ކީރިތި ރަސޫލާގެ އީދު މީލާދީ ދުވަހާ ގުޅިގެން އީރާނުން އެތައް ސަތޭކަ ކުށްވެެރިންނަށް މާފުދި ބައެއް ކުށްވެރިންގެ އަދަބު ލުއިކޮށްދީފިއެވެ.

އެގޮތަށް މާފުދީ އަދި އަދަބު ލުއިކޮށްދިނީ އިރާާނުގެ ޖުޑިޝަރީ ޗީފް އެގޮތަށް އެދިވަޑައިގަތުމާ ގުޅުގެން އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީއެވެ.

އިރާނުގެ ގާނޫނު އަސާސީގެ 110 ވަނަ މާއްދާގެ ދަށުން އިރާނުގެ ރޫހީ ލީޑަރަށް ކުށްވެރިންނަށް މާފު ދިނުމުގެ ބާރު ލިބިގެންވެއެވެ.

އެހެން ނަމަވެސް އެ މާއްދާގެ ދަށުން ގައުމުގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ މީހުންނާއި، ރޭޕް ކުރާ މީހުންނާއި، މަސްތުވާތަކެތީގެ ވިޔަފާރީގަައި ބައިވެރިވާ މީހުންނާއި ރިޝްވަތު ދިނުމުގެ ކަންކަން ކުރާ މީހުންނަށް މާފެއް ނުދެވޭނެއެވެ.

އެއާއެކު މި ފަހަރު މާފުދީ އަދި އަދަބު ލުއިކޮށްދިން މީހުންގެ އަދަދު 2000 އަށް ވަނީ އަރައިފައެވެ.

އެންމެ ފަހުން މިދިޔަ ބޮޑު އިީދުގައި ވެސް އިރާނުން ވަނީ 1700 ކުށްވެރިންނަށް މާފުދީ އަދަބު ލުއިކޮށްދީފައެވެ.

އިރާނުން ގިނަ ބަޔަކަށް މާފު ދިންއިރު މިދިޔަ އަހަރު އިރާނުގައި ބޭއްވި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކުރިއެވެ.

އޭގެ ތެރެއިން ބައެއް މީހުންނަށް މަރުގެ އަދަބު ދިން އަދިވެސް ބައެއް މީހުންނަށް މަރުގެ އަދަބު ތަންފީޒެއް ނުކުރެއެވެ.

އިރާނަކީ އިސްލާމީ ޝަރީއަތް ގާއިމްކޮށްފައިވާ ގައުމަކަށްވާތީ ދީނަށް ފުރައްސާރަ ކުރުން ފަދަ ބޮޑެތި ކުށްތަކަށް މަރުގެ އަދަބު ދެއެވެ.

އިރާނުގެ މަސްތުވާތަކެތި ބޭނުންކުރާ މީހުން ގިނަ އިރު އެތައް ބަޔަކު އެކަމާ ގުޅިގެން ޖަލަށް ވެސް ލައިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަނގަޅު

    ބާރައް ކުރިއަށް

    7
    1
  2. ޖުހާ.

    މިތާއުޅޭ ސަލަފިސްޓުން ބުނޭ އިރާނަކީ އިސްލާމީ ގައިމެއްނޫނޭ. ދެން ވައްހާބީ ސައުދީން ރަސޫލާގެ އީދުމީލާދާއި ގުޅިގެން ކޮންކަމެއްބާކުރީ.

    1
    2