އެންމެ ދުވަހެއްގެ ތެރޭގައި މުޅި ދުނިޔެ ސުންނާފަތި ކޮށްލެވޭނެ ވަރުގެ ގާބިލްކަން ޗައިނާ އިން ހޯދައިފި ކަމަށް ޗައިނާގެ ދައުލަތުގެ ޚަބަރުތައް ގެނެސްދޭ އޮންލައިން ނޫހެއް ކަމަށްވާ "ޗައިނާ ޑެއިލީ" އިން ބުނެފިއެވެ.

ޗައިނާ އިން މިގާބިލްކަން ހޯދީ މިމަހުގެ 03 ވަނަ ދުވަހު ހައިޕާސޮނިކް އެއާކްރާފްޓެއް ކާމިޔާބު ކަމާއި އެކު ޓެސްޓް ކޮށްގެންނެވެ. މިއީ ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލްކަން ލިބިފައިވާ، އަޑަށް ވުރެ ހަގުނަ ބާރަށް ދަތުރު ކުރާނެ އެއާކްރާފްޓެކެވެ.

"ސްޓާރީ ސްކައި-2" ނަމަކަށް ކިޔާ އެއާކްރާފްޓް ޗައިނާ އިން ދުނިޔޭގެ ކޮންމެ ހިސާބަކަށް ވެސް އެންމެ ދުވަހެއްގެ ތެރޭގައި ދަތުރުކޮށް ނިންމާލާނެއެވެ. މިއީ މިސައިލް ޑިފެންސް ސިސްޓަމްތަކަށް ހަމަލާ ދެވޭނެ ހަތިޔާރު ވެސް ހަރުކޮށްފައިވާ އެއާކްރާފްޓެކެވެ.

އެއާކްރާފްޓް އުފައްދާފައި ވަނީ ބެއިޖިން ގައި ހުންނަ ޗައިނާ އެކަޑަމީ އޮފް އެއިރޯސްޕޭސް އެއިރޯޑައިނަމިކް އިންނެވެ. މިއެއާކްރާފްޓް ދަތުރުކޮށްފައި ދާނީ ތީރެއް ދަތުރުކޮށްފައިދާ ގޮތަށެވެ.

އެއާކްރާފްޓް ކާމިޔާބު ކަމާއި އެކު ޓެސްޓް ކުރެވުނު ނަމަވެސް މިއީ އަދި ހަނގުރާމަތަކުގައި ބޭނުން ކުރަން އެއާކްރާފްޓް ތައްޔާރުވީ ނޫންކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ހަނގުރާމައިގެ މައިދާނަށް އެއާކްރާފްޓް ނެރޭނީ އިތުރު ޓެސްޓްތަކެއް ކުރުމަށް ފަހު އެވެ.

މޮޅު ހަތިޔާރުތައް އުފެދުމުގައި ދުނިޔޭގެ ބޮޑެތި ބާރުތައް އެއްގައުމު އަނެއްގައުމާއި ވާދަކުރަމުން ދާއިރު ރަޝިއާގެ ރައީސް މިދިޔަ މާޗް މަހު ވިދާޅުވެފައި ވަނީ ރަޝިއާ އިން ވެސް ހައިޕާސޮނިކް ހަތިޔާރެއް ތައްޔާރުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެހަތިޔާރު 2020 ވަނަ އަހަރާއި ހަމައަށް ދާއިރު އުފެއްދޭނެ ކަމަށް ޕޫޓިން ވަނީ ވިދާޅުވެއެވެ.

އެމެރިކާ އިން ވެސް ދަނީ ހައިޕާސޮނިކް ހަތިޔާރު އުފެދުމަށް 100 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢުއެއް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަލީ ރަމީޒް

    ދުނިޏެ އުފެއްދެވުމާ ހަލާކުކުރެއްވުމުގެ ބާރު ލިބިގެންވަނީ ޚާލިޤުވަންތަ މާތްﷲ އަށް! ޗައިނާ އަކަށްނޫން! ތީ މުސްލިމުން މަރާ ޤަޢުމެއް!

  2. އަހުމަދު

    ހަމަކަށަވަރުން، كافر ވި މީހުން، اللَّه ގެ މަގުން މީސްތަކުން ދުރުކުރުމަށް، އެއުރެންގެ މުދާތައް ހޭދަކުރެތެވެ. ފަހެ، އެއުރެން އެތަކެތި ހޭދަކުރަމުން ގެންދާނެތެވެ. ދެން އެ މުދާތައް، އެއުރެންގެ މައްޗަށް ހުރި ހިތާމަޔަކަށް ވެގެންދާނެތެވެ. ދެން އެއުރެން ބަލިކުރައްވާނެތެވެ. އަދި كافر ވިމީހުން ނަރަކައަށް ޖަމާކުރައްވާނެތެވެ.

    • ކީކޭ

      ދެން ކީކޭތަ ކިޔަން ތިއުޅެނީ؟

      • އަހުމަދު

        މަ އެއްޗެއްކިޔަން އެބައުޅެންތަ؟ ހުރިހާ އެއްޗެއް ވަހީކުރައްވާފައި އެވަނީ ﷲ ތަޢާލާ. އެ އާޔަތުގެ ތަފްސީރު އަމިއްލައަށް ބަލާލާ ޖަވާބު މަންޒަރެއްހެން ފެންނާނެ މި އާރޓިކަލްއާ ގުޅޭނެހެން. އެކަމު ތިބާއީ ﷲ އަށް ތަޤުވާވެރިވާ މީހެއްނަމަ އެކަނި.

      • އަބޫބޫ

        ކަލޭގެ ވިސްނުމެއްނެތް ނުކުޅެދޭ ސިކުނޑިއޭ ކިޔަން މި އުޅެނީ..

  3. ފަޤީރު ކަލޯ!

    ދުނިޔެ ހައްދަވައި، ދުނިޔެއަށް ބޭނުންވާ ހުރިހައި އެއްޗެއް ދުނިޔޭގައި ލައްވަވައި އިންސާނާ ދުނިޔޭގައި ޚަލީފާއެއްކަމުގައި ލައްވައި ދުނިޔެ އާއި ދުނިޔޭގައި ވާހައި އެއްޗެއް އިންސާނާއަށް ކިޔަމަން ކޮށްދެއްވީ ކީރިތި ވަންތަ މާތްﷲ އެވެ. އިންސާނާއަށް އޮތީ ދުނިޔެ އާރާސްތުކުރުމެވެ. ދުނިޔެ ހަލާކު ކުރުމެއް ނޫނެވެ. އިންސާނާ އަށް އޮތީ ދެމަގެވެ. އެއީ ސާފުސީދާ މަގަކާއި، ސާފުކަމެއް ނެތް ހަލާކުގެ މަގެކެވެ. އާޚްރަތް އޮތްކަން ދަނެގެން ދުނިޔޭގައި އުޅޭ މީހާ ދުނިޔެ ހޭދަކުރާނީ އޭނާއަށް ވީވަރަކުން ރަގަޅުމަގު ޚިޔާރު ކުރުމުގައެވެ. އާޚްރަތް ޤަބޫލު ނުކުރާ ބޮޑެތިދުނިޔާދާރުންނަކީ، ދުނިޔެ އާރާސްތު ކުރުމެއްނެތި ދުނިޔެ މުށުތެރެއަށް ލާން މަސައްކަތް ކުރާ އަނިޔާވެރިންނެވެ. އެމީހުން އެއްބަޔަކު އަނެއްބަޔަކުގެ އަތުން ދުނިޔެ ދަމައި ގަތުމަށް ހަލާކުގެ ގޮތްތައް އަބަދުވެސް ރާވަމުން ގެންދާނެއެވެ. ދެރަ ހިތާމަ ހުރިކަމަކީ މުސްލިމުން އެދަލުގައި ޖެހޭކަމެވެ. އާޚްރަތައް ދެވެންދެން އިންސާނާ ދިރިއުޅެން ދީފައިވާ ދުނިޔެ އިންސާނާގެ އަތުން ހަލާކު ކޮށްލާފައި މިވަނީ ދުނިޔޭގެ އެދުމުގައެވެ. އާޚްރަތުގެ އެދުމުގައި މަސައްކަތް ކުރިނަމަ ނުބައި ވިހަތަކާއި ކެމިކަލްތަކުން ދުނިޔެ ހަލާކެއް ނުކުރީހެވެ. ޑަޒަން ޑަޒަނުން މީހުން މަރައި އުކަމުން ދިރިހުއްޓައި ވަޅުލަމަކުން ނުގެންދިޔައީހެވެ. ކާފަރުން އެދޭ މިންވަރަށް ﷲ އެމީހުންނަށް ދުނިޔެ ދެއްވާނެއެވެ. ދުނިޔެއަކީ މުސްލިމުންގެ ހުރަގެއެވެ. ކާފަރުންގެ ސުވަރުގެ އެވެ. އެބުނަނީ އެހެން ވެގެންނެވެ.