ކޮންމެ ދިވެހި ރައްޔިތަކު މުސްލިމަކަށްވާން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި އޮތް އޮތުން ބަދަލު ކުރުމަށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިވެހި ސަރުކާރަށް ހުށަހެޅި ހުށަހެޅުން ކުށްވެރި ކުރުމުގައި ބަދަލުގައި ބަހަނާތަނެއް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ދައްކަވައިފިއެވެ.

މަހުލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެހެން ދީންތަކަށް ފުރުސަތު ދިނުމަކީ އެއްވެސް ރައްޔިތަކު، އެއްވެސް ލީޑަރަކު އަދި އެއްވެސް ސިޔާސީ ޕާޓީއަކުން ފުރުސަތު ދޭނެ ކަންތަށް ތަކެއް ނޫން ކަމަށެވެ. އަދި އީޔޫގެ ގޮވާލުންތަކުގައި އަބަދުވެސް މި ވާހަކަ ހިމަނާ ކަމަށާއި މި ކަންތައްތަށް ހުއްޖަތަކަށް ހަދައިގެން ސަރުކާރުގެ އަނިޔާވެރިކަން ދިފާއު ނުކުރެވޭނެ ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

އީޔޫއިން މިފަދަ ހުށަހެޅުމެއް ހުށަހަޅާފައިވަނީ ދިވެހި ދައުލަތުގެ ދައުވަތަކަށް "އިލެކްޓޯރަލް ފޮލޯއަޕް މިޝަން" (އީއެފްއެމް) އިން މިދިޔަ ޖެނުއަރީ މަހު 8 އަކުން 11 އަށް ރާއްޖެއަށް ކުރި ދަތުރަށް ފަހު ރާއްޖޭގައި ހުރި މައްސަލަތަކާއި ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށް ނެރުނު ރިޕޯޓުގައެވެ.

އެ ރިޕޯޓުގައި ހުށަހަޅާފައި ވަނީ ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް އެމީހަކީ ދިވެހި ރައްޔިތެއް ކަމުގައި ބަލައިގަނެ، ވޯޓު ދިނުމުގެ ހައްގު ލިބިދޭ ގޮތަށް ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާ އަށް ބަދަލު ގެނައުމަށާއި އިންތިހާބުތަކުގައި ވާދަކުރެވޭނީ ސުންނީ މުސްލިމުންނަށް ކަމަށް ގާނޫނުތަކުގައި ކަނޑައަޅާފައި އޮތް އޮތުމަށް ބަދަލު ގެނައުމަށެވެ.

މީގެ އިތުރުން ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ސުންނަތް ޖަމާއަތުގެ މުސްލިމަކަށް ވުމުގެ ޝަރުތު ބަދަލުކުރަން ވެސް އީޔޫގެ ރިޕޯޓުގައި ވަނީ ހުށަހަޅާފައެވެ.

ގާނޫނު އަސާސީގެ ނުވަ ވަނަ މާއްދާއަކީ ދިވެހި ރައްޔިތަކަށް ވެވޭނީ މުސްލިމަކަށް ވެގެން ކަމަށް ބުނާ މާއްދާއެވެ. އެހެން ކަމުން އީޔޫއިން ހުށަހަޅާފައިވާ ގޮތައް ގާނޫނު އަސާސީއަށް ބަދަލު ގެނެސްފި ނަމަ އެކަން ވެގެންދާނީ ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށްކަމަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

އީޔޫއިން މިގޮތައް ހުށަހަޅާފައިވާއިރު ސިޔާސީ މައްސަލަތައް ހައްލު ނުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީ އީޔޫގެ ކައުންސިލުން މިދިޔަ މަހުގެ ތެރޭގައި ގަރާރެއް ވެސް ވަނީ ފާސްކޮށްފައެވެ. އަދި އެ ގަރާރުގައިވެސް ވަނީ ރާއްޖޭގައި ދީނީ މިނިވަކަން ނެތްކަން ފާހަގަ ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޥާހަކަ

    ނުކެރޭނެ ތި ބުދުތަކަށް ކުއްވެރި ކުރާކަށް ޔަހުދީންގެ އެހީ ކަނޑަލަނެ ވރިކަމަހެދި ތިކަހަލަގެ ބުރަންތިން މިގައުމު ކީއްކުރަން މައިން ބަފައިންވެސް ގުރުބަން ކުރާނެ ތީ ނަސީދުގެ ސިހުރު ޖެހިފައި ތިބި ގައްދަރުން ޖުމްހޫރީ މައިދަނަށް ތިކަހަލަގެ ހުރިހާ ހައިނުނ ނެރެ ﷲ އަށްޓކައި ؟44444444

  2. ދޮންބެ

    މަހުލުފު ދުވަހަކު ކުއްވެރި ނުކުރިޔަސް ހެޔޮ ތި މަހުލޫފަކީ އަމިއްލައެދުމުން ފޯވެފަ ހުރި މީހެއް

  3. ބުއްޅަބޭ

    މީގަ ބަލަންވީ ވަކިމީހަކު ކުއްވެރި ކުރޭތޯ ނޫންތޯ އެއްނޫން! ތިކަހަލަ ވާހަކަ ދެއްކިޔަސް އަޅާނުލީމަ ނިމުނީ!

  4. ކަލޯ

    ކަލޯ ފުރުސަތެއް ނެތޭ ބުނެފަ އިން ތަންކޮޅު ނުފެންނަނީތަ؟ ތިހާ ވަރަށް ހަބަރު ތަކުގައި މާނަ އޮޅުވަލާކަށް ނުވާނެ..

  5. ބެއްޔާ

    އަދިވެސް އަންހެނުން ގޮވައިގެން މުޅި ޔޫރަޕުގަ ފޮޓޯނަގާފަ ޔޫރަޕު މީހުން ކައިރީ އާދޭސް ކުރޭ ސަރުކާރު ބަދަލުކުރަން ޕްރެޝަރު ކުރަން. މިއަދު މިގައުމަށް ޖެހޭ ހުރިހާ ދުއްތުރާއެއްގެ ޒިންމާ މީނަވެސް ނަގަންޖެހޭނެ.

  6. ބާރީ

    މިސަރުކާރު އަނިޔާވެރިވެދާނެ، އެކަމު ކަލޭމެން އީޔޫ އާ ގުޅިގެން ދިވެހިންނަށް ދޭންތިއުޅުނު އަނިޔާ މާބޮޑު. ތިއަނިޔާގެ ނަތީޖާ އާޚިރަތަށްވެސް ދެމިގެންދާނެ. ﷲ ގެ ދީން ބަލިކޮށް ނިކަމެތި ކުރާބަޔަކަށް ދިވެހިން ހަދަން ތި އުޅުނީ.