ސްރީ ލަންކާގެ ގެެެއަކުން ވައްކަން ކުރަން ވަން ފިރިހެނަކު، ވަގަށް ނަގާފައިވާ ތަކެއްޗާއެކު ކުޑަދޮރުން ފުންމާލަން އުޅެނިކޮށް ވަޅަކަށް ވެއްޓިއްޖެއެވެ.

ލަންކާގެ އަލާވާ އަަވަށުގައި ހުންނަ ގެއަކަށް މި މީހާ ވައްކަން ކުރަން ވަދެ އުޅެނިކޮށް، ފަޅާ އަރާފައި ވަނީ ގޭގެ ވެރިމީހާއަށެވެ.

އެ ގޭގެ ދޮރެއް ހަލާލުކޮށްލައިގެން މި މީހާ ވައްކަން ކުރަން ވަދެ، ވަގަށް ގެންގޮސްފައި ވަނީ ވޮލެޓަކާއި، ފޯނެކެެވެ.

ނަމަވެސް އެ ތަކެތި ވަގަށް ނަގައިގެން އެ މިހާއަށް މާ ދުރަށް ނުދެވުނެވެ. ގޭގެ ވެރިމިހާ ވަނީ ފުލުހުންގެ ސަމާލުކަަމަށް އެކަން ގެނެސްފައެެވެ. މިއާއެކު އެ މީހާ ކުޑަދޮރުން ފުންމާލައިގެން އެތަނުން ފިލަން އުޅުނު ނަމަވެސް، ކުޑަދޮރުން ބަގީޗާގެ ތެރެއަށް ފުންމާލިގޮތަށް އޭނާ ވެއްޓުނީ ގޭގައި ހަދާފައި ހުރި ވަޅަކަށެވެ.

އެ ވަޅުން އޭނާ އަށް ނުކުމެވޭނެ ގޮތެއް ނުވިއެވެ. އެންމެ ފަހުން އޭނާ ސަލާމަތް ކުރަން ޖެހުނީ ގޭގެ ވެރިފަރާތުން ގުޅައިގެން ގެނައި ފުލުހުންނެވެ. އޭނާ އެތަނުން ސަލާމަތްކޮށް، ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

އަލާވާ ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ..