ތައިލެންޑްގެ ދެކުނުގައި ބަޑީގެ ހަމަލާތައް ދީ ހަތަރު މީހަކު މަރާލައިފިއެވެ.

އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަތަރު މީހުން މަރާލި މީހާ ހޯދުމުގެ މަސައްކަތް އޮފިސަރުން އަދިވެސް ދަނީ ކުރަމުންނެވެ.

މި ހަމަލާ ދީފައި ވަނީ ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ ދެކުނުން ގާތްގަނޑަކަށް 600 ކިލޯމީޓަރު ދުރުގައި އޮންނަ ސޫރަތު ތާނީ ޕްރޮވިންސްގެ ކީރީ ރަތް ނިޚޮމް ޑިސްޓްރިކްޓްގައި މިއަދު ހަވީރު ރާއްޖެ ގަޑިން 4:00 ޖެހި ހާއިރު އެވެ.

"ހަތަރު މީހުން މަރުވި.". މި ހާދިސާ ގުޅޭގޮތުން އިތުރު ތަފްސީލެއް ދޭން ދެކޮޅު ހައްދަވަމުން ލޯކަލް ހެޑް އޮފް ޕޮލިސް ކްރިއަންގްކްރައީ ކްރައިކޭވް އޭއެފްޕީ އަށް ވިދާޅުވިއެވެ.

މި ހަމަލާ ދީފައި ވަނީ ވިލެޖްގެ ކުރީގެ އިސްވެރިއެއްގެ ގެ ކައިރީގައި ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެއެވެ.

ތައިލޭންޑަކީ ހަތިޔާރު މިލްކު ކުރުމުގެ ރޭޓް ބޮޑު ގައުމެކެވެ. އަދިބފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި އެ ގައުމުގައި އެކި ކަހަލަ ނުރައްކާތެރި ހަމަނުޖެހުންތައް ހިނގަމުން ގޮސްފައިވާއިރު، އޭގެ ތެރޭގައި ފަހުގެ ތާރީހުގައި ވެސް ދިން އެންމެ ނުރައްކާތެރި އެއް ހަމަލާ ވެސް ހިމެނެއެވެ.

އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އިރުއުތުރުގެ ނޮންގް ބުއާ ލާމް ފު ޕްރޮވިންސްގައި ކުރީގެ ޕޮލިސް ސާޖެންޓަކު 36 މީހަކު މަރާލިއެވެ.

އަދި މިދިޔަ މަހުގެ ތެރޭގައި ފެއްޗަބުރީ ޕްރޮވިންސްގައި ހިނގި ހަމަނުޖެހުންތަކުގައި ތިން މީހަކު މަރުވެ އިތުރު ތިން މީހަކު ޒަހަމްވިއެވެ.