އިރާނުގެ ޑްރޯންތައް ބޭނުންކޮށްގެން ރަޝިއާއިން އަދިވެސް ހަމަލާ ދޭނެ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންޒްކީ ވިދާޅުވެއްޖެއެވެ.

ޒެލެންސްކީ މިދިޔަ ހޯމަ ދުވަހު އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އީރާނުގެ ޝަހީދު ކަމީކޭޒޭ ޑްރޯން ބޭނުންކޮށްގެން އަދިވެސް ވަރުގަދަ ހަމަލާތަކެއް ރަޝިއާއިން ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

އެހެންކަމުން އެކަމަށް ތައްޔާރުވެ ތިބުމަށާއި އަދި ރަޝިއާ ބަލިކުރަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

އީރާނުން ރަޝިއާއަށް ޑްރޯން ފޯރުކޮށްދޭ ކަމަށް ފުރަތަމަ އެއްބަހެއް ނުވެއެވެ. އަދި އޭރު ރަޝިއާއިން ވެސް ބުނީ އެ ޑްރޯންތަކަކީ ރަޝިއާއިން އުފައްދާފައިވާ ޑްރޯންތަކެއް ކަމަށެވެ. ނަމަވެސް އިރާނުން މިދިޔަ ނޮވެމްބަރު މަހު ވަނީ ޑްރޯންތައް ފޯރުކޮށްދޭ ކަމަށް އެއްބަސްވެފައެވެ.

ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން އިރާނާއި ރަޝިއާއާ ދެމެދު އޮންނަ ގުޅުން މިއިން ޒަމާނަކު ވެސް ބަދަހި ނުވާ ވަރަށް ވަނީ ބަދަހިވެފައެވެ.

އިރާނުން ރަޝިއާއަށް ޑްރޯން ފޯރުކޮށްދޭތީ އެ މައްސަލަ ހުޅަނގުގެ ގައުމުތަކުން ވަނީ ސަލާމަތީ މަޖިލީހަށް ވެސް ހުށަހަޅައިފައެވެ.

ޔުކްރެއިންގެ ސަރުކާރުން ބުނީ ފާއިތުވި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވެސް އިރާނުގެ 80 ޑްރޯން އެ ގައުމުގެ އެއާ ޑިފެންސް ސިސްޓަމުން ވައްޓާލާފައިވާ ކަމަށެވެ.

އިރާނުގް ޑްރޯންތަކުން ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން ޔުކްރެއިންގެ އިންފްރާސްޓްރަކްޗާއަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އޭގެ ތެރޭގައި ކަރަންޓާއި ފެނުގެ އިންފްރާސްޓަރަކްޗާ ހިމެނެއެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަހުރަބު

    އެއްކަލަ ޒަޔަނިސްޓް ޕަޕެޓް ކުޓުވަންފެށީ

  2. ހުސޭނުބޭ

    އިޒްރޭލުގެ ޑްރޯން ބޭނުންކޮށްގެން ކަލޭ ރަޝިޔާއަށް ހަމަލާދެންޏާ ދެކޮޅު ހަމަހަމަވާ ގޮތެއް ހަދަންޖެހޭނެނު