އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 500 އަށް އަރައިފިއެވެ.

އިސްރާއީލްގެ ޔަހޫދީން ބޮން އަޅާފައި ވަނީ ޣައްޒާގައި ހުންނަ އަލް އަހްލީ އަލް އަރަބި ހޮސްޕިޓަލްގެ ކޯޓު ޔާޑަށެވެ. އެ ހޮސްޕިޓަލްގެ ކޯޓުޔާޑަށް ހަމަލާ ދިން އިރު، އެ ތަނުގައި ފަލަސްތީނުގެ އެތައް ރައްޔިތުންތަކެއް ވަގުތީ ގޮތުން ހިޔާވަހިކަން ހޯދައިގެން ތިބި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އެމީހުން އަމިއްލަ ގެދޮރު ދޫކޮށް، އެ ސަރަހައްދަށް ދިޔައީ އެ ތަނަކީ ފަލަސްތީނުގެ ރައްޔިތުންނަށް ކިރިޔާސް ވެސް އަމާން، ރައްކާތެރި ތަނެއް ކަމަށް ބަލައިފައެވެ. އެކަމަކު، އަލް އަހްލީ ހޮސްޕިޓަލް ކޯޓު ޔާޑަށް ދިޔަ މީހުން މިފަހަރު ކުރަން ޖެހިފައި ވަނީ ވަރަށް ހިތްދަތި ތަޖުރިބާއެކެވެ.

ޝަހީދުވެފައިވާ މީހަކު މަގުމަތީގައި.

ރިޕޯޓުތައް ބުނާ ގޮތުގައި، އިސްރާއީލުން ބޮން އެޅި ސަރަހައްދުގެ މުޅިން ހެން އޮތީ ލެއެވެ. ޝަހީދުވެފައިވާ މީހުންނާއި ޒަހަމްވެފައިވާ މީހުންގެ ހަށިގަނޑުތަކެވެ. އެ ސަރަހައްދުގައި ގިނަ އިން ތިބީ އަންހެނުންނާއި ކުޑަކުދިން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ފަލަސްތީންގެ މީޑިއާތަކުން ބުނީ ޝަހީދުވި ގިނަ މީހުންނަކީ ކުރިން ހަމަލާތަކުގައި އަނިޔާވާ ވެގެން ގެެންގޮސްފައި ތިބި މީހުންނާއި ކުޑަކުދިން ކަމަށެވެ. އަދި އެ ހޮސްޕިޓަލުން ޒަހަމްވި މީހުންނާއި ޝަހީދުވި މީހުން މިހާރު ގެންދަނީ އަލް ޝިފާ ހޮސްޕިޓަލަށެވެ

ސަރުކާރުގެ މީޑިއާ އޮފީހުގެ ފަރާތުން ވާހަކަ ދެއްކި ސަލަމް މަރޫފް ބުނި ގޮތުގައި، މިއީ އިސްރާއީލްގެ ސިފައިން ހަނގުރާމައިގައި ހިންގި ބޮޑު ކުށެކެވެ. ފަލަސްތީނުގެ ގިނަ ބަޔަކު އަމިއްލަ ގެދޮރު ދޫކޮށް، އެ ކޯޓު ޔާޑަށް ޖަމާވެފައި ތިބި ކަމަށް ވެސް ސަލަމް ކިޔައި ދިނެވެ.

އިސްރާއީލުން ވައިގެ މަގުން ހޮސްޕިޓަލަށް ދިން ހަމަލާގައި ޝަހީދުވި މީހުންނާ އެކު، އިސްރާއީލްގެ އަނިޔާވެރިކަމުގެ ދަށުން ޝަހީދުވި މީހުންގެ އަދަދު 3،500 އަށް ވުރެ މައްޗަށް އަރާނެއެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވެސް 13،000 އަށް ވުރެ މައްޗަށް އަރާނެ ކަމަށް ލަފާ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޒަރީނާ

    އަދުރޭމެންނަށް ދަސްވެފައޮތީ އިންޑިޔާ އައުޓްކިޔަން. ޔަހޫދީން އައުޓުކިޔަންވީމާ ހަނދާނެއްނުވި!!

    27
    5
    • އައިމަން

      ޒާތީ ނުވެ ހަގީގަތަށް ރުޖޫއަވާންވީ ޔަހޫދީންނެއް ނެތް ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އަސަރުކޮފާނެ ސަރަޙައްދެއްގައެއް އެހެންނޫންތޯ ހަމަޔަގީން ރަނގަޅު ވާހަކައެއް ޔަހޫދީންނަށް މި ފަސްގަނޑުން ޙިމާޔަތް ދީގެންނުވާނެ އެކަމާ ދެކޮޅު. ތިދެންނެވި ގައުމެއްގެ ވެރިން ތާއީދުކުރަނީ ޔަހޫދީ ޒަޔަނިސްޓުންނަށްކަން ތި ބޭފުޅާ އަށް އެނގިނުލެއްވުނީތީ ހިތާމަކުރަން...

  2. އއއ

    މިލެވެލްގެ އަނިޔާވެރި ބައަކު އެއްެވެސް ނަމެއްގަ ދިވެހި ފަސްގަނޑައް އެރުމުގެ ހުއްދަ ދެވިގެން ނުވާނެ.

    66
    1
  3. މުގުރިހަ

    މި ހިސާބަށް ކަންތައް ދިޔާމަ، ދިވެހިންގެ ތެރެއިން ދާންބޭނުންވާ މީހުން ފުރުސަތު ލީބަލަ.

  4. އަޙްމަދު

    ޔަހޫދީންގަނޑު މަރަން ނިކުންނަން ހިނގާ އެންމެން....ނޫނީ އެމީހުން ބޭރުކުރޭ ކުރީބައިގަ.

  5. ޥިސް

    އިންސާނިއްޔަތު ކަމުންވެސް ބޭރުވެގެންވާ ބަޔަކު މިޤައުމަށް އުފާކުރަން އެތެރެވިޔަދީގެން ނުވާނެ، ޔާ الله ޔަހޫދީ ނުބައި ނުލަފާ އަނިޔާވެރި ބައިގަނޑު އެމީހުންގެ މިސައިލުތަކާ ބޮންތަކުގެ ދަށުވެ ނިކަމެތި ގޮތެެއްގައި އެމީހުންގެ މަރު ހިއްޕަވާންދޭ، އާމީން

  6. މުސްލިމު ފަރުދެއް

    ޔަހޫދީންގެ އަނިޔާވެރިކަމާ ދެކޮޅަށް ނުތެދުވެ ފަހަތު ފަޔަށް ބަރުވެފައި ތިބޭ އިސްލާމީ ޤައުމު ތަކުގެ ވެރިން ޖަވާބުދާރީ ވާން ޖެހޭނެ.