ސްރީ ލަންކާއަށް މި އަހަރުގެ ޝައްވާލު މަހުގެ ހަނދު މިއަދު ފެނިފައިވާ ކަން އިއުލާނު ކޮށްފިއެެވެ.

ލަންކާގައި ދިރިއުޅޭ މުސްލިމުން މިއަހަރުގެ ރަމަޟާން މަހުގެ ރޯދަ ހިފަން ފެށީ 24 މާރިޗްގައެވެ. ދުނިޔޭގެ މުސްލިމް ގިނަ ގައުމުތަކަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ 23 މާރިޗް އެވެ. އަދި ސައުދި އަރަބިއްޔާ ހިމެނޭ ގޮތަށް އިސްލާމީ ބައެއް ގައުމުތަކަށް ޝައްވާލު މަހުގެ ހަނދު ރޭ ފެނުމާއި ގުޅިގެން، މިއަދު ވަނީ އީދު ދުވަހުގެ ފުރަތަމަ ދުވަސްގެ ގޮތުގައި ކަނޑައަޅައިފައެވެ.

ނަމަވެސް އިސްލާމީ ބައެއް ގައުމުތަކަށް ޝައްވާލު މަހުގެ ހަނދު ނުފެނުމާއި ގުޅިގެން ހޮނިހިރު ދުވަހަކީ ޝައްވާލު މަހުގެ އެއް ވަނަ ދުވަސްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.

ކީރިތި ރަސޫލާގެ ސުންނަތުން އަދި ފަލަކީ އިލްމީ ހަގީގަތްތަކުން ސާބިތުވާ ގޮތުގައި ކޮންމެ ހަނދު މަހެއްގައި ވެސް އޮންނާނީ 29 ދުވަސް ނުވަތަ 30 ދުވަހެވެ.

ލަންކާގެ އޯލް ސިލޯން ޖަމިއްޔަތުލް އުލްމާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި އަހަރުގެ ޝައްވާލު މަހުގެ ހަނދު މިއަދު ފެނިފައިވާ ކަމަށް، ލަންކާގައި އެކަމަށް ކަނޑައަޅާފައިވާ ކޮމެޓީން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެ ގައުމުގެ ޑިޕާޓްމެންޓް އޮފް މުސްލިމް ރިލީޖަސް އެންޑް ކަލްޗަރަލް އެފެއަރޒް އިން މާދަމާ އަކީ ޝައްވާލު މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅާފައިވާ ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހޮއްކޮ

    އަދި އެއްދުވަސް މަޑުކޮއްލިނަމަ

  2. ލާނާ ޑެލް ރޭ

    ކީއްވެތަ ސައުދީ އަށް ބަލަނީ؟ ލަންކާ މާ އަވައްޓެރި އެއްނު ރާއްޖެއާ.. އެހެން ނޫނަސް މަށަށް އީދު ހެދުން ލިބޭނީ މާދަން ސޯ މިއަދު ރޯދަ.. ސައުދީން ތެޔޮ ވިއްކައޭ ކިޔާފަ ރާއްޖެއިން ޖެހޭތަ ތެޔޮ ވިއްކަން؟

    2
    4
  3. ސީމް

    ހަނދު ފެންނަތޯ ބަލަން ނިކުންނަ ބަޔަކަށްތާ ހަނދު ފެންނާނީވެސް. ރާއްޖޭގަހަދާހެން ހަނދު ބަލަން ނޫޅެ ހަަމަ ތިބެލާފަ ފަލަކީ އިލްމޭކިޔާގެން ނިންމާލާބަޔަކަށް ދުވަހަކުވެސް ހަދެއް ނުފެންނާނެ. އަދި މޮޅުކަމަކީ ރާއްޖޭގައި ސާރޓިފައިޑް ކޮލިފައިޑް އެސްޓުރޮނަމާއެއް ނުވަތަ ފަލަކީ އިލްމުވެރިޔެއް ނެތްތާގައި ހަނދާއި ގުޅޭކަންކަން ނިންމާލަނީ ކޯޗަކަށް ބުރަވެގެންކަން ނޭނގޭތީއެވެ. ފަލަކީ އިލްމުން ދައްކަނިއްޔާ ބުނެލާފަ ދެން ބުނަނީ މާދަމާ އީދޭ. ދިވެހިން ވެއްޖެނުން އިސްލާހުވާން މަސައްކަތްކުރަން.

    6
    2
    • އަލީ

      ރާއްޖޭގައި އެއުޅޭ ކަހީނު މައުމޫނަކީ ސަރޓިފައިޑް ކޮލިފައިޑް މޮޑިފައިޑް އެސްޓްރޮނޮމާއެއް ނޫންތަ؟ ލަންކާ ފިޔަވައި މުޅި ދުނިޔޭގެ އެންމެން ރޯދަހިފައި ރޯދަވީއްލައި ރޯދަމަސް ނިންމަނީ ކަހީނު މައުމޫނުގެ ބަހަށް ނޫންތަ؟

      1
      1
    • ކަމަނަ

      ސީމް މުޙައްމަދު އަބްދުﷲސަޢީދު ލިޔުއްވާފައިވާ ލިޔުން ކިޔާލިނަމަ ތިޔަފަދަ ބޭކާރު ކޮމެންޓް ނުކު ރީސް ކަން ޔަގީން

  4. Anonymous

    ޝަޢުބާން ޖަހާފަ ނެރެފަ ތިއޮތީ ޝައްވާލް މަހުގެ ހަނދުގެ ވާހަކައެވެ. ލަންކާއަށް ތިފެނުނީ ޝައްވާލް މަހުގެ ދެވަނަ ދުވަހުގެ ހަނދެވެ. ލަންކާގައި އުޅޭ މުސްލިމުން ތިތިބީ ރޯދަ ހިފުން ޙަރާމް ދުވަހެއްގައި ރޯދަހިފާފައެވެ.

    1
    1
    • ކަތްދަ

      ޢެމީހުނަށް ހަނދު ފެނުނީމަ އެ މީހުން އީދު ކުރާނީ ހަނދު ލެއްވި ކަން އަންގާނީ އިސްލާމީ ގައު މެއްގަ ނަމަ އެކަމާ ބެހޭ އިދާރާ އިން އެނޫން ގައުމުތަކުގަ އެކަމާ ބެހޭ ޖަމިއްޔާ ތަކުން ރާއްޖެއަށް ހަނދު ފެނުނަސް ލަންކާ މީހުން ނުޖެހޭނެ އީދު ކުރާކަށް