ޤުރުއާން އެންދުމަށް ތާއިދު ކުރާ ގައުމުތަކުގެ މުދާ ކުވޭތުގައި މަނާ ކުރަން ކުވޭތު ސަރުކާރުން ނިންމައިފިއެވެ.
ކުވޭތު ސަރުކާރުން ބުނީ ސްވިޑިން ސަރުކާރުގެ ހުއްދަ އާއިއެކު ކީރިތި ޤުރުއާންގެ މުސްހަފެއް މީހަކު އަންދާލުމުން އެކަމަށް ރައްދު ދިނުމަށް ސްވިޑިންގައި އުފައްދާ މުދަލާއި، އަދި ޤުރުއާން އެންދުމަށް ތާއިދު ކުރާ އެހެން ގައުމުތަކުގެ މުދާ ކުވޭތައް އެތެރެ ކުރުން މަނާ ކުރަން ނިންމާފައިވާ ކަމަށެވެ.
ކީރިތި ޤުރުއާންގެ އެއްލައްކަ މުސްހަފު ސްވިޑިންގެ ބަހަށް ތަރުޖަމާ ކުރުމަށްފަހު ސްވިޑިންގައި ހިލޭ ތަރުޖަމާތައް ބަހަން ވެސް ކުވޭތު ސަރުކާރުން ވަނީ ނިންމާފައެވެ.
ކުވޭތުގެ ބޮޑުވަޒީރު ޝައިހް އަހްމަދު ނަވާފް އަލް-އަހްމަދު އަލް-ސަބާހްގެ އެންގެވުމުގެ މަތިން ސްވިޑިންގައި ޤުރުއާނުގެ އެއްލައްކަ ތަރުޖަމާ ބަހަން ނިންމާފައިވާކަން ކުވޭތުގެ ސަރުކާރުން ވަނީ ކަށަވަރު ކޮށްދީފައެވެ. ކުވޭތު ސަރުކާރުން ބުނާ ގޮތުގައި ކުވޭތުގެ އާއްމު ހިދުމަތްތަކާއި ބެހޭ އިދާރާ އިން މިހާރު ވަނީ ސްވިޑިންގައި ބެހުމަށް އެއްލައްކަ ޤުރުއާން ތަރުޖަމާ ޕްރިންޓް ކުރުމުގެ މަސައްކަތް ފަށާފައެވެ.
ވަރަށް އަވަހަށް ޤުރުއާން ތަރުޖަމާތައް ސްވިޑިޝް ބަހަށް ތަރުޖަމާ ކުރުމަށްފަހު ސްވިޑިންގައި ޤުރުއާން ތަރުޖަމާތައް ބަހަން ފަށާނެ ކަމަށް ކުވޭތު ސަރުކާރުން ބުނެއެވެ. ކުވޭތު ސަރުކާރުން ބުނާ ގޮތުގައި ސްވިޑިންގެ ޕަބްލިކް ލައިބްރަރީތަކާއި، ސްކޫލްތަކާއި މިސްކިތްތަކާއި އާއްމުން އެއްވެ އުޅޭ އެހެން އިންސްޓިއުޓްތަކަށް ވެސް މިއެއްލައްކަ ކޮޕީން ބައެއް ތަރުޖަމާތައް ހަދިޔާ ކުރާނެ ކަމަށެވެ.
ކުވޭތު ސަރުކާރުން ބުނާ ގޮތުގައި ސްވިޑިންގެ ގިނަ ބަޔަކަށް ކީރިތި ޤުރުއާނުގެ ތަރުޖަމާ ކިޔާލުމުގެ ފުރުސަތު ލިބުމުން އިސްލާމްދީން ގަބޫލު ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށް ގަބޫލު ކުރެވެއެވެ.
ކުވޭތު ސަރުކާރުން ޕްރިންޓް ކުރާ ޤުރުއާން ތަރުޖަމާގެ ކޮޕީއަކީ ސްވިޑިންގެ ކުރީގެ ޑިޕްލޮމެޓެއް ކަމަށްވާ ނަޓް ބާންސްޓޮމް ސްވިޑިޝް ބަހަށް ތަރުޖަމާ ކުރައްވާފައިވާ ތަރުޖަމާއެކެވެ. އޭނާ އަކީ ޤުރުއާންގެ އިނގިރޭސި ތަރުޖަމާއެއް ވިދާޅުވުމަށްފަހު އިސްލާމްދީން ގަބޫލުކުރި ބޭފުޅެކެވެ.
ސްވިޑިންގައި ޤުރުއާން މުސްހަފެއް އަންދާލުމުން އެކަމާއި ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލަމުންދާ ގައުމުތަކުގެ ތެރޭގައި ކުވޭތު ހިމެނެއެވެ.
މަވެސްނުގަންނާނަން !!
ސުވިޑްން، އެމެރިކާ، އިނގިރޭސިވިލާތުގެ އިތުރުން ބެލްޖިއަމް، ކޮސްޓަރިކާ، ޗެކްރިޕަބްލިކް، ފިންލޭންޑް، ފްރާންސް، ޖަރިމަން، ލިތުއޭނިއާ، ލަގްޒަމްބާގް، މޮންޓެނީގްރޯ އަދިރޯމޭނިއާގެ މުދާތައް ބޮއިކޮޓް ކުރަން ކިބުލަށް ކެރޭނެތަ؟
ފާސިގަކު ނޫނިއްޔާ މިފަހަރު ރައީސް އިބޫ މިގައުމުތައް ބޮއިކޮޓް ކުރާނެ!ބޮއިކޮޓް ކޮށްފިނަމަ މަށާމަގޭ މުޅި އާއިލާގެ ހުރިހާވޯޓެއް އިބޫއަށް ދޭނަން. މިހެން ބުނާއިރުވެސް މަށަށް އެނގޭ މި ކިބޫ ސަރުކާރުން އިސްލާމްދީން މަތިވެރިކުރަން މިކަންކަން ނުކުރާނެކަން.
ރާއްޖެއަކަށް ނުކެރޭނެ ތިޔަ ކަހަލަ ކަމެއްވެސް އިސްލާމްދީނަށްޓަކައި ކޮށްލާކަށް އެކަމަކު ނަމުގަ %100 މުސްލިމު ޤައުމެއް. ކުށްވެރިޔޭ، ގޯހޭ، ބަލާނުގަނެވޭ ކަމެކޭ ކިޔާފަ ބަޔާނެއް ނެރެލެވުނީމަ އެ ނިމުނީ ހުރިހާކަމެއްވެސް
ޔަގީން ކަށަވަރުތާ..! އެންމެ ކުޑަމިނުން އެކާފަރު ކަލޭގެ (ސަލްވަން މޮމިކާ) ދުވަހަކުވެސް ރާއްޖެ ނާދެވޭ ގޮތަށް އުމުރު ދުވަހަށް ބްލެކް ލިސްޓް ކޮށްލަންވެސް ނުކެރޭނެ..!
ވ ރަނގަޅު ނިންމުމެށް
ރާއްޖެއިންވެސް އެޤައުމު ތަކުގެ މުދާ އެތެރެ ކުރުން މަނާ ކުރަންވީ!
ވަގުތުން ވަގުތަށް ރާއްޖޭގަ ތިކަން ކުރަން ޖެހޭ.
ކޮބާ ދުނިޔޭގައި 100 އިންސައްތަ މުސްލިމް ދެވަނަ ޤައުމަކަށް އޮތް ހަމައެކަނި ޤައުމު. ރާއްޖޭގެ ހާލަތު. މިފަދަ ބޮޑު ނިޢުމަތެއް މާތްކަލާނގެ ދެއްވީމާވެސް އޭގައި ކޮޅުފައިންތޯ ޖަހަނީ. ކުވޭތައް ވީވަރުވެސް ނުވޭ ދޯ!
ޤަރާރުފާސްކުރުމަށް ވުރެން މާރަނގަޅު!
ކުރީގެ ރައީސް ރައީސް ޔާމީނު ޢަބުދުލް ޤައްޔޫމުގެ ޒައާމަތުގައި ނަމަ ޤުރުއާން އެންދުމަށް ތާއިދު ކުރާ ގައުމުތަކުގެ މުދާ އެތެރެކުރުން މަނާ ކުރާނެ ފުރަތަމަ ޤައުމަކަށްވާނީ ދިވެހިރާއްޖެއެވެ. އެކަން އެމަނިކުފާނުވާނީ އަމަލުން ދައްކަވާފައެވެ. އެގޮތުން 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ކޮމަންވެލްތުން ރާއްޖޭގެ ދާހިލީކަންކަމާއި އެތެރޭގެ މައްސަލަތަކަށާއި ޚާއްސަކޮށް އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކަންކަމަށް ނުފޫޒު ފޯރުވާ އިންސާފުން ބޭރުން އަމަލު ކުރަމުން ދާތީ އެޖަމިއްޔާއިން ވަނީ ވަކިވެފައެވެ. މީގެ އިތުރުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިޔާގެ ޖީއެމްއާރުއައް ނާޖާއިޒް ފައިދާވާގޮތަށް އަދި ދިވެހި ދައުލަތަށް ގެންލުންވާގޮތަށް ގާނޫނީ އިމުގެ ބޭރުން ދީފައިވާ މާލޭވައިގެ ބަދަރު 320 މިލިޔަން ޑޮލަރުގެ ބަދަލެއް ދިނުމަށްފަހު ވަނީ އަތުލައްވާ އެމީހުން ބޭރުކުރެއްވުންފަދަ ގަޓް ނިންމެވުން ނިންމަވަން ކެރިވަޑައިގަތް ހަމައެކަނީ ލީޑަރަކީ އެލީޑަރު ދެކެ މިސަރުކާރު އެންމެ ޖެހިލުންވެލައްވާ ކުރީގެ ރައީސް ރައީސް ޔާމީނު ޢަބުދުލް ޤައްޔޫމެވެ.
ޤުރުއާން އެންދުމަށް ތާއިދު ކުރާ ގައުމުތަކުގެ މުދާ ކުވޭތުގައި މަނާ ކުރަނީ .
މިވެރިން ވެސް މިކަން ނުކުރާނެ ކާފަރުން ގެ އުނގައް މުސްލިމުން ވެއްޓުނީމަ ކަންތައް ދެންވާނީ މިހެން .
ސުވިޑްން، އެމެރިކާ، އިނގިރޭސިވިލާތުގެ އިތުރުން ބެލްޖިއަމް، ކޮސްޓަރިކާ، ޗެކްރިޕަބްލިކް،
ފިންލޭންޑް، ފްރާންސް، ޖަރިމަން، ލިތުއޭނިއާ، ލަގްޒަމްބާގް، މޮންޓެނީގްރޯ އަދިރޯމޭނިޔާ .
ކުވޭތައް މަ ބަދަލުވާންވީ އަސްލުވެސް
ކުވޭތު ދިވެހިރާއްޖެ މަޑަކަސްކަރަ މިކަހަލަ ގައުމުތަކަކުން އެމީހުންގެ މުދާ ބޮއިކޮޓު ކުރިއަސް ޑަރުވެސް ހީނުވާނެ. މިއީ ދުނިޔޭގެ ނިސްބަތުން ކުޅަނދެއް ހަމަނުވާ ބައެއް. އެކަމަކު އިންޑޮނޭސިއާ މެލޭސިއާ އިރާނު ކަހަލަ ގައުމަކުން ބޮއިކެޓު ކޮށްބަލަ. އެމީހުންވެސް މޭ ކަރާނެ.