ނާސާ އިން އިންސާނުން ހަނދަށް ފޮނުވިތާ 50 އަހަރު ފަހުން އަނެއްކާވެސް ހަނދަށް އެސްޓްރޮނޯޓުން ފޮނުވަން ނިންމާފައިވާ ނިންމުމުގެ ދަށުން ހަނދަށް ފޮނުވާނެ އެސްޓްރޮނޯޓުންގެ ވަނަވަރު މިއަދު އިއުލާން ކޮށްފިއެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާން ކުރި ގޮތުގައި އާޓެމިސް-2 ނަން ދީފައިވާ މިޝަންގައި ހަނދަށް ދާނީ ތިން ފިރިހެނުންނާއި އަންހެނެކެވެ. މިއީ އެމެރިކާ އިން ހަނދަށް އަންހެނަކު ފޮނުވާ ފުރަތަމަ ފަހަރެވެ. އެޝަރަފު ލިބުނީ 44 އަހަރުގެ ކްރިސްޓީނާ ކޮޗް އަށެވެ. މިޝަންގައި ދެން ބައިވެރިވަނީ 46 އަހަރުގެ ވިކްޓޯ ގްލޮވާ އާއި 47 އަހަރުގެ ރެއިޑް ވިސެމަން އާއި 47 އަހަރުގެ ޖެނެރެމީ ހަންސެން އެވެ. އޭނާ އަކީ ކެނެޑާގެ އެސްޓްރޮނޯޓެކެވެ.

މިހުރިހާ އެސްޓްރޮނޯޓުންނަކީ ވެސް މީގެ ކުރިން އެކިއެކި މިޝަންތަކުގައި ނާސާގެ ފަރާތުން ބައިނަލްއަޤުވާމީ ޖައްވީ އިދާރާ އައިއެސްއެސް އަށް ފޮނުވާފައި ތިބި އެސްޓްރޮނޯޓުންނެވެ.

މި އެސްޓްރޮނޯޓުން ހަނދަށް ދިއުމަށް ފުރާނީ 2024 ވަނަ އަހަރުއެވެ. މިހާރު ރާވާފައި އޮތް ގޮތުގައި އެސްޓްރޮނޯޓުން ހަނދުގެ އޯބިޓްގައި 18 މަސްދުވަސް ހޭދަކުރާނެއެވެ.

މިއީ 1972 ވަނަ އަހަރު ނާސާ އިން ފުރަތަމަ އިންސާނުން ހަނދަށް ފޮނުވި ފަހުން ހަނދުގެ ކަންކަން ދިރާސާ ކުރުމަށް ނާސާ އިން އިންސާނުން ފޮނުވާ ފުރަތަމަ ފަހަރެވެ.

މިދަތުރަށް ނާސާ އިން ތައްޔާރުވަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. މިދިޔަ އަހަރު ނާސާ އިން ވަނީ އާޓެމިސް-01 ނަމަކަށް ކިޔާ މިޝަންއެއްގައި އުޅަނދެއް ހަނދުގެ އޯބިޓަށް ފޮނުވާފައެވެ. އެއުޅަނދު 25 ދުވަސް ވަންދެން ހަނދުގެ ވަށައިގެން ދަތުރު ކުރުމަށްފަހު ރައްކާތެރިކަމާއިއެކު ވަނީ ދުނިޔެއަށް އެނބުރި އައިސްފައެވެ. މިދިޔަ އަހަރު ނާސާ އިން ހަނދަށް އުޅަނދެއް ފޮނުވުމުގެ ބޭނުމަކީ އެއުޅަނދަކީ އިންސާނުން ދަތުރު ކުރުން ރައްކާތެރި އުޅަނދެއްކަން ކަށަވަރު ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    އެހެންވީމާ 1972 މީގެ 50 އަހަރުކުރިން ނާސާ އޮތީ ޓެކްނޮލޮޖީގެ ރޮނގުން މާ ކުރީގައިތާ؟ އޭގެ ފަހުން ޓެކްނޮލޮޖީ 21 ވަނަ ޤަރުނަށް އިރުއެރި އިރުވެސް ދުނިޔޭގެ އެމެރިކާނުން ނޫން ބަޔަކަށް ހަނދަކަށް ނުދެވޭ.
    ރަނގަޅު ޙަޤީޤަތަކީ އެއް އިރަކުވެސް އިންސާނުން ހަނދަކަށް ނުދޭ. އެއީ އެމެރިކާގެ ޑެޠުވެލޭ ސަހަރާގައި އެމީހުން ދުނިޔެއަށް އޮޅުވާލަން ކުޅުނު ބިލިއަން ޑޮލަރުގެ ފިލްމެއް. އެމީހުންގެ ތާރީޚަކީވެސް އޮޅުވާލުމާ މަކަރުހެދުމާއި ފާހިޝް ޢަމަލުތަކާއި ތާކު ހަނގުރާމައެއް ހިނގަންޏާ ސުލްޙަ ޤާއިމްކުރުމުގެ ނަމުގައި ދެފަރާތަށް ހަތިޔާރުވިއްކުން.
    އެއްވެސް އޮކްސިޖަންއެއް ނެތްތާ އަމުދުން ދިދައެއް ޖަހާފާ އެ ދިދަ ވިހުރުވި ވިހުރިވި ހުރުމަކީ ބާލިޢުނުވާ ކުޑަކުއްޖަކުވެސް ޤަބޫލުކުރާނެ ކަމެއް ނޫން.
    އެމީހުން 18 މަސްދުވަހު ޖައްވީ އުޅަނދުގައި ތިބޭއިރު ނިދުމާއި ކެއިންބުއިމާއި ޙާޖާތްތަކާއި ފެންވެރުމާއި އެކޮމޮޑޭޝަންގެ ޚިދުމަތް އޮންނަކީ ކިހިނެއްތޯ ނާސާއާ ސުވާލުކުރަން ވެއްޖެއެއްނުން! އަހަހަޙާ

    • މީސިލްސް

      ނާސާ އިން އެހެން ޕުލެނެޓް ތަކަށް މީހުންނާއި ރޮބޮޓު ފޮނުވަން ކަމަށް ބުނެ ކުރާ ބޭކާރު ޚަރަދުތައް ބޭނުންކޮށްގެން ދުނިޔޭގެ ބަނޑުހައިހޫނުކަން ނައްތާލަން ހޭދަކުރިއްޔާ ކީއް؟ މާސްގައި އޮތް ޖަރާސީމެއް، ނޫނީ ފެނުގެ މޮލިކިއުލެއް ހޯދަން ހޭދަކުރާ އެތައް ޓްރިލިއަން ޑޮލަރަށްވުރެ މިތާ ދުނިޔޭގަ ﷲ ލައްވާފައިވާ އިންސާނުންގެ ބަނޑު މުއްތިކޮށްދިނިއްޔާ ކީއް؟ އަހަރެއްގެ މައްޗަށް ކިތައް ކިތައް މިލިޔަން މީހުން އެއޮށް މަރުވަނީ ބަނޑަށް؟ ނޫނީ ބޯހިޔާވަހިކަން ނެތިގެން؟

  2. ނައިފަރު މީހާ

    4 މީހަކު ހަނދުގައި މިހާރުވެސް އުޅޭ. އިތުރު ބަޔަކު އަޔަސް ބޭރުކޮށްލާނަން. ކާކަށްވެސް ނުދޭނަން.

  3. ގިނި

    ނާސައިން ކުޅެފަ ސީޖީއަިއި ހަދާފަ ދްއކާ ވީޑިއޯތަކުން މީހުންގެ ބޯކައިފި، ފަންޑު ހޯދާށާ އެހެން މަގްސަދު ތަކުގަެި ކުރާހާ ހަގީގަތެއް ނެތް ކަންކަން

    • ޢަހުމަދުވަގާރު

      މި ފޯނުވެސް މީ ސީޖީ

  4. ސާދިޔައްތާ

    އަހަރެމެން މުޅި އުމުރު މިހޭދަކޮއްލަނީ ހަނދުގައި..