ޗައިނާގެ އަސްކަރީ 25 މަތިންދާ ބޯޓާއި އަސްކަރީ ހަތަރު ކަނޑުގެ އުޅަނދު ޓައިވާން ކައިރީގައި ހަރަކާތްތެރިވެފައިވާ ކަމަށް ޓައިވާންގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ޓައިވާންގެ ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ އެ އުޅަނދުތައް ފެނިފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. އޭގެ ތެރެއިން ބައެއް އަސްކަރީ މަތިންދާ ބޯޓުތައް ޓައިވާންގެ އެއާ ޑިފެންސް އައިޑެންޓިފިކޭޝަން ޒޯން (އޭޑީއައިޒެޑް) އަށް ވަދެފައިވާ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

މީގެ ތެރޭގައި އަސްކަރީ ޖެޓްތަކާއި ބޮން އަޅާ ޖެޓުތައް ހިމެނެއެވެ. މިނިސްޓްރީން ބުނީ އިންޓަލިޖެންސް، ސަވަލައިންސްގެ އެހީގައި އެ ސަރަހައްދުގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

ޗައިނާގެ މި އަމަލާ ގުޅިގެން ޕެޓްރޯލްގައި ހަރަކާތްތެރިވާ މަތިންދާ ބޯޓާއި ކަނޑުގެ އުޅަނދުތައް ނެރެ، އެއާ ޑިފެންސް މިސައިލް ސިސްޓަމް ވެސް ތައްޔާރީ ހާލަތަށް ގެނެސްފައިވާ ކަމަށް ޓައިވާނުން ބުނެއެވެ.

ޓައިވާނުން ބުނީ އެ ސަރަހައްދުގެ ހަމަޖެހުމާއި އަމާންކަން ގާއިމު ކުރުމަކީ އެ ގައުމުގެ ބޮލުގައި އެޅިފައިވާ ކަމެއް ކަމަށެވެ. އެ ސަރަހައްދުގައި ސުލްހަމަސްލަސްކަން ގެއްލޭ ފަދަ ކަމެއް ހިނގައިފި ނަމަ، އެއީ ސަލާމަތަށް އަތުވެދާނެ ނުރައްކަލެއް ކަމަށް ވެސް ޓައިވާނުން ބުނެފައިވެއެވެ.

ޗައިނާ އިން ޖުލައި މަހު އެކަނި ވެސް 357 އަސްކަރީ މަތިންދާ ބޯޓާއި 143 އަސްކަރީ އުޅަނދު ޓައިވާން ކައިރި އަށް ފޮނުވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަހުރަބު

    ޗައިިނާ އެ އުޅެނީ ޗައިނާގެ ސަރަޙައްދުގަ ، ޓައިވާން ތީ ޗައިނާގެ ބައެއް ، ޒަޔަނިސްޓު ޔަހޫދީންހެން ވެރިވެގަނެގެން އުޅޭ ސަރަހައްދެއް

    16
    2
  2. ޖުހާ.

    އަވަހަށް ފަށައިގަނޭ. މިހާރު ނުވެފަ އޮތްކަމަކީ ތިއީ.

    6
    4
  3. މެސީ1

    އެމެރިކާ ހަދާހެން ތަނެއް ދޮރެއް ނުބަލާ އިރާގަށް ކްލަސްޓާރ ބޮން އަޅާލިހެން ބޮންއަޅާ ނިންމާލަބަލަ