00:42

އިސްރާއީލުން ޣައްޒާގެ އަލް ގުދުސް ކައިރީ ހުރި ހޮސްޕިޓަލަކަށް ބޮން އަޅަނީ.

 

23:47

ރިޕޯޓު: ޣައްޒާ ރައްޔިތުންގެ ދުލުން: ފަހު ނޭވާލާނީ އަހަރުމެންގެ ބިމުގައި!

22:28

އިސްރާއީލްގެ ހަމަލާއަކުން ސަލާމަތްވި ސަބްރީން، ޣައްޒާ ދޫކޮށް ނުދެވިފައި!.

21:50

އިސްރާއީލްގެ ވެރިރަށް ތެލް އަވީވް އަށް ރޮކެޓް ހަމަލާތަކެއް ފޮނުވަމުން އެބަދޭ.

21:47

ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭން ގޮވާލި އދ. ގެ ސަލާމަތީ ކައުންސިލްގެ ގަރާރު އެމެރިކާއިން ވީޓޯ ކޮށްފި.

20:43

އިމާރާތެއްގެ ދަށުން ޝަހީދުވެފައިވާ ކުޑަ ކުއްޖަކު ހޮސްޕިޓަލަށް ގެންދަނީ.
އިމާރާތެއްގެ ދަށުން މީހެއްގެ ހަށިގަނޑު ނަގައިގަނެގެން ގެންދަނީ.
އިމާރާތެއްގެ ދަށުން މީހެއްގެ ހަށިގަނޑު ގެންދަނީ.
އިމާރާތެއްގެ ދަށުން ޝަހީދުވެފައިވާ ކުޑަ ކުއްޖަކު ހޮސްޕިޓަލަށް ގެންދަނީ.

20:40

އިސްރާއީލުން ޣައްޒާ އަށް ދީފައި ހުރި ގެއްލުން.
އިސްރާއީލުން ޣައްޒާ އަށް ދީފައި ހުރި ގެއްލުން.
އިސްރާއީލުން ޣައްޒާ އަށް ދީފައި ހުރި ގެއްލުން.

20:38

އިސްރައީލު ފަޅިން ފަލަސްތީނުގެ ޣައްޒާ އަށް އެހީ ނުވެއްދޭނެ ކަމަށާއި މިސްރު ފަޅިން ވެއްދިދާނެ ކަމަށް އިސްރާއީލުން ބުނެފި.

20:08

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ފަލަސްތީނު އޮތޯރިޓީގެ ސަލާމަތީ ބާރުތަކުން ބަޑި ޖަހައި ފަލަސްތީނުގެ 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ޝަހީދު ކޮށްލައިފި.

19:58

އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާ.
އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާ.
އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާ.
އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާ.

19:55

މިވަގުތު ކޮޅުގައި ވެސް ޣައްޒާގެ އެކި ހިސާބުތަކަށް އިސްރާއީލުން ދަނީ ބޮން އަޅަމުން.

18:47

ލުބުނާންގެ ވެރިރަށް ބެއިރޫތުގައި ހުންނަ އެމެރިކާގެ އެމްބަސީ ކައިރީގައި ކުރިއަށްދާ މުޒާހަރާ.

18:28

ހާން ޔޫނިސް އަށް އިސްރާއީލުން ވައިގެ މަގުން ދިން ހަމަލާއެއްގައި 12 މީހުން ޝަހީދުކޮށްލައިފި. އިސްރާއީލުން ބޮން އަޅާފައި ވަނީ އެ ސިޓީގެ ގެއަކަށް. އެ ހަމަލާގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނޭ.

18:25

އިސްރާއީލާއި ލުބުނާން ބޯޑަރު ގުޅޭ ސަރަހައްދުގައި އަނެއްކާ ވެސް ހަމަލާތަކެއް ބަދަލު ކުރެވެމުންދާ ކަމަށް ރިޕޯޓުތައް ބުނޭ. ހިޒްބުﷲ ގެ މުޖާހިދުން ދަނީ އިސްރާއީލްގެ އަސްކަރީ ޕޯސްޓުތަކަށް ހަމަލާ ދެމުން. އިސްރާއީލުން ވެސް ދަނީ ހިޒްބުﷲ ގެ ތަންތަނަށް ހަމަލާ ދެމުން.

18:21

ޣައްޒާ ރައްޔިތުން ބޮނީ ސާފު ފެނެއް ނޫން. ލޮނު ފެން ވެސް ބޮއޭ.

18:16

ލުބުނާންގެ ވެރިރަށް ބެއިރޫތުގައި ކުރިއަށްދާ މުޒާހަރާތައް ހަމަނުޖެހުމަކަށް ބަދަލުވެ، ސަލާމަތީ ބާރުތަކާއި އެއްވުމުގެ ބައިވެރިންނާ ދެމެދުގައި ހަމަނުޖެހުން ހިނގަމުންދާ ކަމަށް ރިޕޯޓުތައް ބުނޭ. އެއްވުން ރުޅާލުމަށް ސަލާމަތީ ބާރުތަކުން ދަނީ ކަރުނަ ގޭސް ބޭނުން ކުރަމުން. އަދި ޕްރެޝަރުގައި ފެން ވެސް ދަނީ ޖަހަމުން.

18:00

އަލް އަހްލީ އަރަބް ހޮސްޕިޓަލަށް ދިން ހަމަލާއާ ގުޅިގެން ޝަހީދުވި މީހުންގެ ހަށިގަނޑުގެ ބައިތައް އަދިވެސް ނަގަމުންދާ ކަމަށް އެ ސަރަހައްދުގައި ތިބި ނޫސްވެރިން އަންނަނީ ބުނަމުން. ހަށިގަނޑުގެ ބައިތައް ނަގަމުން ދަނީ އާއިލާގެ މެމްބަރުން ކަމަށް ރިޕޯޓުތައް ބުނޭ.

17:53

ލުބުނާންގެ ވެރިރަށް ބެއިރޫތުގައި ވެސް ދަނީ މުޒާހަރާ ކުރަމުން.

17:51

އިސްރާއީލަށް ތެލާއި އެ ނޫން ވެސް ތަކެތި ފޯރުކޮށް ނުދީ ހުއްޓާލަން އީރާނުގެ ފޮރިން މިނިސްޓަރު ހުސެއިން އަމީރް އަބްދުﷲ ގޮވާލައްވައިފި. އޭނާ އެގޮތަށް ގޮވާލެއްވީ އޯގަނައިޒޭޝަން އިސްލާމިކް ކަންޓްރީސް (އޯއައިސީ) ގެ ބައްދަލުވުމުގައި.

17:49

ބުރެއިޖް ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ބޮން އަޅާފައި.
ބުރެއިޖް ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ބޮން އަޅާފައި.
ބުރެއިޖް ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ބޮން އަޅާފައި.

17:41

ފަލަސްތީނުގެ ޣައްޒާ އަށް އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތިބި މީހުންގެ އަދަދު ގާތްގަނޑަކަށް 1،300 އަށް އަރާ ކަމަށާއި އޭގެ ތެރޭގައި 600 ކުޑަކުދިން ހިމެނޭ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ދެންމެ ބުނެފި.

17:21

ޣައްޒާގައި ހުރި ނޫސްވެރިއެއް ކަމަށްވާ ހަސަން އަސްލީހް ބުނި ގޮތުގައި އަލް އަހްލީ އަރަބް ހޮސްޕިޓަލަށް ދިން ހަމަލާގައި ގިނަ އިން ޝަހީދުވެފައި ވަނީ ކުޑަކުދިންނާއި ފިރިހެނުން. އަންހެނުންނާއި ކުޑަކުދިން ތިބީ އެ ގަޑީގައި ހޮސްޕިޓަލްގެ އިމާރާތުގެ މަތީ ފްލޯތަކުގައި ނިދާފައި ކަމަށް އެ ނޫސްވެރިޔާ ބުނި.

"ޝަހީދުވި ގިނަ މީހުން ނިދާފައި ތިބި އިރު، ހޮސްޕިޓަލްގެ ގޯތި ތެރެއަށް ހަމަލާ ދިން އިރު، އެ ތަނުގައި ގިނަ އިން ތިބީ ކުޑަކުދިންނާއި ފިރިހެނުން،"

17:18

އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާ އިން މިހާތަނަށް އައިއިރު، 3،478 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފި. އެ މިނިސްޓްރީން ބުނި ގޮތުގައި ހަމަލާތަކުގައި 12،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައި.

 

17:17

އުރުދުންގައި ކުރިއަށްދާ މުޒާޙަރާ.
އުރުދުންގައި ކުރިއަށްދާ މުޒާޙަރާ.
އުރުދުންގައި ކުރިއަށްދާ މުޒާޙަރާ.

17:10

އުރުދުންގައި ކުރިއަށްދާ މުޒާހަރާގައި މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހަމަނުޖެހުން ހިނގަމުންދާ ކަމަށް ރިޕޯޓުތައް ބުނޭ.

 

17:09

އދ. އިން ބުނި ގޮތުގައި އޮކްޓޯބަރު 7 ގެ ފަހުން އިސްރާއީލް ވަނީ 58 މެޑިކަލް ފެސިލިޓީއަކަށް ހަމަލާ ދީފައި.

17:09

އިސްރާއީލްގެ އަނިޔާވެރި އަމަލުތަކާ ގުޅިގެން މިސްރުގައި މިހާރު ދަނީ މުޒާހަރާ ކުރަމުން.

15:05

ރޭ އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ 500 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާއިރު، އެ ހަމަލާ ދިނީ އިސްރާއީލުން ނޫން ކަމަށާއި، “އަނެއް ޓީމުން” ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ބުނެފި

ހޮސްޕިޓަަލަށް ހަމަލާ ދިނީ އިސްރާއީލެއް ނޫން، އަނެއް ޓީމުން - ބައިޑަން

14:57

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއިލް އިން ކުރިއަށްގެންދާ ޢަސްކަރީ ޙަމަލާތަކާއި ގުޅޭގޮތުން ބާއްވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއަސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން އެންޑެޑް އެކްސްޓްރާ އޯޑިނަރީ ކުއްލި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވާ ގޮތަަށް ހަމަޖެހިއްޖެ

ޔަހޫދީން ޣައްޒާއަށް ދެމުންދާ ހަމަލާ އާއި ގުޅޭ އޯއައިސީގެ ބައްދަލުވުމެއްގައި ރާއްޖެއިން ބައިވެރިވަނީ

14:32

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި އިސްރާއީލަށް ދިފާއުވުމަށް ބޭނުންވާ ހުރިހާ ކަމެއް ވޮޝިންޓަނުން ފޯރުކޮށްދޭނެ ކަމަށް ބައިޑެން ވިދާޅުވެއްޖެ.

ބައިޑަން ވިދާޅުވީ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ދެމުންރާ ހަމަލާގައި އިސްރާއީލުގެ އެތެރޭގައި މަރުވި 1400 އަށްވުރެ ގިނަ މީހުންގެ ތެރޭގައި އެމެރިކާގެ 31 މީހުން ހިމެނޭ ކަމަށް.

14:30

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 65 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ބުނެފި.

14:24

އިސްރާއީލުން ޣައްޒާއަށް މެދުނުކެނޑި ހަމަލާދޭތާ 12 ވަނަ ދުވަސް ހިނގަމުންދާއިރު، އިސްރާއީލަށް ހިތްވަރު ދިނުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން މިއަދު އިސްރާއީލަށް ގޮސްފި

އިސްރާއީލުގެ ދުޝްމަނުންނަށް އިންޒާރު ދިނުމަށް ބައިޑަން އިސްރާއީލަށް ހިނގައްޖެ

14:12

ޣައްޒާގައި އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް ސުލްހަވެރިކަމާއެކު ޖަރުމަނުގައި މުޒާހަރާ ކުރަމުން ދިޔަ މުޒާހަރާތައް ފުލުހުން އަނިޔާވެރި ގޮތަކަށް ރޫޅާލައިފި

14:08

ހޮސްޕިޓަލަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ކުށެއް ނެތް އެތައް ސަތޭކަ އާންމުން ޝަހީދުކޮށްލި ހާދިސާއަށް ފަހު

13:36

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ އަލަށް އެކުލަވާލި ހަނގުރާމައިގެ ކެބިނެޓުގެ މަންދޫބުންނާ ބައްދަލުކުރެއްވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ޔަހޫދީ އިސްރާއީލަށް ވަޑައިގެންފި .

13:29

ފަލަސްތީންގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ އެތައް ހާސް ރައްޔިތުންނަށް އެހީވުމަށްޓަކައި ރާއްޛޭގެ ކޭކް ޑޮނާސްގެ ފަރާތުން އިއްޔެ މާލެ ސަރަހައްދުގައި އާއި އަތޮޅު ތެރޭގެ ރަށެއްގައި ބޭއްވި ފަންޑް ހޯދުމުގެ އިވެންޓަށް 350،000 އަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ.

ކޭކް ޑޯނާސްގެ ފަަލަސްތީން ފަންޑް ރެއިޒިންގް އިވެންޓަށް 350،000އަށް ވުރެ ގިނަ ރުފިޔާ

13:05

ކަފުންކޮށްފައި ހުރި ހަށިތައް ކައިރީގައި ޑޮކްޓަރެއް، ކިޔާދިނީ ހާލަތު

12:36

ޣައްޒާގެ ހޮސްޕިޓަލަށް ދިން ހަމަލާއާ ގުޅިގެން ހިތާމަކުރައްވާ ކަމަށް ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑަ ލެޔެން ވިދާޅުވެއްޖެ.

12:35

ޣައްޒާގެ ހޮސްޕިޓަލްތަކަށް ދިން ބޮމުގެ ހަމަލާގެ ފުރިހަމަ ތަހުގީގެއް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ޖަރުމަނުގެ ޗާންސެލަރު އޮލަފް ޝޮލްޒް ވިދާޅުވެއްޖެ

12:35

އިސްރާއީލްގެ އަސްކަރިއްޔާއިން ވީޑިއޯއެއް އާއްމުކޮށް ހޮސްޕިޓަލަށް ހަމަލާދިން ރޮކެޓަކީ އެމީހުންގެ ރޮކެޓެއް ނޫން ކަން ހާމަވާ ކަމަށް ބުނެފި.

12:33

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ ދެކުނުގެ ސަރަހައްދަށް ހިޖުރަކުރާ ފަލަސްތީނު މީހުންނަށް އިންސާނީ އެހީ ލިބޭނެ ކަމަށް ބުނެފި ނަމަވެސް އެފަދަ އެހީތައް އެންކްލޭވްއަށް ގެންނާނެ ކަމެއް ނުވަތަ ގެންނާނީ ކިހިނެއްކަމެއް ހާމަކޮށްފައެއް ނުވޭ.

12:20

ޣައްޒާ ގަތުލު އާންމު: ބައްޕަ، ދަރިފުޅުގެ ބައިތައް ގެންދިޔައީ ކޮތަޅެއްގައި!

11:58

އިސްރާއީލުން ޣައްޒާގެ އަލް-އަހްލީ ޢަރަބް ހޮސްޕިޓަލުގައި ހިންގި ޤަތުލުއާންމު ކުށްވެރިކޮށް އިސްރާއީލުގެ ޖަރީމާތައް ހުއްޓުވުމަށް އަދާލަތު ޕާޓީން ބައިނަލްއަޤުވާމީ މުޖުތަމައުއަށް ގޮވާލައިފި.

ޣައްޒާގެ ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާ އަދާލަތުން ކުށްވެރި ކޮށްފި

11:53

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާއަށް ފަހު އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ތަރުޖަމާނު އެކަން އެކްސްވެސް ކުރި ކަމަށް ފަލަސްތީނުން ބުނެފި.

ހޮސްޕިޓަލަށް ބޮން އެޅުމަށް ފަހު ނަތަންޔާހޫގެ ތަރުޖަމާނުގެ ޓްވީޓެއް، ފަހުން ޑިލިޓް ކޮށްލައިފި

11:40

އިސްތަންބޫލްގައި ހުންނަ މެކްޑޮނަލްޑްސްގެ ބްރާންޗެއް ހަލާކުކޮށް، ފަޅާލަނީ.

11:37

ޣައްޒާގައި ރޭ ހިނގި ޖަރީމާ ކުށްވެރިކުރުމަށް އިސްތަންބޫލްގައި ހުންނަ އިސްރާއީލުގެ ބާރުގެ ދަށުގައި ހުންނަ ކޮންސިއުލޭޓްގައި މުޒާހަރާގެ ބައިވެރިން އަލިފާން ރޯކޮށްލައިފި

11:31

މިއަދު ހެނދުނު ރަފާގައި ހުންނަ އަލްޖާޒާރު އާއިލާގެ ގެއަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއިން ސަލާމަތްވި ކުދިން.

11:27

ޣައްޒާގައި ހުންނަ ސަރުކާރުގެ އިންފޮމޭޝަން އޮފީސް: ޣައްޒާގެ ހޮސްޕިޓަލްތައް ގަޑިއިރުތަކެއްގެ ތެރޭގައި މަސައްކަތް ކުރުން ހުއްޓާލާނެ، އޭގެ މާނައަކީ ޣައްޒާ ބޮޑު ގަބުރުސްތާނަކަށް ބަދަލުވާނެ ކަމަށް.

11:25

ފަލަސްތީނުގައި މިހާރު ހިނގަމުންދާ ހަނގުރާމާގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ހުޅުވި ފަންޑަށް 12.5 މިލިއަން ރުފިޔާ ލިބިއްޖެ.

ފަލަސްތީނުގެ ފަންޑަށް 12.5 މިލިއަން ރުފިޔާ

11:17

ފަލަސްތީނުގައި ހުންނަ އަލް އަހްލީ އަލް އަރަބި ހޮސްޕިޓަލަށް ޔަހޫދީން ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުއްވެރިކުރައްވައިފި

ޣައްޒާ ހޮސްޕިޓަލަށް ޔަހޫދީން ދިން ހަމަލާ ރައީސް ކުއްވެރި ކުރައްވައިފި

10:48

ފަލަސްތީނަށްޓަކައި މި ވަގުތު އެ މީހަކަށް ކޮށްދެވޭނެ އެންމެ ބޮޑު ކަމެއް ކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފި

ފަލަސްތީނަށްޓަކައި ކޮށްދެވޭނެ އެންމެ ބޮޑުކަމެއް ކުރުމަށް އިމްރާން ގޮވާލައިފި

10:43

ޣައްޒާގެ ހޮސްޕިޓަލަށް ދިން ހަމަލާގައި އިސްރާއީލުން ބައިވެރިނުވާކަން ސާބިތުކުރުމަށް ސެޓެލައިޓް ފޮޓޯތަކެއް ދޭން ޖެހޭ ކަމަށް ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ ވިދާޅުވެއްޖެ.

10:42

ޣައްޒާ ސިޓީއާއި ވަށާލާފައިވާ އެންކްލޭވްގެ އުތުރުގައި ދިރިއުޅޭ މީހުން ދެކުނުގައި ހުންނަ ޚާން ޔުނިސް ގަވަރުނަރޭޓްގެ ހުޅަނގުގައި އޮންނަ އަލްމަވާސީ ސަރަހައްދަށް ދިއުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން އަންގައިފި

10:40

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަނގުރާމަ ފެށި ފަހުން މަރުވި އިތުރު ދެ ސިފައިން އިސްރާއީލުގެ އަސްކަރިއްޔާއިން ދެނެގަނެވިއްޖެ.

މިއާއެކު އިޒްރޭލުގައި އަސްކަރިއްޔާއިން މަރުވި މީހުންގެ އަދަދު ވަނީ 304 އަށް އަރާފައި.

09:57

ފަލަސްތީނަށް ޔަހޫދީން ދިން ހަމަލާއެއްގައި އަނިޔާ ލިބުނު ކުޑަ ކުއްޖަކަށް އޭނާގެ ބޭބެ ޝަހާދަތް ލާދޭ މަންޒަރި ފެންނަ އަސަރު ގަދަ ވީޑިއޯއެއް އާންމުވެއްޖެ.

09:45

ފަލަސްތީންގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމަށް ބޭނުންވާ ހަތިޔާރު އިސްރާއީލަށް ފޯރުކޮށްދެމުންދާނެ ކަމަށް އެމެރިކާއިން ކަމަށް ބުނެފި

ޣައްޒާ ގަތުލުއާންމު:އިސްރާއީލަށް ހަތިޔާރު ފޮނުވަމުން ދާނެ އެމެރިކާއިން ކަމަށް ބުނެފި

09:03

އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުވިކަން އަލްޖަޒީރާ އަރަބިކުން ކަށަވަރުކޮށްދީފި.

މި ހަމަލާ ދީފައިވަނީ ޣައްޒާގެ މެދުތެރޭގެ ނުސީރަތު ރެފިއުޖީ ކޭމްޕްގެ ބޭކަރީއަކަށް.

08:50

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި.

ޣައްޒާ ގަތުލު އާންމު: ހޮސްޕިޓަލަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

08:37

ބައިބޯ ޚާން ޔޫނިސްގައި 90 މީހުން އެއް ގެއެއްގައި!

08:35

އިސްރާއީލުގެ ރަސްމީ ގުޅުން ތައް ބަދަހިކުރި ތިން ގައުމު ކަމަށްވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހްރެއިން އަދި މޮރޮކޯއިން އަލްއަހްލީ ހޮސްޕިޓަލަށް ދިން ބޮމުގެ ހަމަލާ ކުށްވެރިކޮށް، އެ ހަމަލާގެ ޒިންމާ އިސްރާއީލުގެ ބޮލުގައި އަޅުވައިފި.

 

08:34

އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފުމަށާއި ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކުރުމަށް ތާއީދުކުރާ ގައުމުތަކުގެ އެމްބަސީތަކުގައި މުޒާހަރާ ކުރުމަށް ފަލަސްތީނު އިސްލާމިކް ޖިހާދު (ޕީއައިޖޭ) އިން ގޮވާލައިފި.

08:32

އިސްރާއީލް ސިފައިންނާއި ހިޒްބުﷲގެ ހަނގުރާމަވެރިން "ރޮކެޓާއި މިސައިލް އަދި އާޓިލަރީ" ބަޑީގެ ހަމަލާތައް ބަދަލު ކުރަމުންދާތީ އެމެރިކާއިން ލުބްނާނަށް ދަތުރު ނުކުރުމަށް އެގައުމުގެ ރައްޔިތުންނަށް އިންޒާރު ދީފި.

08:29

ޣައްޒާގެ އަލްއަހްލީ ހޮސްޕިޓަލަށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާއާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި، އިސްރާއީލުން ޣައްޒާގެ މެދުތެރޭގެ ބޭކަރީއަކަށް ހަމަލާދީފައިވާ ކަމަށް އަލްޖަޒީރާ އަރަބިކްއިން ބުނެފި.

08:29

އަލްއަހްލީ ހޮސްޕިޓަލަށް ބޮން އެޅުމުގެ ދުވަސްތަކެއް ކުރިން އިސްރާއީލުން "އިންޒާރެއްގެ" ގޮތުން ދެ އާޓިލަރީ އެއް ފޮނުވި ކަަމަށް ޣައްޒާގެ ޞިއްޙީ އިސް އޮފިޝަލަކު ވިދާޅުވެއްޖެ.

ހެލްތު މިނިސްޓްރީގެ އަންޑަ ސެކްރެޓަރީ ޔޫސުފް އަބޫ އަލް ރިޝް ވިދާޅުވީ ހޮސްޕިޓަލަށް އެންމެ ފުރަތަމަ ހަމަލާ ދީފައިވަނީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް.

އޭގެ އެއް ދުވަސް ފަހުން އިސްރާއީލްގެ އަސްކަރިއްޔާއިން އެ ހޮސްޕިޓަލުގެ ޑައިރެކްޓަރަށް ގުޅައި "އިއްޔެ ދެ ހަމާލާއަކުން އިންޒާރު ދިނީ" ކަމަށާއި ފެސިލިޓީ ހުސްކުރުމަށް އެދުނު ކަމަށް.

08:26

ހޮސްޕިޓަލްގެ ހަމަލާއާ ގުޅިގެން މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަޙައްދުގެ ބޮޑެތި ބައެއް ސިޓީތަކުގެ އިތުރުން އެހެން ހިސާބުތަކުގައިވެސް އަމިއްލައަށް މުޒާހަރާތައް ފަށައިފި.

08:25

ތުރުކީގެ މަލަތިޔާ ޕްރޮވިންސްގައި ހުންނަ ނޭޓޯގެ ފެސިލިޓީއެއް ކައިރީގައި ރުޅިގަދަ މުޒާހަރާގެ ބައިވެރިން އެއްވެ އުޅޭ ކަމުގެ ރިޕޯޓްތައް ލިބެމުން އަންނަ ކަމަށާއި، އެތަނުގައި އެމެރިކާގެ ސިފައިން ވެސް ތިބޭ ކަމަށް ބެލެވޭ ކަމަށް އަލްޖަޒީރާއިން ބުނެފި.

08:24

އިސްރާއީލުގެ އުތުރުގެ ޝްތޫލާ ސަރަހައްދުގައި ދިން ހަމަލާތަކަށް ފަހު، އެ ގައުމުގެ ސިފައިން ބަޑީގެ ހަމަލާތަކުން ރައްދު ދީފައިވާ ކަމަށް ސިފައިން ބުނެފި

08:23

އަލްއަހްލީ ހޮސްޕިޓަލަށް ދިން ހަމަލާ ކުށްވެރިކޮށް، ބްރެޒިލް އިން އެކުލަވާލި އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުގައި ރަޝިއާއިން އެކަން ކުށްވެރި ކުރަން ހުށަހަޅައިފި.

08:22

ޣައްޒާގެ ހޮސްޕިޓަލްތަކަށް ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން މިސްރުގެ ރައްޔިތުން ނުރުހުން ފާޅުކުރަމުން ދަނިކޮށް މިއަދު ފަތިހުގެ ވަގުތެއްގައި ވެސް މިސްރުގެ ރައްޔިތުން ވެރިރަށް އަދި އެގައުމުގެ އެކި ހިސާބުތަކުގައި މަގުތަކަށް ނުކުމެ ނުރުހުން ފާޅު ކުރަން ފަށައިފި.

08:20

އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ފަލަސްތީނާއި އިނގިރޭސިވިލާތުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން އިނގިރޭސި ސަރުކާރަށް ގޮވާލައިފި.

08:20

އަލްއަހްލީ ހޮސްޕިޓަލަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނަކު ވިދާޅުވެއްޖެ.

ތަރުޖަމާނު ވިދާޅުވީ މި ހަމަލާއަކީ އާދަޔާ ހިލާފު ހަމަލާއެއް ކަމަށާއި ޝަހީދުވި މީހުންގެ ޒަހަމްތަކުގެ ސީރިއަސްކަން މެޑިކަލް ކްރޫންނާއި އެމްބިއުލާންސްގެ ކެޕޭސިޓީއަށްވުރެ މަތި ކަމަށް.

08:18

އަލްއަހްލީ ހޮސްޕިޓަލަށް ދިން ހަމަލާއަކީ ބަހެއް ނުބުނެވޭނެ ބިރުވެރި ހަމަލާއެއް ކަމަށާއި ޣައްޒާގައި އިތުރު ބޮޑެތި ޖަރީމާތައް ހިންގުން ހުއްޓުވުމަށް ދުނިޔޭގެ ލީޑަރުންނަށް ގޮވާލާ ކަމަށް ހިއުމަން ރައިޓްސް ވޮޗުން ބުނެފި.

08:18

ފަލަސްތީނު އޮތޯރިޓީގެ ސަލާމަތީ ބާރުތަކުން ހިފާފައިވާ ހުޅަނގު އައްސޭރީގައި މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސާލައިފި.

08:17

އިސްރާއީލާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި އިންސާނިއްޔަތް އެއްބައިވަންތަވުމަށް އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އާމިރު ޢަބްދުއްދުﷲޔަން ގޮވާލައްވައިފި

08:12

މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް މެދު ނުކެނޑި ބޮން އަޅަމުން ދިޔައިރު، ގިނަ ވަގުތު ހުޅަނގުގެ ވެރިންނާއި ބައްދަލު ކުރެއްވުމަށް ފަލަސްތީނުން ބޭރުގައި އުޅުއްވި، ފަލަސްތީނު އޮތޯރިޓީގެ ރައީސް މަހުމޫދު އައްބާސް ފާޅުވެއްޖެ.

ޣައްޒާ ގަތުލު އާންމު: ފިލާ ހުރި ފަލަސްތީނުގެ ރައީސް ފާޅުވެއްޖެ

02:12

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ: އަހަރުމެން އެންމެންނަށް އެނގޭ، ޣައްޒާގައި ހުންނަ ހޮސްޕިޓަލަށް ހަމަލާ ދިނީ ޣައްޒާގައި ތިބި ޓެރަރިސްޓުން ކަން. އެކަން ކުރީ އައިޑީއެފް (އިސްރާއީލްގެ އަސްކަރިއްޔާ) އެއް ނޫން. އަހަރުމެންގެ ކުޑަކުދިން މަރާލި ގޮތަށް އެމީހުންގެ ކުޑަކުދިން ވެސް އެ ދަނީ މަރަމުން.

02:09

ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސް (ސީޕީޖީ) އިން ބުނި ގޮތުގައި އިސްރާއީލާއި ފަލަސްތީނާ ދެމެދު މި މަހުގެ 7 ގައި ހަނގުރާމަ ފެށުނު ފަހުން 17 ނޫސްވެރިއަކު ވަނީ މަރުވެފައި. އޭގެ ތެރޭގައި ފަލަސްތީނުގެ 13 ނޫސްވެރިންނާއި އިސްރާއީލްގެ ތިން ނޫސްވެރިއަކާއި ލުބުނާންގެ ނޫސްވެރިއެއް. އަށް ނޫސްވެރިއަކު ވަނީ ޒަހަމްވެފައި.

02:06

އިސްލާމިކް ޖިހާދުން ހޮސްޕިޓަލަށް އަމާޒުކޮށް ހަމަލާ ދިން ކަމަށް އިސްރާއީލުން ބުނަމުން ދިއުމާ ގުޅިގެން އެ ޖަމާއަތުން އެކަން ދޮގުކޮށްފި.

01:42

އިސްރާއީލުން އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާއާ ގުޅިގެން ސައުދީ އަރަބިއްޔާ އިން އެކަން ކުށްވެރިކޮށްފި.

 

01:39

އިސްރާއީލްގެ އަމަލުތައް ކުށްވެރިކޮށް މުޒާހަރާތައް ކުރަމުން އަންނަ ގައުމުތަކުގެ ތެރޭގައި ޖޯޑަން، ޓިއުނީޝިއާ، ތުރުކީ، ސީރިއާ، އިރާން އަދި ލުބުނާން ހިމެނޭ.

01:39

ތުރުކީގައި ހުންނަ އިސްރާއީލްގެ ކޮންސިއުލޭޓް ކައިރީގައި އިސްރާއީލްއާ ދެކޮޅަށް ކުރަމުންދާ މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވަމުންދާ ކަމަށް ރިޕޯޓުތައް ބުނޭ.

01:37

އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވަން ރަޝިއާ އާއި ޔޫއޭއީ އިން އެދިއްޖެ.

01:35

ހަމާސްގެ ލިޑަރު އިސްމާއިލް ހަނިއްޔާ ވިދާޅުވީ އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާގެ ޒިންމާ އެމެރިކާ އިން ނަގަން ޖެހޭނެ ކަމަށް. އޭގެ ސަބަބެއް ކަމުގައި ހަމާސްގެ ލީޑަރު ވިދާޅުވީ އެމެރިކާ އިން އިސްރާއީލަށް ވާގިވެރިވާތީ ކަމަށް. ހަނިއްޔާ ވިދާޅުވި ގޮތުގައި މި ހަމަލާ އިން އެނގުނީ އިސްރާއީލްގެ އަނިވެރިކަމާއި އެމީހުން ބަލިވެފައިވާ ކަން. ހަނިއްޔާ ވަނީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ތިބި ރައްޔިތުން މަގުތަކަށް ނުކުތުމަށް ގޮވާލައްވާފައި.

01:15

އިރާން، އިރާގު، ލުބުނާން އަދި އިސްލާމީ ބައެއް ގައުމުތަކުގައި މާދަމާއަކީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި ފާހަގަ ކުރަން ނިންމައިފި.

01:15

ތުރުކީގައި ހުންނަ އިސްރާއީލްގެ އެމްބަސީ ކައިރީގައި މުޒާހަރާ ކުރަމުން އެބަދޭ.

01:10

ޣައްޒާ ހޮސްޕިޓަލަށް ދިން ހަމަލާއާ ގުޅިގެން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ދެކޮޅަށް އެ ގައުމުގައި ގިނަަބަޔަކު މުޒާހަރާ ކުރަން ފަށައިފި

ފަލަސްތީނުގެ ރައީސްއާ ދެކޮޅަށް އެ ގައުމުގައި މުޒާހަރާ ކުރަނީ

01:01

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 800 އަށް އަރައިފި.

ޣައްޒާގެ ގަތުލު އާންމު: ޝަހީދުވި އަދަދު 800 އަށް އަރައިފި

01:00

ޣައްޒާ ހޮސްޕިޓަލަށް ދިން ހަމަލާއާ ގުޅިގެން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް، އިސްރާއީލްގެ ރައީސް ޖޯއި ބައިޑެންއާ ބައްދަލު ކުރައްވަން ހަމަޖެހުނު ބައްދަލުވުން ކެންސަލްކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި. އެ ބައްދަލުވުން ބާއްވަން އޮތީ މާދަމާގެ ވަގުތެއްގައި ޖޯޑަންގައި. ރިޕޯޓުތައް ބުނާ ގޮތުގައި މަހްމޫދު އައްބާސް މިހާރު ދަނީ ރާމަﷲ އަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވަމުން.

00:58

އިސްރާއީލްގެ ޑިފެންސް ފޯސް އިން ބުނީ މިހާތަނަށް ލިބުނު އިންޓަލިޖެންސް މައުލޫމާތަށް ބަލާއިރު، އެ ރޮކެޓަކީ އިސްލާމިކް ޖިހާދުގެ ރޮކެޓް ހަމަލާއެއް ފެއިލްވެގެން ހޮސްޕިޓަލަށް އަމާޒުވި ހަމަލާއެއް ކަމަށް. އިސްރާއީލުން އެފަދަ ހަމަލާއެއް ނުދޭ ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން ބުނެފައިވޭ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ މި ހަމަލާގެ ޒިންމާ އިސްލާމިކް ޖިހާދުން ނަގަން ޖެހޭނެ ކަމަށް ބުނަމުން.

00:51

ޖޯޑަންގައި ހުންނަ އިސްރާއީލް އެމްބަސީއަށް މީހުން ވަދެއްޖެ.

ޖޯޑަންގައި ހުންނަ އިސްރާއީލް އެމްބަސީއަށް މީހުން ވަންނަން މަސައްކަތް ކޮށްފި

00:44

ރާމަﷲ ގައި މުޒާހަރާ ކުރަނީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ދެކޮޅަށް ކަމަށް ރިޕޯޓުތައް ބުނޭ.

00:39

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ހެބްރޫންގައި ވެސް ފަލަސްތީނުގެ ރައްޔިތުން މުޒާހަރާ ކުރަމުން އެބަދޭ.

00:38

ރިޕޯޓުތައް ބުނާ ގޮތުގައި ޖޯޑަންގައި ތިބި ފަލަސްތީނަށް ތާއީދު ކުރާ މީހުން އެއްވެފައި ވަނީ އެ ގައުމުގައި ހުންނަ އިސްރާއީލް އެމްބަސީ ކައިރިއަށް.

00:36

އިސްރާއީލުން ފަލަސްތީނުގެ ހޮސްޕިޓަލަކަށް ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލުމާ ގުޅިގެން ޓިއުނީޝިއާ އާއި ޖޯޑަންގައި މުޒާހަރާ ކުރަމުން އެބަދޭ.

00:35

ފަލަސްތީނު އޮތޯރިޓީ ފުލުހުން ރާމަﷲ ގައި ހަރަކާތްތެރިވަނީ. އެއްވުން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަ ގޭސް ބޭނުންކޮށްފައި.

00:30

ކުޑަކުދިންނާއި އަންހެނުން ރޮނީ.
ޣައްޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާއެއްގައި ޝަހީދުވެފައިވާ މީހުން.
ޣައްޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާއެއްގައި ޝަހީދުވެފައިވާ މީހުން.
ކުޑަކުދިންނާއި އަންހެނުން ރޮނީ.

00:28

ރާމަﷲ އިން ލައިވް ވަޒަން ބޭނުން ކުރަން ފަށާފައިވާ ކަމަށް އެ ސަރަހައްދުގައި ތިބި ނޫސްވެރިން ބުނަން ފަށައިފި.

00:20

އިސްރާއީލްގެ އަނިޔާވެރި އަމަލުތަކާ ގުޅިގެން އިސްރާއީލުން ހިފާފައިވާ ރާމަﷲ ގައި ފަލަސްތީނު ރައްޔިތުން ދަނީ މުޒާހަރާ ކުރަމުން. އަދި އެ ސަރަހައްދުގައި ތިބި ފަލަސްތީނުގެ ރައްޔިތުން ދަނީ ފުލުހުންނަށް ހަމަލާ ދިނުމަށް މަސައްކަތް ކުރަމުން. ފުލުހުން ވަނީ ކަރުނަ ގޭސް ވެސް ބޭނުންކޮށްފައި. ރާމަﷲ ގެ ރައްޔިތުން ތިބީ ވަރަށް ރުޅިގަދަވެފައި. އެމީހުންނާ ކުރިމަތިލާން ނުކުމެ ތިބީ ފަލަސްތީނުގެ ސަލާމަތީ ބާރުތަކުން ކަމަށް ރިޕޯޓުތައް ބުނޭ.

00:14

ފަލަސްތީނުގެ ޣައްޒާގައި ހުންނަ އަލް އަހްލީ އަލް އަރަބި ހޮސްޕިޓަލަށް ދިން ހަމަލާގެ ޒިންމާ ނުނަގައި އިސްރާއީލުން ރެކެން ފަށައިފި.

23:46

އިސްރާއީލްގެ އަލް އަހްލީ އަރަބް ހޮސްޕިޓަލަށް ދިން ހަމަލާގެ ޒިންމާ އިސްރާއީލުން ނަގަން ޖެހޭނެ ކަމަށް މިސްރުން ބުނެފި. މިސްރުގެ ފޮރިން މިނިސްޓްރީން ވަނީ ހޮސްޕިޓަލަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި.

23:42

ހޮސްޕިޓަލަށް ދިން ހަމަލާއާ ގުޅިގެން ޒަހަމްވި މީހުންނާއި ކުޑަކުދިން.
ހޮސްޕިޓަލަށް ދިން ހަމަލާއާ ގުޅިގެން ޒަހަމްވި މީހުންނާއި ކުޑަކުދިން.
ހޮސްޕިޓަލަށް ދިން ހަމަލާއާ ގުޅިގެން ޒަހަމްވި މީހުންނާއި ކުޑަކުދިން.
ހޮސްޕިޓަލަށް ދިން ހަމަލާއާ ގުޅިގެން ޒަހަމްވި މީހުންނާއި ކުޑަކުދިން.
ހޮސްޕިޓަލަށް ދިން ހަމަލާއާ ގުޅިގެން ޒަހަމްވި މީހުންނާއި ކުޑަކުދިން.

23:41

އަލް އަހްލީ އަރަބް ހޮސްޕިޓަލަށް ދިން ހަމަލާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކުށްވެރިކޮށްފި.

23:37

ކުރިއަށް އޮތް އެއް ގަޑިއިރުގެ ތެރޭގައި ޣައްާ އަށް ބޮން އެޅުން ހުއްޓާލައިފި ނަމަ، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި މީހުން ދޫކޮށްލާނެ ކަމަށް ހަމާސްގެ އޮފިޝަލުން އެންބީސީ ނިއުސް އަށް ބުނެފި. އިސްރާއީލުން ބުނާ ގޮތުގައި 199 މީހުން ތިބީ ހަމާސްގެ ބެލުމުގެ ދަށުގައި. އެކަމަކު، ހަމާސް އިން ބުނަނީ 250 މީހުން، އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށް.

23:35

ޣައްޒާގެ މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ޒިއާދު ޝެހަދަ ބުނީ އާންމު ރައްޔިތުންނަށް ކުރިމަތިވެފައި އެ ވަނީ ވަރަށް ހިތްދަތި ކަމެއް ކަމަށް. އެމީހުން އަމިއްލަ ގެދޮރު ދޫކޮށް ހޮސްޕިޓަލަށް އައީ ރައްކާތެރި ތަނެއް ކަމަށް ގަބޫލު ކުރެވިގެން ކަމަށާއި ބައިނަލްއަގުވާމީ ގާނޫނުތައް އޮންނަ ގޮތުން ހޮސްޕިޓަލްއަކީ ވެސް ރައްކާތެރި ތަނެއް ކަމަށް އެ ޑޮކްޓަރު ބުނި.

"ރައްޔިތުން ގެތަކުން ނުކުމެގެން އައީ ނުރައްކާތެރިކަން އޮތީމަ، އެމީހުން ބަދަލުވީ ސްކޫލްތަކާއި ހޮސްޕިޓަލްތަކަށް ރައްކާތެރިވާނެ ކަމަށް ހީކޮށް، އެކަމަކު، އެއް މިނެޓު މިވީ ހުރިހާ އެންމެން އެ ޝަހީދުކޮށްލީ ހޮސްޕިޓަލް ތެރޭގައި،" ޑޮކްޓަރު ކިޔައި ދިނެވެ.

"ޝަހީދުވި މީހުންގެ އަދަދު 500 އަށް ވުރެ މައްޗަށް ވަނީ އަރާފައި. އަހަރުމެން ގަބޫލު ކުރާ ގޮތުގައި އެ ނަންބަރު 1،000 އަށް ވުރެ މައްޗަށް އަރާނެ. މިއީ ހިންގި ގަތުލުއާންމެއް،"

23:27

ހޮސްޕިޓަލަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާގައި ކުޑަކުދިންނާއި އަންހެނުން ވެސް ޒަހަމްވެފައިވޭ.

23:24

އިސްރާއީލުން ހޮސްޕިޓަލަށް ދިން ހަމަލާގައި ޝަހީދުވެފައިވާ މީހުންގެ ހަށިތައް ކޯޓްޔާޑްގައި.

https://twitter.com/WarMonitors/status/1714343105103544508

23:23

އިސްރާއީލުން ހޮސްޕިޓަލަށް ހަމަލާ ދިން ވަގުތު ނަގާފައިވާ ވީޑިއޯއެއް.

https://twitter.com/WarMonitors/status/1714337776873640216

23:22

އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާއާ ގުޅިގެން ކުރިއަށް އޮތް ތިން ދުވަހަކީ ގައުމީ ހިތާމައިގެ ދުވަސްތަކެއްގެ ގޮތުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ހަމަޖައްސަވައިފި.

23:18

ފަލަސްތީނާއި އިސްރާއީލްގެ ތާރީހުގައި 2008 ވަނަ އަހަރުގެ ފަހުން ކުރިއަށް ދިޔަ ފަސް ހަނގުރާމައިގައި އަލް އަހްލީ އަރަބް ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާއަކީ އެންމެ ނުރައްކާތެރި ހަމަލާ ކަމަށް ފަލަސްތީނުގެ ސިވިލް ޑިފެންސުން ބުނެފި.

23:15

އަލް ވަފާ ހޮސްޕިޓަލްގެ މެޑިކަލް ޑިރެކްޓަރު ހަސަން ހަލަފް ވިދާޅުވީ އިސްރާއީލުން ބޭނުން ވަނީ ޣައްޒާގައި ގަތުލު އާންމަކަށް ފަހު، ގަތުލު އާންމެއް ހިންގަން ކަމަށް.

23:13

އަލް އަހްލީ އަރަބް ހޮސްޕިޓަލާ އެއް ކިލޯ މީޓަރު ކައިރީގައި ހުންނަ އަލް ވަފާ ހޮސްޕިޓަލްގެ މެޑިކަލް ޑިރެކްޓަރު ހަސަން ހަލަފް ވިދާޅުވީ އިސްރާއީލުން ހަމަލާ ދިން ހޮސްޕިޓަލްގައި އަދިވެސް ހުޅު ރޯވެފައިވާ ކަމަށް. މި ހަމަލާގައި ހާހަކަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށާއި ޝަހީދުވެފައިވާ މީހުންގެ އަދަދު 500 އަށް ވުރެ އިތުރު ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

23:08

ޔަހޫދީ ދައުލަތުން ޣައްޒާ ސިޓީގައި ހުންނަ އަލް އަހްލީ އަރަބް ހޮސްޕިޓަލަށް ދިން ހަމަލާ ކުށްވެރިކޮށް އެކަމާއި ދެކޮޅަށް ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އެތައް ސަތޭކަ ބަޔަކު މަގުތައް މައްޗަށް ނުކުމެއްޖެ. އެގޮތުން ހުޅަނގު އައްސޭރީގެ ނަބްލުސް، ތުލްކަރަމް، އަދި ޖެނިންގެ މަގުތަކަށް ވަނީ އެތައް ބަޔަކު އެއްވެފައި.

22:32

ޣައްޒާގައި ހިންގި ގަތުލު އާންމުގައި ޝަހީދުވި މީހުންގެ އަދަދު 500 އަށް އަރައިފި.

އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން ފަލަސްތީނުގެ ޣައްޒާގައި މިރޭ ބޮޑު ގަތުލުއާންމެއް ހިންގައިފިއެވެ.

އިސްރާއީލްގެ ޔަހޫދީން މިރޭ ބޮން އަޅާފައި ވަނީ ޣައްޒާގައި ހުންނަ އަލް އަހްލީ އަލް އަރަބި ހޮސްޕިޓަލަށެވެ. ހަމާސްގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި މި ހަމަލާގައި ފަލަސްތީނުގެ 200-300 މީހުން ޝަހީދުވެފައިވާ ކަމަށް ބެލެވެއެވެ.

އެ ހޮސްޕިޓަލްގެ ކޯޓުޔާޑަށް ހަމަލާ ދިން އިރު، އެ ތަނުގައި ފަލަސްތީނުގެ އެތައް ރައްޔިތުންތަކެއް ވަގުތީ ގޮތުން ހިޔާވަހިކަން ހޯދައިގެން ތިބި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކަށިކެޔޮ އާދަނު

    ކުޅިބަލަން ޣާފިލުވެ ހިނދުކޮޅުގަ. އަރަބިގިނަލީޑަރުންނާއި މަހުޖަނުންތިބޭނީ އިޒުރޭލުގެ ނާސިގެތަކުގަ. ހިތަށްއެރިއެއްޗެއް ބޮއެބޮއެތިބޭބަޔަކަށް ކުޅިބަލަންނުތިބެވާކަށްނޯންނާނެ.

    39
    • 123

      އިޒުރޭލުގަ އަރަބިމުއްސަނދިން ނައިޓްކުލަބާއި ބާ ހިންގާކަމީތެދުހަގީގަތް. ސައޫދީ ޝާހީ އާއިލާއިންވެސް އެވިޔަފާރި އިޒުރޭލުގަކުރޭ!!

  2. ތޮއްޓޫ

    އަރަބިންނަކީ މޮޔަބައެއް. ޔަހޫދީ އަންހެނުންގެ ވަހުށީއަވައިގާޖެހި ޔަހޫދީންގެ މަކަރުވެރިކަމުގެ ކެހިވެރިކަމުގެދަލުގާޖެހިފަ ސަލާމަތްނުވެވޭވަރަށް އެތިބެނީ ބުލެކްމެއިލްވެފަ. އެހެންކަމުންހިތާމަހުރި. މުސްތަގުބަލުގަ ގެފުޅަށްވެސް ވެރިވެގަންނާނެ. އެފަދަދުވަހެއްއައިމަ އީރާނުގެއެހީއަށްއެދި އާދޭސްކުރާތަން ފެންނާނެ !!

    35
    1
  3. ދެރަ

    ޢަރަބިން ހާދް ގޯހޭ ސުބުހަނަﷲ

    41
  4. ކޮބާތަ އެ ބޮޑެތި އަރަބިންތައް؟ ހުވާ މިބުނީ ލޭ ކެކޭ އެބަ. މާތް ﷲ ފަލަސްތީނަށް ނަސްރު ދެއްވާނދޭ. ﷲ މެނުވީ މަދަދުވެރިއެއް އެމީހުންނަކަށް ނެތް. އެ ނުބައި އިޒްރޭލް ގެ ކިބައިން ފަލަސްތީން ސަލާމަތް ކުރައްވާނދޭ. އާމީން.

    75
  5. ރަބަރޭ

    އަރަބި ވެރިންނަކީ ފިޑި ބައެއް އަރަބި ވެރިން ނުވޭ އެކަށްޗަކަށްވެސް

    39
  6. ކޮރަކަލި

    މާތްﷲ މިޔަހޫދީ ގައްދާރުން ހޫނުގަދަވައެއްފޮނުއްވާ ހިތިގޮތަކަށް ނެތިކުރަށްވާންދޭވެ އާމީން.

    63
    • ޙޖގ

      އެ ޔަހޫދީ ބައިގަޑާއި އެކު އަރަބި ގައުމުތަކުގައި ތިބި ނުލަފާހަ ވެރީންވެސް.

  7. Anonymous

    ތިޔައީ މި އުއްމަތުގެ ހިޔަޅުން ކަންބަޅީގެ ފޭރާން ލައިގެން ތިބި. އިޒްރޭުލުގެ ޔަހޫދޫ ދައުލަތުން ފަލަސްތީނުގެ މުސްލިމުންގެ ބޮލަށް ރެއާއި ދުވާލު ބޮން އަޅަމުން ދާއިރު އެ ޔަހޫދީ އިޒްރޭއީލް ވަށައިގެން ތިބި އަރަބި ހެދުން އެޅި ހިޔަޅުން ކަމަށްވާ އަރަބި ގައުމުތަކުގެ ތަހުތުގައި ތިބި ނުލަފާހަ ވެރީން އެތިބެނީ ކުޅިބަލަން ފިނި ދަރުބާރުގައި.

    43
  8. އަލީބުނީ

    އަރަބިން ތީ މިހާރު ހުޅަނގުން ކޮންޓޮރޯލް ކުރާ ޕަޕެޓުތަކެއް. އަރަބިންވެސް މިހާރު ބޭނުންވާނީ ޝާހީކަމާ ދުނިޔެވީ މުއްސަނދިކަން. މިވެސް ދުވަހެއް. ހައްގައް ނަސްރު ލިބޭނެ ދުވަސް އަދި އައްނާނެ. އިންޝާﷲ

  9. ސަދޫމު ސިޓީ

    ޢަރަބިގައުނުތަކުގެ ވެރިންނަށް މިތިބީ ފިނޑި ނުބައި ޖާހިލުންތަކެތް އެތްވެސް އާރެތްނެތް ނިކަމެތިންތަކެތް

  10. ނަޝީދު

    ޔާﷲ އިޒްރޭލާއި މުސްސަނދީ އަރަބި ޤައުމުތައް ނެތިކުރައްވާންދޭވެ.

  11. ނަބާ

    ތިޔަ ބުނާ އަރަބިންގެ އީމާންތެރިކަން ފުރިހަމަ އެއް ނުވޭ !! ވީއިރު އެމީހުންގެ ހިތަށް ކުރާނީ ކޮންއަސަރެއް ؟ އަހަރެމެން މިއުޅެނީ އެމަންޒަރު ފެނި ހިތަށް ކުރާއަސަރެއްގެ ބޮޑުކަމުން ލޮލުފިޔަވެސް ޖަހާނުލެވިގެން ! އެއީވެސް އަހަރެމެންފަދަ މުސްލިމް އަޚުންނާއި އުޚްތުން ، ހެޔޮނުވާނެ އެމީހުންނަށް ރަހުމް ކުރޭ !! ޔާ ﷲ ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުގައި ޖިހާދު ކުރަމުންދާ މުޖާހިދުންނަށް ނަޞްރު ދެެއްވާންދޭވެ! ޢިޒްރާއިލްގެ ޔަހޫދީންގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވާ އެބައިމީހުން ނެތި ކުރައްވާފާންދޭވެ ! އާމީން

  12. ޔަހޫދީންނަށް ދިވެހިރާއްޖެ ބަންދު

    ރާއްޖޭގައި ބޭނުންކުރާ ޔަހޫދީ ހުރިހާ ޕްރްޑަކްޓެއް މިވަތުން މިވަގުތަށް 'ބޭން' ކުރަންޖެހޭ.
    ޔަހޫދީންގެ މަޅިތަކުގައި ޖެހެފައިވާ ހުރިހާއެއްޗެއް ދޫކޮށްލަންޖެހޭ. އެކި އެކި ނަންނަމުގަ ބޭނުންކުރާ ހުރިހާ އެއްޗެއް.

    • ހޫތީ

      ރާއްޖޭގަ ހުރި މެކްޑޮނަލްޑް ވެސް ތުރުކީ މީހުން ހެދިހެން ހަދަންވީ

  13. އަޙްމަދު

    ހިތް ދަތިވެގެން ގޮސް ހިތް ފަޅައިގެން ދާވަރުވޭ.

    8
    1