ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިޙި ވައްސަލަމް އަށް ނިސްބަތްކޮށް، ކާޓޫނު ކުރެހުމުގެ މުބާރާތް ބާއްވަން މަސައްކަތް ކުރި ފަރާތްތަކުން، އެކަން ނުކުރުމަށް ނިންމައިފިއެވެ. އެފަރާތްތަކުން ބުނެފައިވަނީ މިކަން ނުކުރުމަށް ނިންމާފައިވަނީ، އެކަމަށް ބޭނުންވާ މާހައުލެއް ނެތުމުންކަމަށެވެ.

ޑެންމާކުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއްކަމުގައިވާ ގާޓް ވައިލްޑާސް މިކަން ކުރަން މަސައްކަތް ކުރިއިރު، މިކަމާ ދެކޮޅު ހެދުމުގެ ގޮތުން ދުނިޔޭގެ ގިނަ ސަރަޙައްދުތަކެއްގައި މުޒާހަރާ ކޮށްފައިވެއެވެ. އޭގެތެރޭގައި ޑެންމާކުގެ އިތުރުން ޕާކިސްތާނާއި ދުނިޔޭގެ އެހެން ޤައުމުތައްވެސް ހިމެނެއެވެ. އަދި، އެންމެ ބޮޑަށް މުޒާހަރާކޮށްފައިވަނީ ޕާކިސްތާނުގައެވެ.

މި ނުބައި ޢަމަލު ހިންގުމުގެ މުގުލުގައި ހުރި ވައިލްޑާސް ބުނެފައިވާ ގޮތުގައި، މި މުބާރާތް ނުބޭއްވުމަށް އޭނާ ނިންމާފައިވަނީ، އޭނާއަށާއި އޭނާގެ ބައިވެރިންނަށް، އެތައް ބަޔަކު އިންޒާރު ދެމުންދާތީއެވެ. އަދި، އެކަމުގެ ސަބަބުން، އަބަދުވެސް އޭނާ އުޅެމުންދަނީ ފުލުހުންގެ ހިމާޔަތުގެ ދަށުގައިކަމަށްވެސް ބުނެފައިވެއެވެ.

މިކަން ކަން ހާމަކޮށް އޭނާ ނެރުނު ބަޔާނުގައި، އިތުރަށް އޭނާވަނީ އިސްލާމް ދީނަށް ފާޑު ކިޔާފއެވެ. އެގޮތުން، މި ދީނަކީ އަނިޔާވެރިކަމުގެ ދީންކަމަށް ބުނެފައިވާއިރު، މިކަމުގެ ސަބަބުން ފެނިގެން ދިޔައީ އެމަންޒަރުކަމަށް ބުނެފައިވެއެވެ.

ބޭރުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި، ވައިލްޑާސް ބާއްވަން އުޅުނު މި މުބާރާތާ ގުޅިގެން އޭނާއަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފައިވެއެވެ.

ޑެންމާކުގެ ސަރުކާރުން، މީގެ ކުރިން ބުނެފައިވާ ގޮތުގައި މިކަމަކީ ސަރުކާރާ އެއްވެސް ގޮތަކުން ގުޅުން ހުރި، އަދި ސަރުކާރުގެ ފަރާތުން އެއްވެސް މިންވަރަކަށް ބައިވެރިވެގެން ހިންގާ ޢަމަލެއް ނޫނެވެ. އެހެންނަމަވެސް، މި މުބާރާތް ބޭއްވުމަށް، އެޤައުމުގެ ބައެއް އިދާރާތަކުން ހުއްދަ ދީފައިވާކަމަށް، އަޑު ފެތުރިފައިވެއެވެ.

ވައިލްޑާސް އަކީ މީގެކުރިންވެސް މިފަދަ ކަންކަން ކޮށްފައިވާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ބުުުއްްްޅަބޭ

    އެއްމެފަހުން ތިކަންކުރިމީހާވެސް އިސްލާމްވި ޚަބަރު އަޑުއެހިން!

  2. ނުރަބޯ

    މާތްﷲ، ވައިލްޑާސް އަށް އިސްލާމް ދީނުގެ ހިދާޔަތު ދައްކަވާފާނދޭވެ. އާމީން.

  3. ރުޅި

    އަމިއްލަ މީހާގެ ކާޓޫނު އެކިގޮތްގޮތަށް ކުރަހަބަލަ.އޭރަކުން އަހަރެމެން ނުބެހޭނަން އެކަމަކަށް.އަހަރެމެންގެ ހިތްތަކުން އިހްތިރާމާއި ޤަދަރާއި ލޯބި ހޯދާފައިވާ އެންމެ ލޮބުވެތި ސާހިބާއަށް ފުރައްސާރަކުރަމުން ދުވާ މީހަކަށް މިދުނިޔެ ކީއްކުރަން އަންނަން އޮތްހަޔާތުގަވެސް ސަލާމަތްކަން ލިބޭނެކަމަށް އުއްމީދުކުރުމަކީވެސް މޮޔަކަމެއް.އަހަރެމެން ރުޅިއަރުވާފަ އަދިވެސް ކުއްވެރި ތިކުރަނީ އިސްލާމްދީން.ހަމަޖެހޭ ވާހަކައެއް ދައްކަބަލަ.

    8
    1
    • ޖޮއްބެ

      ބަލަގަ ރުޅި. އެއީ ބޮޑެތި ކާފަރުންނޭ. އަހަރެމެން މުސްލިމުންގެ ތެރޭން މިގައުމުގައި ކުރިން ވެރިކަންކުރި އަދި މިހާރު ވެރިކަން ހޯދަން މަރުފަލި ޖަހަމުންދާ މީހަކު މާތް ރަސޫލާ މުޙައްމަދު ޞޢޥ އަށް ނިސްބަތްކޮށް ބަދުބަސް ބުނެ، އިސްލާމްދީނަށް ފުރައްސާރަ ކުރީމާ ވެސް އެމީހާދެކެ ރުޅިއައިސް އެމީހާގެ ކިބައިން ބަރީއަވުމުގެ ބަދަލުގައި އެމީހާ އަށް ގައުމުގެ ވެރި ކަންދީ ބާރުވެރި ކުރުވަން އުޅޭތަން ފެންނަމުންދަނީ......؟؟؟

      5
      3
      • ރުޅި

        ތިބުނި މީހެއްގެ ވާހަކަ މިލިޔުމުގަ އޮތްނަމަ އެމީހަކާއި ދެކޮޅަށްވެސް އެއްޗެހި ބުނާނަން.ޖޮއްބެއަށް މިފަހަރު ތިދިމާވީ މިގައުމުގަ އޮތް ސިޔާސީ ފިކުރުތަކާއި ހެދި ބޮލަށް ތުރާވެފަހުރި މީހަކާ.

        5
        1
  4. އަހުމަދު

    އޭނަ އެ ކުރެހިނަމަ އޭނަގެ ފުރާނަ އެ ހަށިގނޑުގަ ބޭއްވިޔަދިނުމަކީ އެއްގޮތަކަށްވެސް ހުއްދަކަމެއްނޫން. ކޮންމެ ގޮތެއް ހަދާފައިވެސް އެކަލޭގެ މަރާލެވެންޖެހޭ. މިއީ ސަލަފުންގެ ބަސްފުޅު މިފަދަމީހުންނަށްވާ......

    4
    2
    • މޯލްޑިވިޔަން

      ދެންކީއްވެ ލަސް ތިކުރަނީ

      2
      1
  5. ކަލާ123

    ވިލްޑަރސްއަކީ ޑެންމާރކް މީހެއް ނޫން. ހޮލެންޑު މީހެއް!

  6. އަޙްމަދް

    ތި މުބާރާތް ނުބޭއްވުނީތީ އެއްމެ ހިތާމަ ކޮށް ދެރަވާނީ ކެނެރީގޭ ނަޝީދާއި އޭނާގެ އެކުވެރިން ނާއި އެމްޑީޕީ މުޑުދާރު ސަޕޯޓަރުން ނެވެ.

    7
    3
  7. ޏަން

    ޥައިލްޑް އެނިމަލް

    3
    1
  8. ޒާ

    މި ނުބައި ކަލޭގެ ސިފަކޮށް ކާޓު ކުރަހަންވީނު. ކާޓޫނެއްހެން މިހާރުވެސް ހީވާ ދައްޖާލެއް.

    4
    1
  9. ބަކުރު

    ކޮބާ މޮޅު އަދާލަތު ބަހެއްބުނެބަލަ އެމޮޔަ ނަސީދުއާދެކޮޅްއް ބަހެއްގުނަންވީމަ ބިރުގަތީ މިހާރު ދީނައްޓަކާއިންތަން ބަދަލުވެފަ އިނީ ޖާބައްޓަކަ ލަދުންބޯހަލާކު

    2
    2