އިރާނުގެ އަންހެނުން ބުރުގާ އަޅާތޯ ބަލަން އަނެއްކާވެސް އެ ގައުމުގެ "މޮރާލިޓީ" ފުލުހުން މަގުތަކަށް ނެރެން ފަށައިފިއެވެ.

އިރާނުގެ ގާނޫނު ބުނާ ގޮތުން ބާލިޣުވެފައިވާ ކޮންމެ އަންހެނަކަށް ވެސް މަގުމަތީގައި އުޅެވޭނީ ބުރުގާ އަޅައިގެންނެވެ. އަދި ބުރުގާ ރަނގަޅަށް އަޅާތޯ ބަލަން "މޮރާލިޓީ" ފުލުހުންގެ ހާއްސަ ޔުނިޓެއް މަގުތަކުގައި ހަރަކާތްތެރިވެއެވެ.

ނަމަވެސް އެ ވަރުން ވެސް ބޮޑެތި ސިޓީތަކުގައި ގިނަ އަދަދެއްގެ އަންހެނުން އުޅެނީ ކިރިޔާ ބޯ ނިވާވަރުގެ ފެޝަން ބުރުގާ އަޅައިގެންނެވެ.

އެގޮތަށް ފެޝަން ބުރުުގާ އަޅައިގެން އުޅުނު މަހުސާ އަމީނީ ކިޔާ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވުމުން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އިރާނުގެ މިއިން ޒަމާނަކުވެސް ނުދެކޭވަރުގެ މުޒާހަރާތަކެއް ކުރިއަށް ދިޔައެވެ. އަދި އެ މުޒާހަރާތަކާއެކު އިރާނުގެ ސަރުކާރު ވެއްޓިދާނެ ކަމުގެ ބިރު ވެސް އޭރު އޮތެވެ. އެ ދުވަސް ވަރު ބުރުގާ އަޅާތޯ ބަލަން އުޅޭ "މޮރާލިޓީ" ފުލުހުންގެ ޔުނިޓު ހަރަކާތްތެރިވުން ހުއްޓާލުމާއެކު ބުރުގާ އަޅާތޯ ބަލާ ފުލުހުން މަގުތަކުން ނުފެނެއެވެ.

ނަމަވެސް އިރާނުގެ ފުލުހުންގެ ތަރުޖަމާނު ޖެނެރަލް ސައީދު މޮންތަޒީރޮލް މަހުދީ ވިދާޅުވީ ކުރިއެކޭ އެއްގޮތަށް ބުރުގާ އަޅާތޯ ބަލަން ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި އޭގެ ފަހުން މޮރާލިޓީ ފުލުހުން ދަނީ މަގުތަކުން ފެންނަމުންނެވެ.

އިރާާނުގައި ފަހަކަށް އައިސް ބުރުގާ ނާޅާ މަގުމަތީގައި އަންހެނުން އުޅޭއިރު އޭގެ ތެރޭގައި މަޝްހޫރު މީހުން ވެސް ހިމެނެއެެވެ. އަދި ދާދި ފަހުން އެފަދަ މަޝްހޫރު އަންހެނަކު ޖަނާޒާއެއްގައި ތޮއްޕެއް އަޅައިގެން ހުރުމުން އޭނާއަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށް ނަފްސާނީ އެހީ ހޯދުމަށް ވެސް އެންގިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ތިއީ ހަމަ ޝީޢީންގެ ގޮތް. އެއީ އިސްލާމުންނޭ ކިޔައިގެން އުޅޭ ބިދުޢަވެރި ޖަމާޢަތެއް. މުޅި އިރާނުގެ އާާބާދީގެ ބޮޑު ބަޔަކީ އެމީހުން.

    11
    2
    • ކުރަފި.

      ޝީޢީންނަށްވުރެ ސަލަފީން މާނުބައި. ސުންނީންވެސް މިހާރަކު ވަކިކުރާކަށް ނޭނގޭ.

      4
      2
  2. ޖުހާ.

    ގަދަކަމުންތަ ބުރުގާވެސް އަޅުވަންޖެހެނީ.

    8
    4