ޖޯޑަންއަށް ނިސްބަތްވާ ދެމަފިރިއެއްގެ 27 އަހަރުގެ ކައިވެންޏަށް ފުރަތަމަ ފަހަރަށް ދަރިއަކު ލިބިއްޖެއެވެ.

މި އަންހެން މީހާއަށް ދަރިއަކު ލިބިފައި ވަނީ އިން ވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ގެ 15 އޮޕަރޭޝަނަކާއި އިތުރު ގޮތްތަކުންވެސް ދަރިއަކު ހޯދުމަށް ގިނަ މަސައްކަތްތަކެއް ނާކާމިޔާބުވެފައި ވަނިކޮށެވެ.

މި އަންހެން މީހާއަށް ދަރިއަކު ލިބުމާއެކު ޖޯޑަންގެ މެޑިކަލް ކޮމިއުނިޓިއަށް ލިބިފައި ވަނީ ބޮޑު ހައިރާން ކަމެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީޑީއާ ރިޕޯޓްތައް ބުނާގޮތުގައި، މި ދެމަފިރިންގެ ވޭދަނަ އެންމެ ގާތުން ބަލަމުން ގޮސްފައި ވަނީ އައްމާންގެ ސީނިއާ ކޮންސަލްޓެންޓް އޮބްސްޓެޓްރިޝަން ޑރ ހިލާލް އަބޫ ގޯޝްއެވެ.

އޭނާ ވިދާޅުވީ، އުމުރުން 55 އަހަރުގެ ފިރިހެނަކާއި އޭނާގެ 44 އަަހަރުގެ އަނބިމީހާއަށް ދަރިއަކު ލިބުން ވެގެން ދިޔައީ ވަރަށް މަދުން ނޫނީ ހާސިލް ނުވާ ސިއްހީގޮތުން ކާމިޔާބީއެއް ކަަމަށެވެ.

ޑރ. އަބޫ ގޯޝް ވިދާޅުވި ގޮތުގައި ކައިވެނި ކުރިތާ 27 އަހަރު ފަހުން ޑޯނާއާކާއި ނުލައި ދަރިން ލިބުމުގެ ވޭދަނައެއް މީގެ ކުރިން ނެތެވެ.

"މިއީ ދުނިޔޭގެ މިފަދަ ފުރަތަަމަ ވޭދަނަ. އަދި މި ދެމަފިރިންނަށް ކަމިޔާބު ކަމާއެކު ދަރިއަކު ވަނީ ލިބިފައި، ޑޯނާއެއްގެ އެހީއާ ނުލާ އެ އަންހެން މީހާ ވަނީ ބަނޑުބޮޑުވެ، ވިހާފައި".