ސައުދީ އަރަބިއްޔާގެ ދައުލަތް ގާއިމު ކުރެވުނު އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ އުފާފާޅު ކުރުން ތަކުގައި، އަލް ނަސްރުގެ އެހެން ކުޅުންތެރިންނާއި އެކު، ސައުދީގެ ސަގާފީ ހެދުމުގައި ކްރިސްޓިއާނޯ ރޮނާލްޑޯވެސް ބައިވެރި ވެއްޖެއެވެ.

38 އަހަރުގެ ރޮނާލްޑޯ ވަނީ، އޭނާ ޓީމުގެ ކުޅުންތެރިންނާއި އެކު އުފާ ފާޅުކުރާ މަންޒަރު ފެންނަ ވީޑިއޯ އެއްވެސް ޓްވިޓާގައި ހިއްސާ ކޮށްފައެވެ. އަދި ވީޑިއޯގެ ކެޕްޝަންގައި އަހަރީ ދުވަހުގެ ހެޔޮ އެދުންތައް ފާޅުކޮށްފައި ވާއިރު، މި އުފާ ފާޅުކުރުން ތަކުގައި ބައިވެރިވެވުމަކީ ވަރަށް ހާއްސަ ތަޖުރިބާއެއް ކަމަށްވެސް ރޮނާލްޑޯ ބުނެފައި ވެއެވެ.

ސައުދީ އަރަބިއްޔާގެ ފައުންޑިންގް ދުވަސް ފާހަގަ ކުރަނީ، 1727 ވަނަ އަހަރު އިމާމް މުހައްމަދު ބިން ސައުދު، ސައުދީގެ ދައުލަތް ގާއިމް ކުރުމުގެ ހަނދާން އާކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. މިދިޔަ އަހަރު ރަސްގެފާނު ސަލްމާނުގެ ޝާހީ އަމުރުފުޅުގެ ދަށުން އެ ދުވަސް ވަނީ ގައުމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

މި އުފާ ފާޅުކުރުންތަކުގައި ރޮނާލްޑޯ ހުރީ ސައުދީގެ ސަގާފީ ހެދުމެއް ކަމަށްވާ ދަގްލާ ރޯބް އެއް ލައިގެންނެވެ. އަލް ނަސްރުގެ ކުޅުންތެރިން ނާއިއެކު ފެނިގެން ދިޔަ ރޮނާލްޑޯ، ކޮފީ ބޯ މަންޒަރާއި، ފޮޓޯ އަށް ހުއްޓި ހުންނަ މަންޒަރާއި، އަދި އުފާ ފާޅުކުރުންތަކުގައި ބޭނުންކުރާ ކަނޑިއެއް ހިފައިގެން ނަށާ މަންޒަރު ފެނެއެވެ.

އެއް ފޮޓޯ ގައި ފެންނަނީ، ރަން ކުލައިގެ ކުރެހުން އެޅި ދަގްލާ އެއްގައި ސީދާ ކެމެރާ އަށް ބަލަހައްޓައިގެން ރޮނާލްޑޯ ހުންނަ މަންޒަރެވެ.

ދަގްލާ އަކީ ސައުދީގެ ގައުމީ ހެދުމެވެ. އަދި އެއީ ސައުދީގެ އެކި ހިސާބުތަކުގައި ފިިރިހެނުން ލައި އުޅޭ ހެދުމެކެވެ. ރޮނާލްޑޯ ވަނީ އަރަބިންގެ ސަގާފީ ހުދު ކުރުތާ ވެސް ލާފައެވެ.

އުފާ ފާޅުކުރުންތަކުގެ ތެރެއިން ދެން އެންމެ ފާހަގަ ކޮށްލެވުނީ، "އަރްދާ" ނެށުމުގައި އޭނާ ބައިވެރިވާ ތަނެވެ. އެ ނެށުމަކީ ކަނޑި ހިފައިން، ލަވަ ކިޔަމުން ނަށާ ނެށުމެކެވެ.

ދަނޑުން ބޭރުގެ މި ވަގުތުކޮޅާއި ރޮނާލްޑޯ ގަޔާވެފައި ހުރިކަން ހާމަވެގެން ދިޔައީ އޭނާގެ މޫނުމަތީގައި ހުރިހާ އިރަކު ކުރެހިފައިވީ ހިނިތުންވުމުންނެވެ. ހަރަކާތްތައް ކުރިއަށް ދިޔައިރު ސައުދީގެ ދިދަ އެއް ކަރުގައި އޮޅާލައިގެން ރޮނާލްޑޯ ހުރި މަންޒަރުވެސް ވަނީ ފެނިފައެވެ.

އަލްނަސްރުގައި ފުރަތަމަ ދެ މެޗުގައި ލަނޑެއް ނުޖެހި، ރޮނާލްޑޯގެ ފެށުން އެހާ ރަނގަޅު ނުވި ނަމަވެސް، އޭގެ ފަހުން ރޮނާލްޑޯ ވަނީ ލީގުގައި މިހާތަނަށް 5 ގޯލު ކާމިޔާބު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސަރީ

    ހާޒާ ކުއްލު ކުއްލު..

    16
  2. މުޙައްމަދު ދީދީ

    ޔާﷲ. ރޮނާލްޑޯއަށް އިސްލާމްދީނަށް ހިދާޔަތު ދައްކަވާންދޭވެ.

    100
    4
  3. ޕިންކީސް

    ރޮނާލްޑޯ އިސްލާމްވާނެ ދުވަހެއްގެ އިންތިޒާރުގާ ހުރީމެވެ.

    24
    3
  4. Anonymous

    ރޮނާލްޑޯ އަކީ ދުނިޔެއިން އެއް ވަނަ

    16
    6
  5. ހެޔޮއެދޭ އެކުވެރިޔާ

    އިންޝާ ﷲ ރޮނާލްޑޯ ސައުދީ އަރަބިއްޔާގެ އަލް ނަސްރު ކުލަބުން ނުކުތުމުގެ ކުރިން އިސްލާމީ ހިދާޔާތު ދައްކަވާށި...

    37
    2
  6. ކިޔު

    اللهم اهده إلى الإسلام. އިސްލާމްދީނުގެ މަގަށް އޭނައަށްހިދާޔަތަ ދެއްވާނދޭވެ.

    13
    2
  7. ޖުހާ.

    ޢަރަބިން އަދިވެސް ކަނޑި ހިފައިގެން. ތިކަމުންވެސް އެނގެނީ ނާތަހުޒީބުކަން. ޖާހިލިއްޔަ ޒަމާނުގެ އާދަކާދަ ދިރުވުމުގަ.

    3
    12
  8. ރޫހް

    ކަނޑިޔަކީ ސަޅިއެއްޗެއް. މުސްލިމުންނައް ބާރު ލިބުމުގައި ކަނޑިއަދާކުރި ދައުރު ހިތުން ފިލައިގެން ނުދާނެ. ޖުހާ މެން ތަހުޒިބު ވެގެން ފަރަންޖީން އުޅޭހެން އުޅެ އެވެރިން އެއްކޮށް ޖަހަންނަމައަށް ދާންތިބޭ

    3
    2