އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އޮންނަ ޖެނިން އަށް އަރައި ދެމުން އަންނަ ހަމަލާތަކަށް ތާއީދު ކުރާ ކަމަށް އެމެރިކާ އިން މިރޭ ބުނެފިއެވެ.

އިސްރާއީލުން ހުޅަނގު އައްސޭރިއަށް ވައިގެ މަގުން ހަމަލާދޭން ފެށި ރޭގެ ވަގުތެއްގައެވެ.

އާއްމު ގޮތެއްގައި އިސްރާއީލުން ހުޅަނގު އައްސޭރިއަށް ވައިގެ މަގުން ހަމަލާތަކެއް ނުދެއެވެ. ނަމަވެސް އިސްރާއީލުން ބޮން އަޅާ ޖެޓްތަކުން ރޭ ވަނީ ޖެނިންގެ އެކި ސަރަހައްދުތަކަށް ހަމަލާތައް ދީފައެވެ. އަދި އޭގެ ފަހުން ހާހަކަށްވުރެ ގިނަ އިސްރާއީލް ސިފައިން ބަރު ހަތިޔާރާއިއެކު ޖެނިންއަށް ވަދެ ޖެނިންގެ އެކި ސަރަހައްދުތަކަށް އަންނަނީ ހަމަލާތައް ދެމުންނެވެ.

ޖެނިންގެ އެކި ސަރަހައްދުތަކަށް މިހާތަނަށް އިސްރާއީލުން ގިނަ ހަމަލާތަކެއް ވަނީ ދީފައެެވެ.

ހުޅަނގު އައްސޭރީގެ އުތުރުގެ ޖެނިން ރެފިއުޖީ ކޭމްޕްގައި އިސްރާއީލުގެ އަސްކަރިއްޔާއިން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނާއި ގުޅިގެން ވައިޓް ހައުސްއިން ބުނީ "ހަމާސް އާއި ފަލަސްތީނު އިސްލާމިކް ޖިހާދާއި އެހެނިހެން ޖަމާއަތްތަކާއި ދެކޮޅަށް އިސްރާއީލުގެ ރައްޔިތުންގެ ދިފާއުގައި ކުރަމުންދާ ކަންކަމަށް" ތާއީދު ކުރާ ކަމަށެވެ.

ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނަކު ނެރުއްވި ބަޔާނެއްގައި އިތުރަށް ވިދާޅުވީ "ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ" ކަމަށެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކޮންމެ ފަހަރަކު ވެސް އެމެރިކާ އިން ދިފާއު ކޮށްދެއެވެ. އިސްރާއީލްގެ އެންމެ ބޮޑު އެހީތެރިޔަކީ އަދި އިސްރާއީލުން ހިންގާ ކޮންމެ ޖަރީމާއަކަށް ހިތްވަރުދޭ ގައުމަކީ އެމެރިކާ އެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޖަމާލުދީން ކެޑޭޓް ޖުނިއާ

    އެމެރިކާ ހިތާމަ ކުރާނެއް ދުވަހެއް އަންނާނެ
    އިންޝާﷲ🤲

    94
    1
  2. ދަމްފްރިޖް

    ބައިވަރު ގަނޑު ހަލާކު ކުރައްވާށި

    65
    1
  3. ކަމަނަ

    މި އެމެރިކާނުން އަދި ޔޫރަޕުން ބޮއިކަޓްކުރަންވީ. ރަޝިޔާ އަދި ޗައިނާއާ އިސްލާމީ ދުނިޔެ ގުޅިގެން.

    59
    1
  4. ޔާ ﷲ! 🤲🏽

    ކޮބާ އަފްަގާންގެ ތާލިބާނުން؟

    12
    2
  5. ޙައްޖަ

    ޢެމެރިކާއަށް ހަލާކުހުރި.. އިންޝާﷲ

    43
    1
  6. ރެފްރީ

    ބަޔަކުމީހުން ޔަހޫދީއެމެރިކާއަށް ހަމަލާއެއްދީފިނަމަ މަވެސް ހަތަރެސްފައިންތާއީދު

    12
    1
  7. Anonymous

    ޔަހޫދީ އެމެރިކާއަށް ހަލާކުހުރި.

    12
    1
  8. ތުއްތުނާ

    ފަލަސްތީނުގެ މުޖާހިދުން އިޒުރޭލަށްދޭހަމަލާތަކަށް މަވެސްތާއީދުކުރަން!!!!!

    12
  9. Anonymous

    މިކަލޭގެ ވެސް ވެރިކަމަށް އަރަން އުޅުނުއިރު ވާހަކަތައް ހުރީ މުސްލިމުންނަށް ހެޔޮވާނެގޮތަށް. އެކަމަކު މިހާރު ހަމަ އަސްލު ސިފަ. މުސްލިމުން ނަށް ހެޔޮވާނެގޮތަށް ކަންތައްތައް ކުރާނެބައެއްނޫންތިޔައީ. ތިޔަ ތަނުން ނުކުންނަނީ ހަމަ މުސްލިމުންގެ ޢަދުއްވުން.

    10
  10. ފަލާޙް

    އެމެރިކާ ސުންނަފަތި ކުރައްވާށި! އާމީން!

    11
    2
  11. ޑިމޮކްރަސީ

    އިސްރާއީލާއި އެމީހުންގެ ބައިވެރިޔާ އެމެރިކާ ނިމިގެންދާނީ ހިތި ގޮތަކަށް އިންޝާﷲ މާތް ﷲ މި ޒަޔަނިސްޓުން ނެތިކުރައްވާށި

    11
  12. ޖުހާ.

    މިދުނިޔޭގައި އިސްލާމީ އެއްވެސް ދައުލަތެއް ނެތީބާއެވެ. ސުންނީ މުސްލިމުންގެ ތާކިހާ ބޮލުގައި އަޅައިގެން އުޅޭ ސަލަފިސްޓުން ފަލަސްތީނުގެ މުސްލިމުންގެ ދިފާޢުގައި އަނގައިންވެސް ނުބުނެ އެތިބީ ކޮން އެއްޗެއްދެކެ ބިރުންތޯއެވެ. އެމެރިކާއަށް ގެއްލުމާއި ހަލާކު ނޫންއެއްޗެއް ނުލިބޭށިއެވެ. ފަލަސްތީނުގެ އަނިޔާލިބިފައިވާ ނިކަމެތި ރައްޔިތުންގެ ދުޢާ الله އިޖާބަކުރައްވާނެތެވެ. ނޭނގެނީ އެއުރެންގެ ދުޢާއަށް الله އިޖާބަދެއްވާނެ ވަގުތެކެވެ.

  13. ހުސެން

    އެމެރިކާ ހަލާކު ކުރައްވާށީ

  14. މުކަލަ

    ފަލަސްތީނުން އިޒުރޭލަށްދޭ ހަމަލާތަކަށް ތާއީދުކުރަން