ޣައްޒާއިން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދީފިއެވެ.

ޣައްޒާއިން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދީފައިވަނީ ލުބުނާނުން އިސްރާއީލަށް ދިން ހަމަލާތަކާއި ގުޅިގެން އިސްރާއީލުން ޣައްޒާއަށް ހަމަލާތަކެއް ދީފައި ވަނިކޮށެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ޣައްޒާއިން ވަނީ އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދީފައެވެ. ނަމަވެސް މި ހަމަލާތަކުގައި އެއްވެސް މީހަކު މަރުވެ، ނުވަތަ އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެއެވެ.

އިސްރާއީލާއި ޣައްޒާއިން ރޮކެޓް ހަމަލާތަކެއް ފޮނުވަމުން އަންނައިރު، ފަލަސްތީނުގެ މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ކުރިއަށް އޮތްތަނުގައި އެފަރާތްތަކުން ދެމުން އަންނަ ހަމަލާތައް އިތުރަށް ވަރުގަދަވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ލުބުނާނުން އިސްރާއީލަށް 34 މިސައިލް ހަމަލާ ދިނުމާއި ގުޅިގެން އިސްރާއީލުން ވަނީ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައެވެ. އެގޮތުން އެފަދަ ހަމަލާތަކުގައި ރައްކާތެރިކަން ހޯދުމަށް ބޭނުން ކުރާ ޝެލްޓަރުތައް ވެސް މިހާރު ވަނީ ހުޅުވާފައެވެ.