އިރާނުގެ މެދުތެރޭގައި އޮންނަ އިސްފަހާން ސިޓީގައި ހުންނަ، އަސްކަރީ ޕްލާންޓަކަށް ޑްރޯން ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށް އިރާނުގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާތައް ކާމިޔާބުވެފައި ނުވާ ކަމަށާއި، ހަމަލާތަކުގައި އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށެވެ.

"އެއް ޑްރޯން އެއާ ޑިފެންސުން ވައްޓާލާފައިވާއިރު، އަނެއް ދެ ޑްރޯން ދިފާއީ މަޅިތަކުގައި ތާށިވެ، ވަނީ ގޮވާފައި. ނަސީބަކުން މި ނާކާމިޔާބު ހަމަލާތަކުގައި އެއްވެސް ފުރާނައެއް ގެއްލިފައެއް ނުވޭ، އަދި ހަމަލާތަކުން ހަމައެކަނި ވޯކްޝޮޕްގެ ފުރާޅަށް ކުޑަވަރެއްގެ ގެއްލުމެއް ލިބިފައިވަނީ. " ބަޔާނުގައި ބުނެފައިވެއެވެ.

މި ހަމަލާތައް ދިންކަމަށް ޝައްކު ކުރެވޭ އެއްވެސް ފަރާތެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

މިނިސްޓްރީން މި ބަޔާން ނެރެފައިވަނީ، އިސްފަހާނުގައި ވަރަށް ބާރު ގޮވުމެއް ގޮވާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.

މީޑިއާތަކުން ބުނެފައިވަނީ ހަމަލާތައް އަމާޒުވެފައިވަނީ ހަތިޔާރު އުފައްދާ ކާރުހާނާއަކަށް ކަމަށެވެ.

މިނިސްޓްރީން ބުނެފައިވަނީ ހަމަލާތަކުގެ ސަބަބުން އިރާނުގެ އެއްވެސް މަސައްކަތަކަށް ނޭދެވޭ އަސަރު ކޮށްފައި ނުވާކަމަށާއި، މިފަދަ ކަނު ފިޔަވަޅުތަކުގެ ސަބަބުން އިރާނުން ހޯދަމުންދާ ކުރިއރުންތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށެވެ.

ޑްރޯން ހަމަލާތަކުގެ ރިޕޯޓްތައް ކޮށްފައި މިވަނީ، އިރާނުގެ ހުޅަނގު އުތުރުގެ ތަބްރީޒް ސިޓީގައި ހުންނަ ތެޔޮ ސާފުކުރާ ކާރުހާނާ އެއްގައި އަލިފާން ރޯވެފައިވާ ކަމުގެ ހަބަރު ތަކާއިވެސް އެކުގައެވެ. އެތަނުގައި އަލިފާން ރޯވެފައިވާ ސަބަބެއް އަދި އެނގިފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިރާނުގެ އަސްކަރީ، ނިއުކްލިއަރ، އަދި ވިޔަފާރި ސައިޓްތަކުގައި ފާއިތުވި އަހަރުތަކުގައި ވަރަށް ގިނައިން ގޮވުންތައް ގޮވާ، އަލިފާން ރޯވެފައި ވެއެވެ.

މި ހުރިހާ ކަމެއް ކުރިއަށް މި ދަނީ އިރާނާއި އިސްރާއީލާއި ދެމެދުގެ މަސްރަހު ހަލަބޮލިވެ، ބަހުގެ ހަނގުރާމައެއް ކުރެވުމުންދާ ދަނޑިވަޅެއްގައެވެ. އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި ހެދި މި ދެ ގައުމު އޮންނަނީ ވަރަށް ބޮޑަށް ޖެހިފައެވެ. އިރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން އުޅޭ ކަމަށް އިސްރާއީލުން ބުނާއިރު، އިރާނުން އެކަން ދޮގު ކުރެއެވެ.

އިސްރާއީލުގެ އަމުރަށް އިސްފަހާނުގައި ހުންނަ މުހިންމު އަސްކަރީ މަރުކަޒެއް ގޮއްވާލަން ތައްޔާރުވަމުންދިޔަ ކުރުދީންގެ ހަނގުރާމަވެރިންގެ ޓީމެއް ހައްޔަރު ކޮށްފައިވާ ކަމަށް މިދިޔަ އަހަރުގެ ޖުލައި މަހު އިރާނުން ބުނެފައި ވެއެވެ. އިސްރާއީލުގެ ޖާސޫސީ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރި ކަމަސް ބުނެ، އިރާނުން މިދިޔަ އަހރުގެ ފަހުކޮޅު ވަނީ ބަޔަކު ދަންވެސް ޖައްސާފައެވެ.

އިރާނުގެ އެންމެ އިސް ނިއުކްލިއަރ ސައިންޓިސްޓު، މޮހްސިން ފަޚްރިޒާދޭ، 2020 ގައި މަރާލުމުގައި އާއި، 2021 ވަނަ އަހަރުގެ އޭޕްރިލް މަހު، އެގައުމުގެ ބިމުއަޑީގައި ހުންނަ ނަތަންޒް ނިއުކްލިއަރ ފެސިލިޓީއަށް ދިން ހަމަލާގެ ފަހަތުގައި ވެސް އޮތީ އިސްރާއީލު ކަމަށް އިރާނުން ބުނެއެވެ.

އިސްރާއީލުން މީގެން އެއްވެސް ހަމަލާއެއްގެ ޒިންމާ އުފުލާފައި ނުވި ނަމަވެސް، އިރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާދޭނެ ކަމުގެ ވާހަކަތައް ވަރަށް ގިނައިން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރެޑްއެލާޓުގައި

    މަގޭމިއުޅެނީ އަވަދިނެތި ތިހަބަރުތަކުގައި އީރާނައް
    ހަމަލަދީފިކަން ކަށަވަރުވުމުން ކޮންބައެއްގެ އަތެއް
    ތޯބަލައި އީރާނުން މިލިޓަރީ އެކްޝަނެއްނަގާނެތޯ
    މިބަލަނީ؟އީރާނުގެ މަތިން ޑްރޯންތަކަށްދެވުނީ ކިހިނަކުން؟މިފަހަރު އީރާނުން ރައްދުނުދީފިއްޔާ
    މަގޭ އެމީހުންބަލާނީ ފިނޑިންގެގޮތުގައި

    7
    1
    • އަޙްމަދް

      އީރާނުގެ ޝީއީ ރާފިޟީންނަކީ ފިނޑިބައެއް އީރާނު ވަރަށް ކެރޭނެ އިންޒާރުދޭން…..

      4
      6
      • ޖުހާ.

        ވައްހާބީން ދޭބަލަ ބޮންގޮއްވަން. ކޮން ރާފިޟީއެކޭ ނާސިބީއެކޭ ގޮވާކަށް.