ޤުރުއާން އަންދަން 12 ގައުމަކުން ތާއިދުކޮށް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ވޯޓް ދީފިއެވެ.

ޤުރުއާން އަންދަން ތާއިދުކޮށް ވޯޓް ދިނީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އިތުރުން ބެލްޖިއަމް، ކޮސްޓަރިކާ، ޗެކްރިޕަބްލިކް، ފިންލޭންޑް، ފްރާންސް، ޖަރިމަން، ލިތުއޭނިއާ، ލަގްޒަމްބާގް، މޮންޓެނީގްރޯ އަދި ރޯމޭނިއާއެވެ.

ސްވިޑިންގައި ޤުރުއާން އެންދުމުން އެކަމާއި ދެކޮޅު ހެދުމުގެ ގޮތުން ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހެޅި ޤަރާރަށް ނުވަ ގައުމަކުން ދެކޮޅު ހެދިނަމަވެސް 28 ގައުމަކުން އެ ޤަރާރު ފާސްކުރަން ވޯޓް ދިނުމުން ޤަރާރު ވަނީ ފާސްވެފައެވެ. ޤަރާރު ފާސްކުރަން ވޯޓް ދިން ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނެއެވެ.

ސްވިޑިންގައި އިރާގުގެ މުރުތައްދަކު ކީރިތި ޤުރުއާނުގެ މުސްހަފެއް އެންދުމުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އަންނަނީ އެކަމާއި ދެކޮޅަށް އަޑުފުލަމުންނެވެ.

ޖެނީވާގައި ކުރިއަށް ދިޔަ އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ ބައްދަލުވުމުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކަދައްކަވަމުން ޕާކިސްތާންގެ ފޮރިން މިނިސްޓަރ ބިލްވާލް ބުއްޓޫ ޒަރްދާނީ ވިދާޅުވީ ކީރިތި ޤުރުއާނުގެ މުސްހަފެއް އެންދުމަކީ ނަފްރަތާއި، ދީނީ ހަަމަނުޖެހުންތައް ހިންގަން މަގުފަހިކޮށްދިނުމަށް ކުރި ކަމެއް ކަމަށެވެ.

ބިލްވާލްގެ ވާހަކަތަކަށް އީރާން، އިންޑޮނޭޝިއާ އަދި ސައުދީ އަރަބިިއްޔާ އިން ވަނީ ތާއިދު ކޮށްފައެވެ.

އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރ ރެންޓްރޯ މަރްސުދި ވިދާޅުވީ ކީރިތި ޤުރުއާންގެ މުސްހަފް އެންދުމަކީ ހިޔާލު ފާޅުކުރުމުގެ ހައްގު ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށެވެ. އެފަދަ ކަމަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އަހްމަދު

    ކިތަންމެ ވަރަށް އެންދިއަސް ޤުރްއާން ނެތިގެން ނުދާނެ. ކަލޭމެނަށް ޤުރްއާނުގެ މަތިވެރިކަން ނޭނގޭތީ ކުރެވޭ ބޭކާރުކަމެއް ޤުރްއާން އެންދުމަކީ. ކަލޭމެންގެންގުޅޭ ބައިބަލް ތަކުގައި އެހުރި ދެލިތައް ނެތިކުރައްވަން އެޤުރްއާން ބާވާލެއްވި ﷲ ކުޅަދުން ވަންތަވެ ވޮޑިގެންވޭ.

    81
  2. ބައިބުލް

    ބައިބުލް އަންދަން މަވެސް ތާއީދު

    49
    3
  3. ހހގ

    އޯކޭ. އެކަލާނގެ ކޯފާއާއި އަޒާބަށް ތައްޔަރުވެ

    52
  4. ޖސޖ

    އދ ގެ މަޖްލީހުގައި ތިޔަ ފަދަ ވޯޓެއް ނެގުމަކީވެސް ޗާޓަރާއި ހިލާފއ ކަމެއް. ދެން އޯއިސިން ބުދައި ފައްލިއާއި ބައިބުލް އަންދަން ވޯޓެއް ނަގަންވި

    38
    1
    • އ

      އާން .. މީ ރަނގަޅު ކަމެއް

  5. Anonymous

    ރާއްޖެއިން މިކަން ކުށްވެރި ކޮއްލަބަލަ. އިތުރަށް އަހަރެމެން މިޤުރްއާން ހިތުދަސްކުރަން ބާރު އަޅަންވީ. ގިނަ ޢަދަދެއްގެ މުސްލިމުންގެ ހިތްތަކުގައި ރައްކާކުރެވިފައިވޭ. އިސްލާމް ދީނުގެ އަދުއްވުންނޭ.
    އަންދަބަލަ ކެރެންޏާ. ދެއަތްގަޑު ވާވަނިކޮން ހުންނާނީވެފައި.
    އެފޮތް ހެއްދެވި ފަރާތުން ޤިޔާމަތާއި ހަމައަށް އެފޮތް ރައްކާތެރި ކުރައްވާނެކަން އަންގަވާފައި ވަނީ. ތިޔައުޅެނީ އޭގެ ފައިދާ ނޭނގިގެން. ތެދުމަގު ދައްކަވާށި. ހަމަ އެކަނި ކިޔެވޭ ފޮތެއްނޫން. އެއަށް ޢަމަލު ކުރުމުން ދެދުނިޔޭގައި ވެސް ކާމިޔާބު. މާޝާﷲ.

    49
  6. ސަސަން ހުރުސީ

    މީހަކު ކިތަންމެ ރުޅިއަޔަސް ﷲ އެކަލާންގެ ދީނަށް ނަސްރުދެއްވާނެ. އެމީހުން ދީނާ ދެކޮޅަށް މަސައްކަތް ކުރާވަރައްވުރެ ފުރިހަމަކޮށް އަހަރެމެން މަސައްކަތް ކުރަންޖެހޭ

    43
  7. ސަބަބުވެރި އިންސާނާ

    ޤުރުއާން އަންދަން ތާއީދު ކޮއް ވޯޓް ދިން ހުރިހާ ޤައުމަކަށް ﷲ އަލިފާނުން އަޒާބު ދައްކަވާ ދިރިތިބީންނަށް އިބުރަތެއް ދައްކަވާ ފާންދޭވެ.
    އާމީން

    59
    1
    • ޙުސެން

      ދީނުގަ ބަދު ދުއާ ކުރުން ތިގޮތަކަށް ނެތް ތިގޮތަށް ބަދުދުއާ ކުރާ އިރު އެތަނުގަ ތިބޭ މުސްލިމުން ތިބޭނެކަން ހަދާން ކުރަންޖެހޭ

      13
      1
  8. ޚިޔާލު

    އެގައުމުތަކުން ދިވެހިރާއްޖެއަށް ޓުއަރިސްޓުން އައުންވެސް މަނާކުރަންފެނޭ

    47
  9. Anonymous

    އެމެރިކާ އާއި އިނގިރޭސިވިލާތުގެ އިތުރުން ބެލްޖިއަމް، ކޮސްޓަރިކާ، ޗެކްރިޕަބްލިކް، ފިންލޭންޑް، ފްރާންސް، ޖަރުމަން، ލިތުއޭނިއާ، ލަގްޒަމްބާގް، މޮންޓެނީގްރޯ އަދި ރޯމޭނިއާ އައުޓް. އައުޓް އައުޓް އައުޓް

    43
  10. މަރިޔަމް ސައީދާ

    ގުރުއާން އަންދަން ބޭނުމެއް ނޫން

    6
    0
  11. މޮހޮނު

    އެ ހުރިހާ ގައުމަކަށް ހަލާކުހުރި... އިންޝާ ﷲ ވޭންދެނިވި ނުބައި މަރަކުން ތިކަމަށް ވޯޓުލީ އަދި ލުމަށް ތާއީދުކުރި ހުރިހާ އެންމެ މަރުވާނެ... އަދި އެ ގައުމުތަކަށް ފަނާވަނިވި ކޯފާއެއް މެދުވެރި ކުރައްވާނެ...

  12. އިބްރަތް

    ` . މީގެ1400 އަހަރު ކުރިން މައްކާގެ މުޝްރިކުންނާ ޕާޝިޔަން އެމްޕަޔާ ފަދަ ގަދަ ބާރުތަކުން ކީރިތި ޤުރްއާންގެ އަލިނޫރު ނިއްވާލަން އުޅުނެވެ. ނަމަވެސް ކަންވީގޮތް ދެނެގަންނަމާތޯއެވެ؟ މިހާރު އެއީ ސައޫދީ އަރަބިއްޔާ އަދި އެއްމެ ބުދު ފައްޅިއެއްވެސް އެތާކު ނުވެއެވެ. ޔޫރަޕައް ބޮޑު އިސްލާމީ އިންގިލާބެއްގެ ފެށުން ކަމުގައި މިކަން ލައްވާށި. އާމީން.

    11
  13. ކޮތަރު

    ސުބްޙާނަﷲ. ޤިޔާމަތް ވުން ދެނެއް މާދުރުގަ އޮތްހެނެއް ހީއެއްނުވޭ.

  14. ވެންޖެންސް

    ތާއީދު ކުރި ގައުމުގެ މީހުންގެ ގެތައް ސުންނާފަތި ކުރުމުގެ ވޯޓެއް އަރަބި ލީގުން ނަގަންވީ...

  15. ާސާހިދު

    28 ގައުމަކުން އެ ޤަރާރު ފާސްކުރަން ވޯޓް ދިނުމުން ޤަރާރު ވަނީ ފާސްވެފައެވެ. ޤަރާރު ފާސްކުރަން "ވޯޓް ދިން ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނެއެވެ"

    7
    1
  16. Anonymous

    ބައިބަލް އަންދަންފަށަމާ އެންމެހާ ދިވެހިން ނިކުމެ. ވާއެއްޗެއް އެނގިދާނެތާ. ހަމަ އަހަރުމެންނަށް ވެސް އެ ވިދާޅުވާ އިންސާނީ ޙައްޤުތަކާއި މިނިވަންކަން އޮންނާނެތާ!

    16
    2
    • މ

      ބަޔަކު ކަމެއް ކުރިޔަސް އަހަރުން ނުޖެހޭ އެމީހުން ލެވެލްއަށް ވެއްޓޭކަށް. އިސްލާމް އިޒް މޯ ޓޮލަރޭޓަބަލް

  17. ޢަބްދުﷲ

    ޤުރުއާން އަންދަން ތާޢީދު ކުރި ހުރިހާ ޤައުމެއްގައިވެސް، މުސްލިމުންވެސް އުޅޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫން. އުއްމީދަކީ މާތް ﷲ މި އެންމެހާ ޤައުމުތަކުގެ ވެރިންނަށް ހިދާޔަތް ދައްކަވައި، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް ޤަބޫލުކުރެވޭނެ ހިތްތަކެއް ލެއްވުން.

  18. ޑިމޮކްރަސީ

    މިހާރު އެގޭނެ ތި އެމެރިކާ އާއި އޭނަގެ ބައިވެރިން ބޭނުންވަނީ ކޮންކަމެއްކަން އަދިވެސް ޢަރަބިންގެ ބައެއްވެރިން އެޖައްބާރުންގެ އުގުތެރޭގަ އޮވޭ

  19. އަޙްމަދު

    އެ ފޮތުގެ ވެރި އިލާހް އެފޮތް ރައްކާތެރި ކުރަވާނެކަމަށް ވަނީ ވައުދު ވެވޮޑިގެންފަ. މިއަދާ ޖެހެންދެންވެސް އެންމެ ފިިއެޔެއްވެސް ބަދަލެއްނާދޭ. ކަލޭމެން ތަބާވާފޮތް އެމީހަކު ބޭނުން ވަރަކަށް ބަދަލުކުރެވޭ. ކިތަންމެ ވަރަކަށް އެންދިއަސް ކަލޭމެއްނަކަށް ކީރިތި ޤުރުއާން ނައްތައެއް ނުލެވޭނެ.