ވަޒީރުންގެ މަޖިލީހަށް އައްޝައިޚު އިމުރާން އަބުދުﷲ އައްޔަނު ކުރެއްވުމުގައި ޤާނޫނީ ހުރަހެއް އޮތްކަމަށް ޤަބޫލުކުރަންޖެހޭ ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން މިހެން ވިދާޅުވީ، ހޯމް މިނިސްޓަރު ކަމަށް އިމްރާން އައްޔަނު ކުރެއްވުމުން މިހާރު އުފެދިފައިވާ ޤާނޫނީ ބަހުސްގައި އޭނާ އަށް ފެނިވަޑައިގަންނަވާ ގޮތް ހާމަކުރައްވާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

"ރާއްޖެއެމްވީ" ގައި އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތޯ ސުވާލުކޮށް ލިޔެފައިވާ ލިޔުމެއް ފޭސްބުކްގައި ޝެއާ ކުރައްވަމުން ފާއިޒް ވިދާޅުވީ (އިމްރާން ވަޒީރު ކަމަށް އައްޔަން ކުރުމުގައި) "ޤާނޫނީ ހުރަހެއް އޮތް ކަމަށް ގަބޫލު ކުރަން ޖެހޭ." ކަމަށެވެ. އެމައުލޫމާތުގައި އޭނާ އިތުރު އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ވަޒީރެއްގެ ކިބައިގައި ހުންނަން ޝަރުޠުތައް އިމްރާންގެ ކިބައި ހަމަނުވާކަަމަށް ބައެއް ޤާނޫނީ ވަކީލުންނާއި، ކުރީގެ ބައެއް ފަނޑިޔާރުންނާއި ދައުލަތުގެ ބަނޑާރަ ނައިބުގެ މަޤާމު ފުރުއްވި ބައެއް ބޭފުޅުންވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

ޤާނޫނު އަސާސީގެ 130 ވަނަ މާއްދާގެ (ށ)ގެ 2 ވަނަ ނަމްބަރުގައި ބުނެފައި ވަނީ، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށް ވުރެ ދިގުމުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެހުކުމެއް ތަންފީޒުކޮށް ނިމުނުތާ، އެޙުކުމުން ކަނޑައެޅުނު އަދަބު މަޢާފް ކުރެވުނުތާ ތިން އަހަރު ނުވާ މީހަކަށް ވަޒީރުންގެ މަޖިލީހުގެ މެމްބަރުކަން ނުކުރެވޭނެ ކަމަށެވެ.

އިމްރާންގެ މައްޗަށް އިއްވި 12 އަހަރުގެ ޖަލު ޙުކުމް މިހާތަނަށް ސުޕރީމް ކޯޓުން ބާޠިލްކޮށްފައެއް ނުވެއެވެ. އިމްރާން ޖަލުން މިނިވަން ވެފައި ވަނީ އިމްރާންގެ މައްޗަށް އިއްވާފައިވާ ޙުކުމް ތަންފީޒު ކުރުން މަޑުޖައްސާލަން ކޯޓުން އަމުރު ކުރުމުންނެވެ.

ވަޒީރު ކަމުގެ ޝަރުތު ހަމަނުވާތީ އިމްރާން މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. އިމްރާންގެ ކިބައިގައި ވަޒީރެއްގެ ކިބައިގައި ހުރުން ލާޒިމް ސިފަތައް ނެތް މައްސަލައިގައި ސަރުކާރުން އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ަިިިަްއިއްބެ

    އެދެން ކޮންމެހެން ފާއިޒު ބުނަންޖެހޭ ވާހަކައެއް ނޫން. ދިވެހި ބަސް އެނގޭ އަދި އެބަސް ފަހުމުވެ ބުއްދި ހުރިއްޔާ އެކަން އޮތް ގޮތް ކޮންމެ މީހަކަށްމެ އެނގޭނެ.

  2. عبدالله

    ރޭވިފައިވާ ގޮތުގެމަތީން ކަންވެ، ނިމިއްޖެއެވެ. ދެންއޮތީ މަޖީލީހުގެ ރުހުމެވެ. ވީމާ، މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅާއިރު، ކޮށްފައިވާ ޙުކުމު ބާޠިލުވެ، ނިމިފައިވާނަމަ، އަދި މަޖިލީހުން ރުހުން ނުލިބިއްޖެނަމަ، އަލުން ވަޒީރުކަން ދެއްވައި މަޖިލީހުގެ ހުރުން އަލުނ

  3. عبدالله

    ރޭވިފައިވާ ގޮތުގެމަތީން ވަޒީރުކަން ދެއްވައި، ކަންވެ، ނިމިއްޖެއެވެ. ދެންއޮތީ މަޖީލީހުގެ ރުހުމެވެ. ވީމާ، މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅާއިރު، ކޮށްފައިވާ ޙުކުމު ބާޠިލުވެ، ނިމިފައިވާނަމަ، އަދި މަޖިލީހުން ރުހުން ނުލިބިއްޖެނަމަ، އަލުން ވަޒީރުކަން ދެއްވައި މަޖިލީހުގެ ހުރުން އަލުން ހޯދުމުގެ ވިސްނުމެއް އޮތްނަމަ، އިމްރާނުގެ މައްސަލާގެ ޙައްލު އޮންނާނީ ފެނިފައެވެ.

  4. Anonymous

    ޝާޢިޚު އިމްރާނުއާއި، ޝިދާތާ ޝަރީފު އަދި ޢަލީވަހީީދު (ޖޒެޕީ) މި 3ބޭފުޅުންނަށް ވަޒީރުކަން ހަވާލުކުރުމުގެ ކުރިން ވިސްނަންޖެހޭ ވަރަށް ސީރިއަސް މައްސަލަތަކެއް އެބަހުރި މިއީ ސިއްރުވެފައިވާ މައްސަލަތަކެއް ޫން، މުޅިގައުމަށް ފާޅުވެ ހާމަވެފައިވާ މައްސަލަތައް

  5. ނަޖްވާ

    ޖުމްލަ ކޮށް މުޅި ކެބިނެޓާ ދޭތެރޭ އާއްމުންގެ ގިނަ ބަޔަކު ހިތެއް ނުރުހޭ! އިބޫ ދެކެ ކިތަންމެ ރުހުނަސް، ކެބިނެޓް ލައިން އަޕް އާ މެދު ގިނަ ބަޔެއްގެ ޚިޔާލު ހުރީކީ ޕޮޒިޓިވް ކޮންނެއް ނޫން! ހަމަ އެހެންމެ ތި އިމްރާނުގެ ކިބައިގާވެސް ސަރުތެއް ހަމައެއް ނުވޭ ކެބިނެޓެއް ޕޯސްޓެއްގަ މަސައްކަތް ކުރާކަށެއް!

  6. ނުރަބޯ

    ބަލަގަ ފާއިޒޫ ތިޔަބުނާ ކަހަލަ ހުރަސް ތައް ގިރާކުރުމުގެ ގާބިލް ކަން، ރިޝްވަތު މަހުޖަނަށް ލިބިގެން ވާކަމެއް ނޭނގޭތަ......؟؟؟

  7. ޢަލީ

    ޤަަނޫން މާނަ ކުރަން އެގޭނީ ފަނޑިޔާރުންނާ ސަރުކާރަށް.ދެންމަޖްލިސް އަށް.ސަރުކާރަށް
    ފެންނަ ގޮތް ފަނޑިޔާރުންނަ މިހާރު ކަމުދާނެ.
    0 =3÷3

  8. އިބުރާހިމް ދީދި

    މިހާރު ތިޔަކަންކަން ހަމަޖެހޭ ގޮތަށް ފިލިޖަހާފަ ސޭޓު ހުރީ. ޤާނޫނުން ތިޔަކިޔާ 130 މާއްދާ ނޫނީ ޤާނޫން އުވާލައިގެންވެސް ތިޔަ އިމްރާން މިނިސްޓަރުކަމުގަ ބަހައްޓާނެ. އިމްރާންމެންވެސް އެތިބީ ޔަހޫދީނަށް ވިކިފަ.