އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 800 އަށް އަރައިފިއެވެ.

އިސްރާއީލްގެ ޔަހޫދީން ބޮން އަޅާފައި ވަނީ ޣައްޒާގައި ހުންނަ އަލް އަހްލީ އަލް އަރަބި ހޮސްޕިޓަލްގެ ކޯޓު ޔާޑަށެވެ. އެ ހޮސްޕިޓަލްގެ ކޯޓުޔާޑަށް ހަމަލާ ދިން އިރު، އެ ތަނުގައި ފަލަސްތީނުގެ އެތައް ރައްޔިތުންތަކެއް ވަގުތީ ގޮތުން ހިޔާވަހިކަން ހޯދައިގެން ތިބި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ގަތުލު އާންމު: ޝަހީދުވި މީހުންގެ އަދަދު 500 އަށް އަރައިފި

މީގެ ގަޑިއެއްހާ އިރު ކުރިން ވަނީ އެ ގަތުލު އާންމުގައި 500 މީހަކު ޝަހީދުވެފައިވާކަމަށް ރިޕޯޓް ކޮށްފައެވެ.

އޭގެ ފަހުން ފަލަސްތީނުގެ މީޑިއާތަކުން ބުނީ މިހާރުގެ އަދަދު 800 އަށް އަރާފައިވާކަމަށެވެ.

ފަލަސްތީންގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ހަމަލާގައި ޝަހީދުވި ގިނަ މީހުންނަކީ ކުރިން ހަމަލާތަކުގައި އަނިޔާވާ ވެގެން ގެެންގޮސްފައި ތިބި މީހުންނާއި ކުޑަކުދިންނެވެ. އަދި އެ ހޮސްޕިޓަލުން ޒަހަމްވި މީހުންނާއި ޝަހީދުވި މީހުން މިހާރު ވަނީ އަލް ޝިފާ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެ ހޮސްޕިޓަލަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދުތައް މައްޗަށް ދިއުން ވަރަށް ބޮޑަށް ގާތެވެ.

އިސްރާއީލުން ވައިގެ މަގުން ހޮސްޕިޓަލަށް ދިން ހަމަލާގައި ޝަހީދުވި މީހުންނާ އިސްރާއީލްގެ އަނިޔާވެރިކަމުގެ ދަށުން ޝަހީދުވި މީހުންގެ އަދަދު 4،000 އާ ގާތް ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.އަދި ޒަހަމްވި މީހުންގެ އަދަދު ވެސް 13،000 އަށް ވުރެ މައްޗަށް އަރާނެ ކަމަށް ލަފާ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުޙައްމަދު

    މާތް ﷲ އިސްރާއީލުން ނެތި ކުރައްވާފާންދޭ....... ޢާމީން

  2. ލޮބުވެތި ފަލަސްތީންގެ އަޙުންނާއި އުޙްތުން ! :(

    ހިތައް ކުރާ އަސަރު ދުލުން ބަޔާވެވޭނީ ކިހިނަކުން؟ ޔާ ﷲ ! މުސްލިމުންނަށް ކާމިޔާބު ދެއްވައި ޔަހޫދީން ނިކަމެތި ކުރައްވާށި! އާމީން!!! 🙁

  3. ޙަސަން

    ކޮބާ އދ