މީސްމީހުންނަށް ފާޑު ކިޔާ މަލާމާތް ކުރުމަށް މަޝްހޫރު މަޖައްލާ އެއް ކަމަށްވާ، ފްރާންސްގެ "ޗާލީ ހެބްޑޯ" އިން، ހޯމަ ދުވަހު ނުރައްކާތެރި ދެ ބިންހެލުން އައި ތުރުކީއަށް މަލާމާތް ކޮށް ކާޓޫން ކުރެހުމުން، އިންޓަނެޓްގައި ރުޅިވެރިކަން ފެތުރިއްޖެއެވެ.

"ދުވަހުގެ ކާޓޫނު" ގެ ސުރުހީގެ ދަށުން ޓްވިޓާގައި އާންމު ކޮށްފައިވާ ކާޓޫނު ގައި، ބިންހެލުމަށް ފަހު ބިމާއި ހަމަވެފައިވާ އިމާރާތްތަކުގެ ބައިތަކާއި، ގެއްލުން ލިބިފައިވާ އިމާރާތްތަކާއި، ފުރޮޅިފައިވާ ކާރެއްވެސް ފެނެއެވެ. ކުރެހުމުގެ މަތީގައި "ތުރުކީއަށް އައި ބިންހެލުން" ލިޔެފައިވާ އިރު، ތިރީގައި ލިޔެފައިވަނީ "ޓޭންކުތައް ފޮނުވުމުގެ ބޭނުމެއްވެސް ނެތް" ކަމުގައެވެ.

މި ނުރައްކާތެރި ކާރިސާގައި، އެތައް ބަޔަކު މަރުވެފައިވާއިރު، އަދި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަވަދިނެތި ކުރަމުންދާއިރުވެސް ޗާލީ ހެބްޑޯ އިން މިފަދަ ކާޓޫނެއް އާންމު ކުރުމުން، އިންޓަނެޓް ބޭނުންކުރާ މީހުން ވަނީ ރުޅިއާއި ހިތްހަމަ ނުޖެހުން ފާޅު ކޮށްފައެވެ.

" އަހަރެން ގެ އެކުވެރި ފްރެންކް ބްރިންސްލޮރޯ މަރުވީ ކަލޭމެން ސަލާމަތް ކުރަން. ކަލޭމެންގެ ގަލަން މީހުން މަރާ ހަތިޔާރަކަށްވެ، އެސްޑީއެލްޕީގެ އެހެން މެމްބަރުން ގުރުބާން ކުރަން ވިސްނަނީ ނަމަ، ކަލޭމެން ޖެހޭނީ ނަފްރަތު އެފެއްދުމުގެ ކުށުގައި ކޯޓަށް ދާން." 2015 ވަނަ އަހަރު ޗާލީ ހެބްޑޯ އަށް ދިން 12 މީހުން މަރުވި ހަމަލާއަށް ނިސްބަތް ކޮށް، 2002 އިން 2011 އަށް ފްރާންސްގެ ދެ ރައީސުންނަށް ރައްކާތެރިކަން ދިން 'އެސްޑީއެލްޕީ ބޮޑީގާޑް ސާވިސް' ގެ ކުރީގެ މެމްބަރެއް ކަމަށްވާ އަލެކްސާންޑަރ ބޮއިސަން ޓްވިޓާ ގައި ބުނެފައިވެއެވެ.

ފްރާންސް-ތުރުކީ ދަރިކޮޅުގެ ޔިޖިޓް އޮންގެން ކިޔާ މީހަކު ބުނެފައިވަނީ 2015 ވަނަ އަހަރު ޗާލީ ހެބްޑޯ އަށް ހަމަލާ ދިން އިރު އޭނާ ހުރީ ޕެރިސްގައި ކަމަށާއި، އެމީހުންނަށް ތާއީދުކުރުމަށް ބޭއްވި ހިނގާލުން ތަކުގައިވެސް ބައިވެރިވެފައި ވާނެ ކަމަށެވެ.

"އެކަމަކު އަހަރެން ވަރަށް ހިތްހަމަ ނުޖެހިއްޖެ ކަލޭމެންގެ އެއްވެސް ހިތެއްވެސް ނެތް ތަން ފެނިފަ. އެތައް ހާސް ބަޔަކު އެތިބީ އިމާރާތްތަކުގެ ބައިތަކުގެ ތެރޭގައި ތާށިވެފައި." އޭނާ ބުނެފައި ވެއެވެ.

ފްރާންސާއި ތުރުކީގެ ރަހުމަތްތެރިކަން ވަރުގަދަ ކުރުމަށް މަސައްކަތް ކުރާ ފްރާންސްގައި އޮންނަ މިނިވަން ތިންކް ޓޭންކެއް ކަމަށްވާ 'ދަ ބޮސްފޮރަސް އިންސްޓިޓިއުޓް' އިން ވަނީ އެ ކާޓޫނަކީ" އެއްވެސް ގޮތެއް ނެތް، ލަދުވެތި" ކުރެހުމެއް ކަމުގައި ބުނެ ވަރަށް ބޮޑަށް ނުރުހުން ފާޅު ކޮށްފައެވެ.

"އެ ކާޓޫނަކީ ލަދުވެތި އެއްޗެއް ފިޔަވައި ދެވަނަ އެހެން އެއްޗެއްނޫން." ފްރާންސްގެ ނެޝަނަލް ސެންޓަރ ފޮރ ސައިންޓިފިކް ރިސާޗް ގައި މަސައްކަތް ކުރައްވާ ޕޮލިޓިކަލް ސައިންޓިސްޓެއް ކަމަށްވާ ފްރެންކޮއިސް ބުރްގަޓް ބުނެފައިވެއެވެ.

ޗާލީ ހެބްޑޯ އަކީ އަހަރެމެންގެ މާތް ނަބިއްޔާ މުހައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ އަށް ކުޑައިމީސްކޮށް ކާޓޫން ކުރެހުމަށްވެސް މަޝްހޫރު މަޖައްލާއެކެވެ.

ތުރުކީ އަށް ބާރުގަދަ ދެ ބިންހެލުން އައިތާ ދެ ދުވަސް ވީއިރުވެސް، ބިމާއި ހަމަވެފައިވާ އިމާރާތްތަކުގެ ތެރެއިން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާއިރު، މިހާތަނަށް ތުރުކީން މަރުވި މީހުންގެ އަދަދު ވަނީ 5894 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ކަލޭމެންގެ ޖާހިލުކަން ދެކެބަލަ ޔާ ﷲ މިނުލަފާ މީހުންތަށް ނެތިކުރައްވާށި އާމީން

    31
    2
    • އެދުރުބެ

      ތުރުކީއަށްތަ ތިދުއާކުރީ؟

      2
      2
    • އަސްލުވެސް

      އާމީން

      4
      1
  2. ސަރުދާރު ދޮންބެ

    ޗާލީ ހެބްޑޯ. އަހަރެެމެންގެ ދީން އަހަރެެމެންނަށް ދަސްކޮށްދެނީ ހަނގުރާމައިގެ އަސީރުންނަށްވެސް ހެޔޮކޮށް ކަންތައް ކޮށްދޭން.
    ކަލޭމެންގެ ޑިމޮލްރެސީ ދީން ކަލޭމެންނަށް އެންމެ ކުޑަމިނުން އިންސާނިއްޔަތު ކަންވެސް ދަސްކޮށް ނުދާތަ؟

    ވަލުޖަނަވާރުވެސް ހާލުގައި ޖެހިފައިވާ ޖަނަވާރުންނަށް އެހީތެރިވެވޭތޯ ބަލާ. ކަލޭމެންގެ ހުރި ޖާހިލުކަމާ ބޮޑާކަމާ ނޭއްގާނީަކަމާއޭ!

    19
    1