ކޮވިޑް-19 އަށް ރާއްޖެއިން ފައްސިވެފައިވާ މީހުންގެ ތެރެއިން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހަވީރު 17:05 ގައި 79 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފައިވާ ކަމަށެވެ. އެޗްޕީއޭ އިން ބުނީ އެމީހާ އަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓު ކޮށްގެން ފަރުވާ ދެމުން ދިޔަ މީހެއް ކަމަށެވެ.

މިއަދު ނިޔާވި މީހާ އާއި އެކުގައި ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު 14 އަށް މިވަނީ އަރާފައެވެ.

މިފަހަކަށް އައިސް ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވާ މީހުންގެ އަދަދު އަންނަނީ ގިނަވަމުންނެވެ. މީގެއިތުރުން ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިނުމާއި އެކުގައި ރާއްޖެއިން މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވެސް ވަމުންނެވެ.

އެހެންކަމުން މިއީ ކޮވިޑް-19 ގެ އިތުރު ރާޅެއް ރާއްޖެ އައުމުގެ ސިގްނަލެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެހެންކަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރުން ވެސް ވަނީ މިހާރު މި ފެންނަ ގޮތަށް ފައްސިވާ މީހުން އިތުރުވާ ނަމަ ރާއްޖެއިން ފިޔަވަޅުތަކަށް ދީފައިވާ ލުއިތައް އިތުރަށް ވަރުގަދަ ކުރަން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ. މިހާރު ރާއްޖެއިން ބޮޑަށް ފައްސި ވަނީ ބަންގްލަދޭޝް މީހުންނަށް ވުރެ ބޮޑަށް ދިވެހިންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހެޔޮނުވާނެއޭ

    މިހާރު މަރުވާ ކޮންމެ މީހަކީ އެއީ ކޮވިޑް 19 ގައި މަރުވާ މީހަކަށް މިވަނީ ބަދަލުވެފައިތޭ މަމެން ތަމެން ޑޮކްޓަރޭ މެން ގާތުން ސާފު ކޮށްލަން ބޭނުންވެއޭ ކޯއްޗެއް ހަދާނަމޭ ހިތާތޭ ސަަރުކާރު ބިރު ގަންނުވަނީތޭ މިގައުމުގެ އިގްތިސާދު ފުނޑި ގައުމު ބަނޑަށް ޖެހެނީއޭ ތަމެންގެ ބާރު ތިޔާ ގޮތަށް ދައްކަން ތަމެން ނޫޅޭށޭ ނޫޅޭށޭ ނޫޅޭށޭ ހެޔޮނުވާނެއޭ އިންސާނުން މަރުވާނީ ކޮންމެވެސް ސަބަބަކާއި ހުރެއޭ އެނޫން ނަމަ މަރުނުވާނެ ނޫންތޭ އެކަކު ވެސް....

    20
    11
  2. އަރީ

    ކަލޯ ތީގޭސް .. މުސްކުޅި ބަލީގަ މަރުވާ މީހުނާ އެހެން ބަލިބަލީގަ މަރުވާ މީހުން އެއީ ކޮވިޑް ޖެހިގެން މަރުވި މީހުން ކަމަށް ހަދަނީ.. މިކޮމެންޓް ޖަހާލަދޭތި.. މިހެން ކޮއްލާ ކޮމެންޓެއްވެސް ޖަހާލަނުދޭޔީ މަށްސަލައްކީ

    22
    7
  3. ބުލްބުލް

    ދިސް ޓޫ ޟެލް ޕާސް!
    ޔާ ﷲ! ސޭވް އަސް ފްރޮމް ދިސް ޕެންޑެމިކް.

    21
  4. Anonymous

    ނަން ޖަހާލާނަމަ ހެޔޮދުޢާ ކޮށްލަން ބޭނުން ވާ މީހުންވެސް ތިބޭނެނު.
    މަރްޙޫމާގެ ފާފަ ފުއްސަވައި ދާއިމީ ސުވަރުގެ މިންވަރު ކުރައްވާށި. އާމީން.

    47
    2
  5. ?

    މިކޮން މަމެން ތަމެއްނެއްތަ މި ކިޔަނީ.. ކިޔަންވެސް ބޮލައް އުނދަގޫ.. މާ ރީތި ބަހަކައް ހަދައިގެން މި ކިޔަނީ.. މީހަކު އަރާ ރުޅިން މޮޔަވެދާނެ..

    10
    1
  6. ކޮތަރު

    ރަނގަޅު ވާހަކައެެއް. ކޮމެންޓްގަ އޮއްޓަރުވެސް ހުރޭ. ވަރަށް ރަނގަޅު ވާހަކަ ހުންނަނީވެސް. އެކަމަކު މަމެން، ތަމެން، ކީއްވެތޭ، ޑޮކްޓަރޭ، އިނގޭތޭ ޒާތުގެ ބަސްތައް ލައިގެން ބަންޖެއްގެ ބާވަތަށް ލިޔެފަ ހުންނާތީ ކިޔަންވެސް ފޫހިވޭ.