ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އިތުރު މިސްކިތަކަށް ހަމަލާދީފިއެވެ.

ނިރުބަވެރިން ހަމަލާތަކެއް އަމާޒުކޮށްފައިވަނީ ޣައްޒާގެ ކޮން މިސްކިތެއް ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. ނަމަވެސް މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އެހަމަލާ އަމާޒުކޮށްފައިވަނީ މިސްކިތުގައި ފިލައިގެން ތިބި ހަމާސް ޖަމާއަތުގެ މުޖާހިދުންނަށް އަމާޒުކޮށެވެ.

މިހަމަލާގައި އެމީހުން ޝަހީދު ނުވާ ކަމަށާއި އެސަރަހައްދުގައި ހުރި ހޮހޮޅައެއް ބޭނުންކޮށް، މުޖާހިދުން ފިލާފައިވާ ކަމަށް ވެސް ބައެއް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. މިސްކިތްތަކަށް އަމާޒުކޮށް ނިރުބަވެރިން ދެމުން އަންނަ ހަމަލާތައް އިތުރުވެފައިވާއިރު، މިހާތަނަށް 50 އަށްވުރެ ގިނަ މިސްކިތަށް ނިރުބަވެރި ހަމަލާދީފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

މިހަމަލާގެ އިތުރުން ވެސް މިއަދުގެ ވަގުތެއްގައި ހަމާސްގެ މުޖާހިދުން ހޮސްޕިޓަލްތަކުގައި ތިބެގެން ނިރުބަވެރި ސިފައިންނަށް ހަމަލާތަކެއް ދޭން މަސައްކަތް ކޮށްފައިވާ ކަމަށް ނިރުބަވެރިންނާއި ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮކީ

    ދީނީ އެކިއެކި މީހުންބބުނާތީ އަޑުހަން ހަތިމަށް އިހާނެތިކޮށް ހަދާ މިސްކިއްތަކަށް ގެއްލުންދޭނަމަ ﷲ ގެ ކޯފާއަންނާނޭ

    1
    0
  2. ޙާމާނު

    ކޮބާތަ ބޮޑުޖުއްބާލީ އަރަބި ގުރޫޕު