ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވަން އުޅުއްވާ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) 24 ގަޑިއިރު މަޖިލީސް ހުޅުވައިގެން ނަމަވެސް އިލެކްޝަން ކޮމިޝަން ޖަވާބުދާރީ ކޮށްދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކުނޫޒުގައި ބޭއްވި ރަސްމީއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ޒާތީ ވެގެން، ޕީއެސްސީ ރަޖީސްޓްރީކޮށް ނުދީ ހިފަހައްޓައިގެން ނުވާނެ ކަމަށާއި މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ހާޒިރު ކޮށްގެން ވިޔަސް އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް އެއްބާރުލުންދީ އެކަން ކުރާނެ ކަމަށެވެ.

''އަޅުގަނޑު 24 ގަޑިއިރު ރައްޔިތުންގެ މަޖިލީސް ހުޅުވާފައި ބަހައްޓައިގެން ވެސް އެކަން ނިންމާނަން. އެއީ އަޅުގަނޑުގެ މަސްއޫލިއްޔަތު. އަޅުގަނޑު އެކަން ކުރާނަން,'' ގާސިމް ވިދާޅުވިއެވެ.

އެކަން ކުރުމަށް ކުރެވެންހުރި މަސައްކަތެއް ކުރާނެކަމަށާއި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް އިލެކްޝަންސް ކޮމިޝަން ހާޒިރުކޮށްގެންވެސް ޕީއެންސީ ރެޖިސްޓްރީ ކޮށްދޭނެކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެކަމަށް 24 ގަޑިއިރު މަޖިލިސް ހުޅުވައިގެން މަސައްކަތް ކުރަން ޖެހުނު ނަމަވެސް އެކަންވެސް ކުރައްވާނެކަމަށް ގާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ޙަސަން އަޙުމަދު

    ސަބަސް! ޤާސިމް މާތްﷲ ޤާސިމަށް ހެޔޮގޮތް މިންވަރުކުރައްވާށިއެވެ. އާމީން

  2. ނަސީރު

    ގާސިމް ރަނގަޅަށް ވެސް މޮޔަ ގޮވައިފި. ކޮރަޕް މީހެއް މި ގާސިމަކީ. ގައުމަށް ހުރި ނުރައްކަލެއް މީ

  3. ާާާަަަަަސާ

    ޢަވަހައް އުފައްދާ މަވެސް ތިޕާޓީ.

  4. ވަޙިދު

    ކޮންމެ މީހަކު ބުންޏަސް އެއީ ރަނގަޅު ވާހަކައެއް. އެމްޑީޕީގެ ބައެއް އިސްވެރިން ވެސް ގަބޫލު ކުރާ ގޮތުގައި ޕާޓީ ރަޖިސްޓްރީ ކުރަން ޖެހޭ

  5. ޑދދސ

    ސަރީފު މީ ހާދަ ނޮހޮރޮއްފާން ބޮޑު މީހެކޭ... މީނަގެ އަމިއްލަ ތަނެއްތައް ނުދީ ހިފަހައްޓަން... އިސްތިއުފާދފަ ގޭގަ އޮވެބަލަ

  6. ޝަހީދު

    ޤާސިމްއަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. އަޅުގަނޑު ދެކެން ބޭނުންވަނީ ރައީސް ޔާމީނާއި ޤާސިމު ގުޅިގެން ބައިބައިނުވެ ރައްޔިތުންނަށް ހެޔޮ ނަފާވެރި ވެރިކަމެއް ކޮށްދޭނެ ދުވަހެކެވެ.

  7. ގައުމުގެ ދަރިއެއް

    ސާބަހޭ ގާސިމު. އަހަރެމެން މިތިބީ ރޔާމީނާ ގާސިމާއެކު. މިގައުމު އިންޑިޔާގެ އަޅުވެތިކަމުން ސަލާމަތްކުރުމަށް ފަސްނުޖެހި މޑޕ އާ އިންޑިޔާގެ ބަހަށްނުހެއްލި އަވަހަށް މިވެރިކަން ނިންމާލަދީ.

  8. ކިނބޫ

    ސާބަހޭ! ހީވި ކަމެއްހެން. މީހުންކޮޅެއް ލައްވާ ގާސިމާ ދެކޮޅަށް ހޮޓެލް ޖެން ތެރޭ މުޒާހިރާ ކުރާނީތޯ ދާހާ ތާކު ގާސިމަށް ބަވަމުން ދުވާނީތޯ ގާސިމްގެ ބޮޑު އެހީތެރި ކަމާއެކު ލިބުނު ވެރިކަން ގާސިމްވެސް ގޮވައިގެން ކުރާނީތޯ.... ގޮތެއް ނިިންމާ އަވަހަށް.

  9. ލަދު

    24 ގަޑިއިރު ކީކުރަން 1 އަހަރު ވިޔަސް ޕީ.އެން.ސީ އަކައް 5000 މީހުން އެއް ހަމަޔެއް ނުކުރެވޭނެ... ތި ބައިގަޑުގެ ސައިޒު ރައްޔިތުންނަށް ވަރަށް ސާފު ލާރި ބަހައިގެން ވެސް ތިޔަކަންވޭތޯބަލާ މީ ވަރަށް ވާހަކަ...

  10. ާއ.ޝަރީފް

    ޜަޖިސްޓްރީ ނުކޮއްދީ ހިފަހައްޓަނީ ޖޭޕީ އަށް މީހުން އިތުރު ކުރުމަށް ކަމަށް ފެންނަނީ. ޢަވަހަށް ރަޖިސްޓްރީ ކޮއްދީ...ގާސިމޫ
    ޢޭސީ ޝަރީފޫ

  11. ާަަަުގުރަަަަހަ

    ގާސިމޫ ވެރިކަން ވެރިކަން ކަލެޔަށް ކުރެވޭނީ ހުވަފެނުގަ ދެއަތަށް އެންބުރޭ މެޓާބޯ ބުރުމާ.

  12. ޟާކިރު

    ޢަނގޮޓި ސަރީފޫ ދެނނެތް ނިވަލެއް ނެތް ހަތަރު އުދަރެސް ފެނުޖެހުނީ ދެން ނިކަންހުރެ ޖިސުމެތް ކޮއްލަބަލަ 5އަހަރު ހުރެވޭނެ ކަމުގެ އުއްމީދުފެނައް ސައިޒައް ތިރިވޭ

  13. ހ މ ޒ

    ޤާސިމަކީ ވަރަށް ވިސްނުންތޫނު ބޭފުޅެއް!

  14. ސަޓޯ

    އީ.ސީ ޝަރީފުފުފުފުފުފުފޫފޫ... ބޮޑު ވޯޓު ވަގު... ވިކިފަ ހުރި މީހެއް ކަލޭތިއީ....

  15. ހަސަންބެ

    ހަމަހަގީގަތުގަވެސްޗީޗީ ސަރީފު އެއުޅެނީ ޒާތީ ހަސަދައެއްގެ ތެރޭގަ އެމް.ޑީ.ޕީ ގެ އަތެއް މީގަ ވަރައްބޮޑައްއޮތްހެންހީވޭ ޗީޗީ އެހިރީ ރުފިޔާއާއި ހެދިބޫތުކަތްފަ.........

  16. މާމިގިލީ މީހާ

    ގާސިމު ހިފާ ހައްޔަރު ކޮއްގެން ނޫނީ މި ރާއްޖޭއަކު ވެރިކަމެއް ނުކުރެވޭނެ...

  17. ފައިނު މީހާ.

    ޤާސިމް މަނިކުފާނަށް ސާބަސް.

  18. ޙަހަ

    ހުޅުވާލަބަލަ ވާގޮތް ދަށްކާލާނަން. ވާނުވާ

  19. ނަފާ

    ސިޔާސީ ޕާޓީ ރަޖިސްޓްރީކުރުމަކީ މަޖިލީހުންކުރާކަމެއް ނޫން

  20. ޒާ

    އީސީ ޝަރީފުގެ ލަދުކުޑަކަމާއި ޒާތީވެގަނެގެން އުޅޭތަން މިފެންނަނީ. ސަރީފު އަދި ސައިޒްވާތަން ދެކެން ވަރަށް ބޭނުން.

  21. ނަސީމް

    އަމިއްލައަތުންއިލޮށިގަނޑެއްފޭއްސައިގެންލޮލައްހެރުންކަހަލަކަމެއް!!!

  22. އިބްރާހިމް

    އޭއި ގާސިމް، ތިބޭޅާގެ ބޭނުމަކީ ކޮބައިތޯ؟

  23. عبدالله

    މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ޤާނޫނީގޮތުން ލިބިގެންބާރުތައް ބޭނުންކޮށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ތެރެއިން ބައެއް މެންބަރުން ވަކިކޮށް ބައެއްމެންބަރުން އިތުރުކޮށް ނޫންނަމަ، މަޖިލީހުގެ އިންތިޚާބު ބޭއްވުމުގެ ކުރިން އިންތިޤާލީ އިލެކްޝަންސް ކޮމިޝަނެއް އުފައްދައި އިލެކޮޝަންސް ކޮމިޝަން ސައިޒުކުރުމަށް އަވަސްވެލައްވާ!

  24. ޑސސސ

    ސަރީފށް ނުލަފާ މުސްތޮފާ ޕުރެސަރާ ހެދި ކަމަށް ވެދާނެ

  25. އިންސާނާ

    މިފެންނަނީ އިންސާފާ ހަމަ ހަމަކަން އިހައްދުވަހު ޔާމީނު ގާސިމު ޖަލައްލީ އެކަމަކު މިއަދު ޔާމީނުގެ ހައްގެއް ގެއޮލިދާތީ އެހައްގު ހޯދާދިނުމައް ވަކާލާތު އެކުރަނީ ގާސީމް މީ ޒާތީހަސަދައެއްނެތި އިންސާފާއި ހަމަހަމަކޮށް ކަންތައްކުރާމީހުންގެ ފަރާތުން ފެންނަންޖެހޭ ސިފަޔަކީ ސާބަހޭ ގާސިމް އިބްރާހިމް