ބުރުގާ ނާޅާ އަންހެނުންނަށް ފިއްތުންތައް ކުރިމަތި ކުރަމުން އަންނަ އީރާންގައި ބުރުގާ ނާޅާ ތިބި ދެއަންހެނެއްގެ ބޮލަށް ފިރިހެެނަކު ޔޯގަޓް ޖެހުމުން އެކަން ދުނިޔޭގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

ފިހާރައެއްގެ ތެރޭގައި ބުރުގާ ނާޅައި ތިބި ދެއަންހެނެއްގެ ބޮލަށް ފިރިހެނަކު ފިހާރަތެރޭގައި ހުރި ޔޯގަޓްތަކެއް ޖަހަނީ އެމީހުން ބުރުގާ ނާޅައި ތިބުމުން އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށް އަޑުގަދަ ކުރުމަށް ފަހުއެވެ. އީރާންގެ ގާނޫނު ބުނާ ގޮތުން އަންހެނުން ބޯ ނިވާ ނުކޮށް މަގުމައްޗަށް ނިކުމެ އުޅުމަކީ މަނާ ކަމެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބުރުގާ ނާޅައި ފިހާރައަކަށް ގޮސް ތިބީ މަންމަ އަކާއި އޭނާގެ ދަރިފުޅެވެ. ބުރުގާ ނާޅައި އާއްމުތަނަކަށް ނިކުތް މައްސަލައިގައި މިހާރު އެދެމައިން ހައްޔަރު ކޮށްފައިވާ ކަމަށް އީރާންގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެމީހުން ހައްޔަރު ކުރީ އެމީހުންގެ ބޮލަށް މީހަކު ޔޯގަޓް ޖެހިތާ އިރުގަނޑެއް ފަހުން ކޯޓު އަމުރެއްގެ ދަށުންނެވެ.

ބުރުގާ ނާޅައި ތިބި ދެއަންހެނުން ހައްޔަރު ކުރުމުގެ އިތުރުން އެމީހުންގެ ގަޔަށް ޔޯގަޓް ޖެހި ފިރިހެން މީހާ ވެސް މިހާރު ހައްޔަރު ކޮށްފައިވާ ކަމަށް އީރާންގެ މަސްދަރުތަކާއި ހަވާލާދީ އަލްޖަޒީރާ އިން ބުނެއެވެ.

ބުރުގާ ނާޅައި ތިބި ދެއަންހެނުންގެ ބޮލަށް ޔޯގަޓް ޖެހި މަންޒަރު ފެންނަ ވީޑިއޯ ވައިރަލް ވުމުން އަނެއްކާވެސް އީރާންގެ ސަރުކާރަށް ވަނީ ފާޑިޔުންތައް އިތުރުވެފައެވެ. ނަމަވެސް އީރާންގެ ރައީސް އިބްރާހިމް ރައިސީ ވަނީ ޔޯގަޓް ޖެހުން ދިފާއުކޮށް ވާހަކަ ދައްކާފައެވެ. އޭނާ ވިދާޅުވީ ބުރުގާ އެޅުން އެއީ އީރާންގައި މަޖުބޫރު ކަމެއް ކަމަށާއި އެހެންކަމުން ހުރިހާ އެންމެން ވެސް އެގާނޫނަށް ކިޔަމަންވާން ޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާދަނާ

    މިކަހަލުގެ ކެރޭ ދީނީކަންކަމަށް އަހްމިޔަތުދޭ ސަރުކާރެއް މިރާއްޖެއަށްބޭނުންވަނީ، ލާދީނީ ފަތުރަން އުޅޭ ހުޅަގުގެ ޕަޕެޓުންނަށް ނޫނެކޭބުނަންވީ!

    19
    3