ވަޝިންޓަނާއި ނިއުޔޯކަށް ހަމަލާދީ ފަނާކޮށްލެވިދާނެ

    6
    4
  3. ޖުހާ.

    ކަލޭމެން ބިރުގަންނަނީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަފާނެތީ. އިޒްރޭލުގަ ނިއުކްލިއާ ހުއްޓަސް ކަލޭމެނަށް އޯކޭ. ތީ އަސްލު ޔަހޫދީން.

    8
    3
    • އެކަކު

      އިސްރާއީލާ އީރާން ތިއީ ހަމަ އެއްބައެއް. ދެބައި މީހުންވެސް ބޭނުންވަނީ މުސްލިމުން ނައްތާލަން. އިސްރާއީލު ބޭރުން ފާޅުގައި މުސްލިމުންނަށް ފުރައްސާރަ ކުރަނީ އީރާނުގެ ރާފިޟީން އިސްލާމްދީނަށް ނިސްބަތްވާ ކަމަށް ދަޢުވާކޮށް ދީނުގެ އަސާސްތަކާ ޚިލާފުވެ އެތެރެއިން ދީން ފަސާދަ ކުރަނީ. އިސްރާއީލް އާ އީރާން އަކީ އަޚުން.

      1
      2
      • ޖުހާ.

        އިޒްރޭލާއި ސައުދީ އެއީ އަހުން، ވައްހާބީން އެއީ ބޭރުފުށުން އިސްލާމުންކަމަށް ހެދިގެންއުޅޭ ޔަހޫދީން. ރާފިޟީން ކިޔަންޏާ ސުންނީ ނާޞިބީންވެސް ކިއެންވާނެ ދޯ.