އިސްރާއީލުން ފަލަސްތީންގެ ޣައްޒާއަށް ވައިގެ މަގުން ހަމަލާތައް ދީ ޕަލަސްތީންގެ 12 މީހަކު ޝަހީދުކޮށްލައިފިއެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދީފައި ވަނީ ރޭގެ ވަގުތެއްގައެވެ.

ޣައްޒާގެ ހާލަތާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދެމުން އަންނަ މުހައްމަދު ސްމައިރީ ބުނީ، ރޭ ދަންވަރު އިސްރާއީލް އިން ޣައްޒާގެ ޚަންޔޫނިސް އަށް އަށް ދިން ބޮމުގެ ހަމަލާތަކުގައި ގިނަބަޔަކު ޝަހީދުކޮށްލާފައިވާ ކަމަށެވެ.

އޭނާ ބުނެފައިވާގޮތުން، މި ބޮމުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަ ކުދިން ހިމެނެއެވެ.

އަދި ދަންވަރު 3:57 ވީއިރުވެސް ބޮމުގެ ހަމަލާތައް ހުއްޓާލާފައި ނުވާ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

އެންމެ ފަހުން ޓައިމްސް އޮފް ޣައްޒާއިން ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު، އިސްރާއީލް އިން ރޭ ދިން ހަމަލާތަކުގައި 12 މީހަކު ވަނީ ޝަހީދު ވެފައެވެ.

ޓައިމްސް އޮފް ޣައްޒާ އިން ބުނީ މި ހަމަލާތަކުގައި އިތުރު 20 މީހަކު ޒަހަމްވެފައިވާ ކަމަށެވެ

މި ހަމަލާތަކުގައި ބައެއް ތަންތަނަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެެވެ.

ކިޔުންތެރިންގެ ހިޔާލު