މެކްސިކޯއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ޖަރުމަނުގެ ރިސާޗް ސެންޓަރު ފޯ ޖިއޯސައިންސް (ޖީއެފްޒެޑް) އިން ބުނީ މެކްސިކޯގެ ޗިއާޕާސްގެ އައްސޭރިފަށަށް 6.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަަމަށެވެ.

ސްޓޭޓް ސިިވިލް ޕްރޮޓެކްޝަން އިން ބުނެފައިވާގޮތުގައި، މި ބިންހެލުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވެއެވެ.

މި ބިންހެލުން އައިސްފައިވަނީ 10 ކިލޯމީޓަރު (6.21 މޭލު) އަޑިން ކަމަށް ޖީއެފްޒެޑް އިން ބުނެފައި ވެއެވެ.