ސްރީ ލަންކާގެ ކުރުނެގަލާ ލޭކް ޑްރައިވް ސަރަހައްދުގައި ރޭ ހިނގި ޓުކްޓުކް އެކްސިޑެންޓެއްގައި ނުވަ މަހުގެ ތުއްތު ކުއްޖަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ޔަންތަމްޕަލާވާއިން ބަމުނުގޭޑެރާއަށް ދަތުރުކުރަމުންދިޔަ ތިން ފުރޮޅުލީ އެ އުޅަނދު ކަރަންޓް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓް ހިނގާފައި ވަނީ ޑްރައިވަރުގެ ކޮންޓްރޯލް ގެއްލިގެންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ޓުކްޓުކް ދުއްވަން އިން ޑްރައިވަރާއި ވެހިކަލްގައި ތިބި އިތުރު ހަތަރު ފަސިންޖަރުން ވަނީ ކުރުނެގަލާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.

ފުލުހުން ބުނިގޮތުގައި ފަރުވާ ދެމުން ދަނިކޮށް އުމުރުން 9 މަހުގެ ކުއްޖާ ވަނީ މަރުވެފައެވެ.

ކުރުނެގަލާ ފުލުހުން ދަނީ މި ހާދިސާއާ ގުޅިގެން އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކުރުނެގަލާ ފުލުހުން ދަނީ މި ހާދިސާއާ ގުޅިގެން އިތުރަށް ތަހުގީގު ކުރަމުންނެވެ.

ލަންކާގައި ދޭތެރެ ދޭތެރެއިން އެކްސިޑެންޓްތައް ހިނގައެވެ. އަދި މިގޮތަށް ހިނގާ އެކްސިޑެންޓްތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލިފައި ވެއެވެ.