އިންޑިޔާގެ ސްޓޭޓެއްކަމުގައިވާ ހަރިޔާނާގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޓީގައި މެންބަރެއް ނެތި އެތައް ދުވަހެއްވެ، ގެރީގެ ޙައްޤުތައް ހިމާޔަތްކުރާ ކޮމިޓީގައި 16 މެންބަރުން ތިބި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެޤައުމުގެ ނޫހެއްކަމުގައިވާ "ވަޔަރ" އިން ހާމަކޮށްފައިވާ ގޮތުގައި، މިކަން އެނގިފައިވަނީ، މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން އެކްޓިވިސްޓުންތަކެއް ހޯދި މައުލޫމާތުންނެވެ.

ހޯދި މައުލޫމާތުތަކުން ހާމަވެފައިވާ ގޮތުގައި، ހިއުމަން ރައިޓްސް ކޮމިޓީގައި މެންބަރެއް ނެތްއިރު، އެތަނަށް ހުށަހަޅާފައިވާ މައްސަލަތައް ވަނީ ފުނި ޖެހިފައެވެ.

އެގޮތުން، ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި 2205 މައްސަލައެއް ހުށަހަޅާފައިވާއިރު، 80 ޝަކުވާއެއްވަނީ ހުށަހަޅާފައެވެ.

ވަޔަރ ނޫހުން އިތުރަށް ބުނެފައިވާ ގޮތުގައި އެކޮމިޓީގައި އެއްވެސް މެންބަރެއް ނެތި ހުސްކޮށް އޮންނަތާ މިހާރުވަނީ ފަސް މަސްވެފައެވެ. އަދި، ހަރިޔާނާގެ ސަރުކާރުން، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް އެއްވެސް ސަމާލުކަމެއް ދެމުން ނުދާކަމަށާއި އޭގެ ބަދަލުގައި ގެރިއަށް މާ އިސްކަން ދެމުން އަންނަ ކަމަށް ބުނެފައިވެއެވެ.

މުޅި އިންޑިޔާގައިވެސް، އިންސާނުންނަށްވުރެ ބޮޑު އަހަންމިއްޔަތުކަމެއް ގެރިއަށް އަންނަނީ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަވަދި ވެދާނެ

  2. ،މޯދީގެ މަޤާމުން އިސްތިއުފާދީފަ އެމަޤާމަށް ގެރިއެއް ލާންފެނޭ.....

  3. ގެރިސްތާން !

  4. ހެހޭ: އެމްޑީޕީ ގެ އެކުވެރި އިންޑިއާ!؟

  5. ޑިމޮކްރަސީ

  6. އިސްލާމީ ގައުމުތަކުގާ ޝޭހުންވެސް ގިނަ!

  7. ގެރިސްތާނު މީހާ

    ގެރިގުއި ސައިބޯނި ކަމަށް ބޭނުން ކޮއްފަ ގެރީގެ ކުޑަކަމުދާ ނަޖިހުން ފެންވަރާ މީހުންނަކީ އިންޑިޔާގަ ހުރި އެންމެ މާތް އިންސާނާ. މީހަކު އަޅެ ހޭދެބައި ނުވިއްޔާ ދެރަ އެންނު.

  8. އަމައްޔާތް!! ގެރި ގުއި ތޯއްޗެ