ސްވިޑަންގައި ގުރުއާން އެންދީ އިރާގުގެ މުރުތައްދުވެފައިވާ މީހެއް ކަން ހާމަވެއްޖެއެވެ.

ސްވިޑަންގެ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން އިރާގުގެ ސަލްވަން މޮމިކާ ގުރުއާން އެންދީ އީދު ދުވަހު ސްވީޑަންގެ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައެވެ.

އުމުރުން 37 އަހަރުގެ ސަލްވަންއަކީ ކުރިން މުސްލިމެކެވެ. އަދި އޭނާ ވަނީ އިރާގުން ސްވީޑަންއަށް ހިޖުރަކޮށް ސްވީޑަންގެ ރައްޔިތުކަން ހޯދައިފައެވެ.

ސަލްވަން ބުނާ ގޮތުން އޭނާ މިހާރު އެއްވެސް ދީނެއް ގަބޫލެއް ނުކުރެއެވެ.

އޭނާ ވަނީ ގުރުއާން އެންދުމުގެ ކުރިން ގުރުއާނަށް އޫރުގެ މަސް ވެސް އަޅައި އަދި ފައިން ވެސް އަރައިފައެވެ.

ސަލްވަން ބުނީ ގުރުއާން އެންދުމުގައި އޭނާގެ ގާތްތިމާގެ މީހުންގެ ތެރެއިން ސްވީޑަންގައި ދިރިއުޅޭ މީހުން ވެސް ބައިވެރިވާން ބޭނުންވާ ކަމަށެވެ.

ގުރުއާން އަންދަން ބޭނުންވީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ކަށަވަރު ކުރަން ކަމަށާއި ހިޔާލު ފާޅުކުރުން ހުއްޓުވައިފި ނަމަ އެންމެންނަށް ވެސް އޭގެ ނުކުރައްކާ އޮންނާނެ ކަމަށް ސަލްވަން ބުންޏެވެ.

ސަލްވަން މޮމިކާ އީދު ދުވަހު ގުރުއާން އެންދިއިރު ސްވިޑަންގެ ފުލުހުން އޭނާގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިއްބެވެ.

ސަލްވަން މޮމިކާ ސްޓޮކްހޯމްގެ އެންމެ ބޮޑު މިސްކިތް ކުރިމަތީގައި ގުރުއާން އެންދި މައްސަލައިގައި އިސްލާމީ ވަރަށް ގިނަ ގައުމުތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.

ސަލްވަން އަމަލުގެ ސަބަބުން ސްވިޑެންގެ ގައުމީ ސަލާމަތައް ވެސް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން އަންނަނީ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މޮހޯ

    ގުރުއާން އަންދާމީހުން ހަލާކުކޮށް ނެތިކުރައްވާދެވެ

    45
    1
  2. ޖުހާ.

    މީނާ އިސްލާމުދީނުގައި ހުރިއިރު އެއީ ސުންނީއެއްތޯ ނުވަތަ ޝީޢީއެއްތޯ ނުވަތަ ސަލަފީއެއްތޯ ނުވަތަ ސޫފީއެއްތޯ ބަލަންޖެހޭ. އިސްލާމުންނޭ ކިއައިގެން މުނާފިގުންވެސް މިހާރު ވަރަށްގިނަ. އޭނާއަށް އަދިވެސް ތެދުމަގު ފެނުމަކީ އެކަށީގެންވާކަމެއް.

    26
    3
  3. ނިހާދު

    ﷲ އިރާދަކުރެއްވިޔާމުން ދުނިޔޭގެތިބިމީހުންނަށް އިބްރަތްތެރި ގޮތަކަށް ތިޔަ މުޒްރިމްގެ ވަސް މިދުނިޔޭން ފިލާގެންދާނެ އެންމެ ފަހުންވެސް ތިޔަކަހަލަ މުޒްރިމެއްގެ ނިމުން އައީ ވަށާން ބޮޑީގާޑުން ތިއްބާ އިންނެވިކާރުގަ ވި ކުޑަކުޑަ އިލެކްޓްރިކް ސޯރޓަކުން އެއްވެސް މީހެއްގެ އހީތެރިކަމެއް ނުލިބޭހާ ކުޑަކުޑަ ވަގުތުކޮޅެއްގަ އަނދާ ހުލިވެގެން ނިމިގެންދިޔައީ ދެން އޮތީ ނުބާނުލަފާމީހުންނަށް ޖައްބާރުވަންތަވެއްލަވާ ގަދަކީރިތިވަންތަ ﷲ ގެ ގަދަފަދަ އަޒާބް

    35
    1
  4. ރަން ރީނދޫ

    މިއީ ސްވިޑިޝް ސަރުކާރު އަޑީގައި އޮވެގެން ،ވަރަށް ބޮޑަށް ރާވައިގެން ހިންގާފަ ވާ ޖަރީމާއެއް. ބަޔަކު ހަމަލައެއްދިނަސް ،ގެއްލުން ލިބޭނީ އިރާގުގެ ބަޔަކަށް. ސްވިޑިޝް ރައްޔިތަކަށް ނުރައްކަލެއް ނުލިބޭނެ ގޮތަށް ވިސްނައިގެން ރޭވުންތެރިކަމާއިއެކު ހިންގާ ޖަރީމާ އެއް.

    21
    1
  5. އަޙްމަދު

    ގުރުއާން އަންދާމީހުންނާއި އެކަމަށް ތާއީދު ކުރާމީހުން ހަލާކުކޮށް ނެތިކުރައްވާށި. އާމީން

    16
    1
  6. ހުސެން

    ދިވެހި ސަރުކާރުން މިކަން ކުއްވެރިކޮށްފިތަ .މިއޮތް ބަންދުގަ ފޮރިން މިނިސްޓުރީން މޯޑީ މާލި ނަގައިގެން އެމްބަސީ ބުނެގެން ބަޔާްންގަނޑެއް ނެރެފި.މިކަމާ އިބޫ އާއި އަބުދުﷲ ޟާހިދު ކަންބޮޑުވާތަނެއް ނުފެނޭ ކޮބާ އިޔާޒު އިލިޔާސް ޒައިދު އަދާލަތުސް އިމްރާނު ކޮބާ