ދުނިޔެއާ ދިމާލަށް ބޮޑު ދެ ގިނި ހިލަ ދަތުރު ކުރަމުން އަންނަ ކަމަށާއި އެއިން ދުނިޔެ ސަލާމަތްވާނީ ހަމަ ކިރިޔާ ކަމަށް ނާސާގެ ސައިންސްވެރިން ބުނެފިއެވެ.

ނާސާއިން ބުނާ ގޮތުގައި، ދުނިޔެ ހިމެނޭ އިރަވީ ނިޒާމު (ސޯލާ ސިސްޓަމް)ގެ އެންމެ ދުރުން އުފެދުނު ދެ ކޮމެޓެއް، ދުނިޔެ އާއި ވަރަށް ކައިރިން މިހަފްތާ ތެރޭ ދަތުރު ކުރާނެއެވެ.

ސައިންސްވެރިން ބުނާގޮތުން ދެ ގިނިހިލައިގައި 500 އާއި 850 ދެމެދު ޑައިމީޓަރު ހުންނާނެއެވެ. އަދި ލަފާކުރެވޭ ގޮތުގައި 488453 (1994 XD) ނަމުން ނަންދެވިފައިވާ މި ގިނިހިލަ މިއަދު ދުނިޔެ އާއި ވަރަށް ކައިރިން ދަތުރު ކުރާނެއެވެ.

Asteroid

އަދި ހަމައެއާއެކު މިމަހު 15 ވަނަ ދުވަހު ގިނިހިލަ 2020 DB5 ދުނިޔެ އާއި ވަރަށް ކައިރިން ދަތުރުކުރާނެކަމަށް ލަފާކުރެވޭ ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ. އެހެންކަމުން މި ދެ ގިނިހިލަ އަކީ 150 މީޓަރަށްވުރެ ބޮޑު ގިނިހިލަ ކަމުން ދުނިޔެ އާއި އެހާ ކައިރިން ދަތުރު ކުރުމަކީ ނުރައްކާތެރި ކަމެއް ކަމުގައި ސައިންސްވެރިން ވަނީ ބުނެފައެވެ.

ގިނިހިލަ 488453 (1994 XD)

މި ގިނަހިލަ ދުނިޔެ އާއި ވަރަށް ކައިރިން ގަޑިޔަކު 77,292 ކިލޯމީޓަރަށް މިއަދު ދަތުރުކުރާނެއެވެ. އަދި ދުނިޔެ އާއި 31,62,498 ކިލޯމީޓަރަށް ގިނިހިލަ އަންނާނެ ކަމަށް ސައިންސްވެރިން ބުނެއެވެ. މި ގިނިހިލަ އެންމެ ފަހުން ދުނިޔެއާ ދިމާލަށް ދަތުރުކޮށްފައިވަނީ 27 ނޮވެމްބަރ 2012 ގައެވެ. ސައިންސެވެރިން ލަފާކުރާ ގޮތުން 2030 ވަނަ އަހަރު އަނެއްކާވެސް މި ގިނިހިލަ ދުނިޔެ އާ ދިމާލަށް އަންނާނެއެވެ.

ގިނި ހިލަ (2020 DB5)

މި ގިނިހިލަ ދުނިޔެއާ ދިމާލަށް ގަޑިޔަކު 34,272 ކިލޯމީޓަރަށް ދަތުރުކުރަމުންދާއިރު މިމަހު 15 ވަނަ ދުވަހު ދުނިޔެއާ ވަރަށް ކައިރިން ދަތުރުކުރާނެއެވެ. މިގިނިހިލަ އެންމެ ފަހުން ދުނިޔެ ކައިރިން ދަތުރުކޮށްފައިވަނީ 1995 ވަނަ އަހަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޏނ

    އަވަހަށް ގިނި ހިލަ ގޮއްވާލާ

    4
    1
  2. ދުނިޔެ އުފެދުނީއްސުރެ ތި ގިނަހިލަތައް ހަމަ ތިގޮތަށް ދަތުރުކޮށްލަކޮށްލަ ހުންނާނެ ކަމަށް ލަފާކުރެވެނީ…
    ތިކިޔާ ސައެންސްވެރިންނަކީ ޕްލޫޓޯގަ އުޅޭ ހިނީގެ ފޮޓޯ ސާފުކޮށް ނެގޭ އިރު ހަނދުގެފޮޓޯ ނުނެގޭބައެއް

    12
    • މަރޭ

      ތިޔަ ބުނީ ތެދެއް.ހަނދުގެ ފޮޓޯ ތަކަކީ ގަބޫލު ކުރެވޭ ޒާތުގެ ފޮޓޯތަކެއް ނުން.ބައެއް ފޮޓޯތަކުގަ އުދަރެސް ޖެހިފަ، އަނެއްބައިފޮޓޯތަކުގަ ދިދަ ވިހުރުވޭ، އަނެއްބައި ފޮޓޯ ތަކުގަ ދިދައިގެ ހިޔަންޏާ ކާރީގަ ހުންނަ މީހާގެ ހިޔަނި ދެކޮޅަށް. މިއީ ހައިރާނެއް ކަހަލަ ހަނދެއް.ބޭނުމިއްޔާ ހަދަށް ދެވިދާނެ އެކަމަކު ގިނަ ފޮޓޯތަކަކީ ފޭކު.

  3. ކޮތަރު

    ޢަޒަލުގައި ލިޔުއްވާފައިވާ ދުނިޔޭގެ އުމުރު ހަމަވަންދެން ހަމަކިރިޔަ ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުން ގޮސް ގޮސް ހުންނާނީ ތިޔަ ހުރިހާ ގިނިހިލައެއްވެސް.

    • ނަސީރު

      ތިޔަބުނީ ހަގީގަތުގައި ވެސް ވަރައް ބޮޑު ތެދެއް . ވަގުތު ޖެހުމުން ދުވަހަކުވެސް ދުނިޔެއާއި ކައިރިނުވެ ހުރި ގިނިހިލައެއް އައިސް ދުނިޔޭގައި ގެހި މުޅި ދުނިޔެ ފަނާވެ ނެތިގެން ދާނެ.