ރަޝިއާއިން ޔުކްރޭނާއި ދެކޮޅަށް ހަނގުރާމަ ފެށިތާ މިއަދަށް އަހަރެއްވާއިރު، ޔުކްރޭނުން ސިފައިން ބޭލުމަށް ރަޝިއާއަށް ގޮވާލައި، އދ ގެ ޖެނެރަލް އެސެމްލީން ގަރާރެއް ފާސްކޮށްފިއެވެ.

މި ގަރާރުގައި ވަނީ އިންސާފުވެރި، އަދި ދިގު ދެމިގެންދާ ސުލްހައަކަށް ގޮވާލާފައެވެ. އެފަދަ ސުލްހައަކުން ބައިނަލް އަގުވާމީ ސުލްހަ މަސަލަސްކަމާއި، ސަލާމަތާއި ރައްކާތެރިކަން ވަރުގަދަ ވެގެންދާނެ ކަމަށް ގަރާރުގައި ބުނެފައިވެއެވެ. އަދި ޔުކްރޭނުގެ މިނިވަންކަމާއި، އަގައުމުގެ ސަރަހައްދީ ބާރުވެރިކަން ދަމަހައްޓަންވެސް ގަރާރުގައި ވަނީ ގޮވާލާފައެވެ.

ރާއްޖެ ހިމެނޭހެން 141 ގައުމުން ވޯޓު ދީފައިވަނީ މި ގަރާރާއި އެއްކޮޅަށެވެ.

އަދި ރަޝިއާ ހިމެނޭހެން 7 ގައުމުން ވޯޓު ލާފައި ވަނީ މި ގަރާރާއި ދެކޮޅަށެވެ. އޭގެ ތެރޭގައި ހިމެނެނީ އުތުރު ކޮރެއާ، ބެލަރޫސް، ސީރިއާ، އެރިޓްރިއާ، ނިކަރާގުއާ އަދި މާލީއެވެ.

އަދި ބާކީ 32 ގައުމުން އެއްވެސް ކޮޅަކަށް ވޯޓުލާފައެއް ނުވެއެވެ. ވޯޓުގައި ބައިވެރިވެފައި ނުވާ ގައުމުތަކުގެ ތެރޭގައި ޗައިނާ، އިރާން، އިންޑިއާ، ޕާކިސްތާން، ސްރީ ލަންކާ އަދި ބަންގްލަދޭޝް ހިމެނެއެވެ.

ޔުކްރޭނުގެ ހާރިޖީ ވަޒީރު ޑްމީޓްރޯ ކުލޭބާ ވަނީ މި ގަރާރަށް މަރުހަބާ ވިދާޅުވެފައެވެ. ކުލޭބާ ވިދާޅުވީ މި ގަރާރުގެ ސަބަބުން ގައުމުތަކުން ތިބީ ކޮންފަރާތެއްގައި ކަން އެނގިގެންދާ ކަމަށެވެ. އަދި ގަރާރުތަކުން އެއްވެސް އަސަރެއް ނުކުރާނަމަ، ރަޝިއާއިން އެފަދަ ގަރާރުތަކާއި އެވަރަށް ދެކޮޅު ނުހަދާނެ ކަމަށްވެސް ކުލޭބާ ބުނެފައިވެއެވެ.

ޔުކްރޭނުގެ ރައީސް ވޮލޮޑްމީރް ޒެލެންސްކީ ވިދާޅުވެފައި ވަނީ އެ ގަރާރަކީ ޔުކްރޭނަށް އޮތް ބައިނަލްއަގުވާމީ ތާއީދު ހާމަކޮށްދޭ ވަރުގަދަ ސިގްނަލެއް ކަމަށެވެ.

ރަޝިއާގެ ރައީސް ލަޑިމިއަރ ޕޫޓިން މި ހަނގުރާމަ ފެއްޓިވިތާ އަހަރު ދުވަސް ވެފައިވާއިރު، މި ހަނގުރާމައިގެ ސަބަބުން އެތައް ހާސް މީހުންނެއް މަރުވެ، އެތައް މިލިއަން މީހުންނަކަށް ގެދޮރު ދޫކޮށް ދާން ޖެހި، އަދި ހަކަތަ އާއި ކާނާގެ ބައިނަލްއަގުވާމީ ކާރިސާއެއްވެސް ދުނިޔެއަށް ވަނީ ކުރިމަތިވެފައެވެ.

ރަޝިއާއިން ބުނެފައިވަނީ މި ގަރާރަކީ އެއްކޮޅަށް ބުރަވެފައިވާ ގަރާރެއް ކަމަށެވެ. އަދި ރަޝިއާއަށް ވާގިވެރިވާ ބެލަރޫސް އިން ވަނީ، ހަނގުރާމަ ކުރަމުންދާ ފަރާތްތަކަށް ހަތިޔާރު ފޯރުކޮށްދީގެން ހަނގުރާމަ ފުޅާ ކުރުމާއި ދެކޮޅަށްވެސް ގަރާރުގައި މާއްދާއެއް ހިމެނުމަށް ގޮވާލާފައެވެ.

ހަތިޔާރު ފޯރުކޮށްދީގެން ސުލްހަ ނުހޯދޭނެކަމުގެ ހެކިތައް މިހާރުވެސް ފެންނަމުންދާ ކަމަށާއި، އެކަމުން ހަނގުރާމަ އިތުރަށް ފުޅާވެގެންދާނީ ކަމުގައި ބައްދަލުވުމުގައި ޗައިނާއިންވެސް ވަނީ ބުނެފައެވެ.

އެންމެ ފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު، ޔުކްރޭނުގެ 4 ސަރަހައްދު ރަޝިއާއިން އަމިއްލަ ކުރުމާއި ދެކޮޅަށް، އދ ގެ ޖެނެރަލް އެސެމްބްލީން ނެގި ވޯޓުގައި، ގަރާރާއި އެއްކޮޅަށް 143 ގައުމުން ވޯޓުލާފައި ވާއިރު، އިދިކޮޅަށް ވޯޓުލީ ރަޝިއާ ހިމެނޭހެން 5 ގައުމުންނެވެ. އަދި 35 ގައުމުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހަރާމްކޯރު

    ޔުކްރޭން ގެ ރައީސް ކަނޑުކޮސް ބޮޑު ވަގު ފައިބަންވީއޭ ދެން އެމެރިކާގެ ރައީސް ބައިޑަނޭ ބޮޑު ވަގު ވެސް ޔުކްރެން ގެ ތެރެއަށް ބޭނިގެން އެބަދަވި ނޫޅެންވީއޭ ރަޝިއާ އިން ކަން ކުރަނީ ރަނގަޅަށޭ ރަޝިއާ މޮޅުވާތީވެ އެމެރިކާގެ ރައީސް ބައިޑަނޭ ދެފައިދަނޑި އަށް ރެވޭތީވެ ދެން ތެޅި ފޮޅެނީއޭ ޝާހިދު ފަދަ ބޮޑު ވަގަކު ފޮރިނޭ އަކަށް ހުރެގެން ރަޝިއާ އާއި ދެކޮޅަށް ވޯޓް ދިނުން އެއީ އެ ބޮޑު ވަގު އެމެރިކާ އަތުން ކަޓް ކާލައިގެން އެ ބަދަވި މިވަތަން އަށް ވާ ހަރާމްކޯރެކޭ އެއީ ހަރާމްކޯރު ބަތާހަރާމީ އެކޭ ހަރާމްކޯރު ބަތާހަރާމީ އެކޭ ހަރާމްކޯރު ބަތާހަރާމީ އެކޭ ހަރާމްކޯރު ބަތާހަރާމީ އެކޭ ހަރާމްކޯރު ބަތާހަރާމީ އެކޭ ހަރާމްކޯރު ބަތާހަރާމީ އެކޭ ހަރާމްކޯރު ބަތާހަރާމީ އެކޭ ހަރާމްކޯރު ބަތާހަރާމީ އެކޭ ހަރާމްކޯރު ބަތާހަރާމީ އެކޭ ހަރާމްކޯރު ބަތާހަރާމީ އެކޭ ހަރާމްކޯރު ބަތާހަރާމީ އެކޭ ހަރާމްކޯރު ބަތާހަރާމީ އެކޭ ހަރާމްކޯރު ބަތާހަރާމީ އެކޭ ހަރާމްކޯރު ބަތާހަރާމީ އެކޭ ހަރާމްކޯރު ބަތާހަރާމީ އެކޭ ހަރާމްކޯރު ބަތާހަރާމީ އެކޭ ހަރާމްކޯރު ބަތާހަރާމީ އެކޭ ހަރާމްކޯރު ބަތާހަރާމީ އެކޭ ހަރާމްކޯރު ބަތާހަރާމީ އެކޭ ހަރާމްކޯރު ބަތާހަރާމީ އެކޭ

    21
    3
  2. ހުސޭނުބޭ

    ފިތިފައި ތިބި މީހުން ގިނައީ

    21
    2
  3. ސަފީރު

    ލަދެއް ނެތެއްނު، މިހާރުވެސް އެންމެ ގިނައިން ފަތުރުވެރިން މި އަންނަނީ ރަޝިޔާއިން، މި ސަރުކާރުގެ ބޮޑުބޭބެ އިންޑިޔާ އެ އޮތީ ވަކިކޮޅަކަށް ނާރާ. ޢދ އިން ފަލަސްތީނު ބިމުގައި ތިބި ޔަހޫދީން ބާލަން ގަރާރެއް ފާސްނުކުރަނީ ކީއްވެ. ޢަދި ކުރިޔަސް މި ގައުމުގަ ވެރިކަމުގަ މިތިބަ މުނާފިގުން ދޭނީ ފަލަސްތީނާއި ދެކޮޅަށްކަމާއިމެދު ޝައްކެއްނެތް

    37
    2
  4. ތަބްރޭސް

    ބޮލުގެ އެއްޗެހި ހަދާކަށް ނޭނގޭނެ. އިންޑިއާ ޗައިނާއިން ވޯޓުގައި ބައިވެރިނުވިއިރު ރާއްޖެ މީ އެންމެންގެ ތައްޕަހުން އުޅޭގައުމަކަށް ވާިއރު ބައިވެރިނުވިނަމަ މާ ތާހިރުވީހެއްނު. ރަަޝިޔާ ތޫރިސްޓުން އެންމެގިނައިން މިރަނަށް އައިސް ލާރި އަޅަނީ މިހާރުވެސް. ޔޫކުރޭނު މިނިވަންވިޔަސް އަހަރެމެންނަކަށް ވާނެފައިދާއެއްނެތް. ތިޔަ ވޯޓުގައި ފުރަތަމަ އިޒުރޭލުން ފަލަސްތީނުގެ ބިންތަކުން ފައިބަން ދިވެހިގައުމުން ޔޮވާލިނަމަ މާ ގަދަވީސް.

    53
    3
  5. ބޮލުގާ ރިއްސާ

    މޮޔަ މީހުން މަތީމަގާމުތަކުގަ ތިބޭ ދިވެހި ރާއްޖެ... ކޮޅަކަށް ވޯޓު ނުދިނިއްޔާ ކީއްތަ ވާނީ... ތި ވޯޓު ލީމީހަކު 80 އެތިފަހަރުން ހައްދު ޖަހަން ގޮވާލަން..

    40
    2
  6. އާދަނާ

    މިރާއްޖެއިން އަބަދުވެސް ވޯޓްދޭނޭ ކަނޑުކޮސްފަޅިއަށް، ވަކިކޮޅަކަށް ވޯޓްދޭކަށްްނުޖެހޭތީގަ، ސަބަބަކީ އެމެރިކާ އިސްވެއޮވެ ހުރިހާމުސްލިމްގައުމަކަށް ހަމަލާދީ ސުންނާފަތިކުރީ ތިޔަހުރިހާ ގައުމެއްގެ ތާއިދާއެއްކޮށް ކަމަށްވާތީ، އެމެރިކާ އިނގިރޭސިވިލާތް އެއްކޮޅުގެތިބެގެން ހަމަލާދިނީ އެމީހުންނާ މާދުރުގަ ނުވެސަބެހެވޭ ގައުމުތަކަށް، އެއީ އެމެރިކާ ބުނަހާގޮތަކަށް ނަހަދާއިސްލާމީ ގައުމުތަކަށްވާތީ، އެމެރިކާއި ޔަހޫދީ އެއްވެސް ގައުމަކަށް ހަމަލާއެއްނުދޭ، ވީމާ މިސަރުކާރަކަށް މަށެއްވޯޓެއްނުދޭނަން ކޮސްކަންތައްކުރާތީ!

    28
    1
  7. މޮޔަބޭ

    މާ ފުއްޕުންއަރައިގެން ކޮންސަކަރާތެއްޖަހާކަށް ރާއްޖެ ތި ގަރާރުގައި ބައިވެރިވިއްޔާ ނުވިއްޔާ ރަޝިއާ ހިތައް ކެހެކޭވެސް ހިއެއްނުވާނެ 2 ފޫޓު ހަމަ ނުވެގެން އުޅޭ ގައުމެއް ރަޝިއާ ކައިރީގައި ގަދަވާއިރު ސައިޒުބަލާބަލަ

    25
    1
  8. ފަސީހު

    ރަޝިޔާ ޓުއަރިސްޓުން ރާއްޖެއަށް އައުން މަނާ ކުރަންދެން ކަލޭމެން ތިކަން ކުރާށެވެ. އޭރު އެއޮތީ ގައުމަށް ވަފާތެރިވެވިފަ. ދެން ވޯޓު ހޯދަން ނާންނާތި.

    21
    1
  9. ފަލާޙް

    މީ ރައްޔިތުންނަށް ވީ ޚިޔާނާތެއް

    21
    1
  10. Anonymous

    މިސަރަހައްދުގެ ގައުމުތަކުން ވަކިއަތަކަށް ނުޖެހެންވެގެން ވޯޓްގައި ވަކިކޮޅަކަށް ވޯޓްނުދީ ހަނުތިބީ. ނަމަވެސް ރާއްޖެފަދަ އަމިއްލަ ފުދުންތެރި ނިއުކުލިއަރ ބާރެއް އަދި ވީޓޯ ކުރުމުގެ ބާރެއް ޖެހިލުމެއް ނުވާނެ ބޭނުން ގައުމަކަށް ވޯޓް ދޭކަށް.

    • ޖުހާ.

      ރާއްޖެއަކީ ދުނިޔޭގެ ސުޕަޕަވަރު. އެއްވެސް ގައުމަކުން ގެސްޓަކު ނަޔަސް ރާއްޖެއަށް ހީނުވާނެ ކެހެރިއެކޭވެސް. ރަސިއާ އަދި ޗައިނާ އާއި އެމެރިކާފަދަ ބޮޑެތި ގައުމުތައް އެތިބެނީ ރާއްޖެދެކެ ބިރުން ފިއްކެނޑިފަ. އެހެންވީމަ އެމީހުން ވޯޓުލާއިރުވެސް ވިސްނައެއްނުލާނެ. އިޒްރޭލަށް ދައުލަތެއްގެ ހައިސިއްޔަތު ދިނުމަށް ޔޫއެންގަ ނެގި ވޯޓުގަވެސް ރާއްޖެއިން ވޯޓުދިނީ އިޒުރޭލާއި އެއްކޮޅަށް.