ބޮޑު މަތިންދާ ބޯޓެއްގެ ސައިޒުގެ ގިނި ހިލައެއް ބުރާސްފަތި ދުވަހުގައި ދުނިޔެއާއި 4,190,000 ކިލޯމީޓަރު ކައިރިން ދަތުރުކުރާނެ ކަމަށް ނާސާއިން ބުނެފި އެވެ.

އެފްޒެޑް 3 ނަމަކަށް ކިޔާ މި ގިނި ހިލައިގައި 150 ފޫޓް ހުންނާނެއެވެ. އޭތި 67،656 ކިލޯ މީޓަރުގެ ބާރު މިނުގައި ދުނިޔެއާއި ދިމާލަށް އަންނަ ކަމަށެވެ. އެ ގިނި ހިލަ ދަތުރުކުރާނީ ދުނިޔެއާއި 4،190،000 ކިލޯ މީޓަރުގެ ކައިރިން ކަމަށް ނާސާއިން ބުނެ އެވެ.

އޭގެ އިތުރުން އެފްކިއު 7 ނަމަކަށް ކިޔާ ގިނި ހިލައެއްވެސް އެ ދުވަހު ދުނިޔެއާއި ކައިރިން ދަތުރު ކުރާނެ ކަމަށް ނާސާއިން ބުނެފައި ވެއެވެ. އެ ގިނި ހިލައިގައި ހުންނާނީ 65 ފޫޓެވެ. އެއީ ގެއެއް ވަރުގެ ގިނަ ހިލައެއް ކަމަށްވެސް ވެއެވެ. އެ ގިނި ހިލަ ދަތުރުކުރާނީ ދުނިޔެއާއި 3،570،000 ކިލޯ މީޓަރުގެ ކައިރިން ކަމަށް ނާސާއިން ބުނެ އެވެ.

ނާސާއިން ވަނީ މިއަދުގެ ވަގުތެއްގައި ބަހެއް ވަރުގެ ގިނި ހިލައެއް ވެސް ދުނިޔެއާއި ކައިރިން ދާނެ ކަމަށް ބުނެފައެވެ. 35 ފޫޓުގެ އެ ގިނި ހިލަ ދުނިޔެއާއި 5،68،000 ކިލޯމީޓަރު ކައިރިން މިއަދު ދަތުރު ކުރާނެއެވެ.

މީގެ ކުރިންވެސް ދުނިޔެއާއި ވަރަށް ކައިރިން މިފަދަ ބޮޑު ހިލަތައް ދަތުރުކޮށްފައި އެބަ ހުއްޓެވެ.