ސްވީޑަންގައި ޤުރުއާން އަންދާ މައްސަލަ ހޫނުވެފައި ވަނިކޮށް އަނެއްކާ ވެސް އެ ގައުމުގައި ޤުރުއާން އަންދައިފިއެވެ.

މި ފަހުން ސްވީޑަންގައި ޤުރުއާން އެންދީ އިރާގުގެ މުރުތައްދު ވެފައިވާ މީހެކެވެ.

މީގެ ކުރިން ސްވިޑަންގެ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން އިރާގުގެ ސަލްވަން މޮމިކާ ގުރުއާން އެންދީ އީދު ދުވަހު ސްވީޑަންގެ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައެވެ.

އުމުރުން 37 އަހަރުގެ ސަލްވަންއަކީ ކުރިން މުސްލިމެކެވެ. އަދި އޭނާ ވަނީ އިރާގުން ސްވީޑަންއަށް ހިޖުރަކޮށް ސްވީޑަންގެ ރައްޔިތުކަން ހޯދައިފައެވެ.

ސަލްވަން ބުނާ ގޮތުން އޭނާ މިހާރު އެއްވެސް ދީނެއް ގަބޫލެއް ނުކުރެއެވެ.

އޭގެ ފަހުން މި ފަހަރު ޤުރުއާން އެންދީ އިރާނަށް ނިސްބަތްވާ އަންހެނެކެވެ.

ބަހްރާމީ މަރުޖާން ނަމަކަށް ކިޔާ އެ އަންހެން މީހާ ޤުރުއާން އެންދީ ވެސް ކުރިން ހުއްދަ ހޯދައިގެންނެވެ.

ބަހްރާމީ ބުނީ އިސްލާމް ދީނަކީ ޑިމޮކްރެޓިކް ދީނެއް ނޫން ކަމަށާއި ސިޔާސީ ކަންކަމުގެ ތެރެއަށް ދީން ވައްދާ ކަމަށެވެ.

ބަހްރާމީ އަކީ އިސްލާމް ދީން ދޫކޮށް ކްރިސްޓިއަން ދީނަަށް ވަދެގެން އުޅޭ މީހެކެވެ.

ޤުރުއާން އަންދާ މައްސަލައިގައި އިސްލާމީ ވަރަށް ގިނަ ގައުމުތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.

އަދި އެ މައްސަލައިގައި ސްވީޑަންގެ އެމްބެސެޑަރުން ވެސް އިސްލާމީ ގައުމުތަކުން ވެސް ބޭރުކޮށްފައި ވެއެވެ.

ސަލްވަން އަމަލުގެ ސަބަބުން ސްވިޑެންގެ ގައުމީ ސަލާމަތައް ވެސް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން އަންނަނީ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖުހާ.

    އިސްލާމްދީނަކީ ސިޔާސީ ހަތިއާރެކޭ މިނިވަންކަމެއް ނެތް ދީނެކޭ ކިޔާފަ ކުރިސްޓިއަން ދީނަށް ތިއަވަނީ ތިއީ ވަކި ރަނގަޅު ދީނެއްތަ. ދީން ސިޔާސީ ހަތިއާރަކަށް ހަދައިގެން އެންމެގިނަ އިންސާނުން މަރާ އަޅުވެތިކުރީ ކުރިސްޓިއަނުން. މިމީހާއަށްވެސް އަދިވެސް الله ގެ ހިދާޔަތު ލިބުމަށް އެދެން.

    14
    2
    • ނަން

      ދީނުގެ ނަމުގައި ކުރިސްޓިއަނުން އެއްވެސް ބަޔަކު މަރަން ވީ ކީއްވެ؟ އެމީހުންގެ ފޮތަކު ނޯވޭ ކުރިސްޓިއަނުން ނޫން އެންމެން މަރާށެކޭ.

      7
      3
      • ޖުހާ.

        ކޮއިފުޅާ އެއްވެސް ބަޔަކު ފޮތުގައި އޮންނަގޮތަކަށް ނޫޅޭ. އުޅެނީ އެދީނެއްގައި ނަގައިކިޔަންތިބޭ ސޭހުންނޭ ކިއާ ބަޔަކު ބުނާގޮތަށް. ފޮތް އޮންނަނީ އޮތްތާކު.

        4
        2
  2. ޖުާ

    މިސަރުކާރު އައިފަހުން މިރާއްޖޭގައި ތިކަންކޮށްފަނެ މީހުން ގިނަގިނައެވެ

    7
    1
  3. އަހުމަދު

    ބައިޑެން ރަޝިޔާ ޕްރޮވޯކު ކުރާހެން ސްވިޑެން ވެސް އެޖެންޑާ އޮވެގެން ކުރާކަމެއް. ސުޕަރ ޕަވާރ ތަކަށް އަންނަބަދަލު ތައް ހަޖަމް ކުރަން ބޭނުންނުވެގެން ހުޅަނގުން ބޭނުންވީ ދުނިޔެއް ދެކޭނެ އެންމެ ގެއްލުން ބޮޑު ހަނގުރާމަ ފައްޓަން.

    1
    1